އެލްޖީއޭގެ ބޯޑަށް މުއިއްޒާއި ރަފީގު ވާދަކުރަނީ، އިންތިހާބު އަންނަ މަހު

މުއިއްޒާއި ރަފީގު: އެލްޖީއޭގެ ބޯޑަށް ދެ ބޭފުޅުން ވާދަ ކުރައްވާ --

މުއިއްޒާއި ރަފީގު: އެލްޖީއޭގެ ބޯޑަށް ދެ ބޭފުޅުން ވާދަ ކުރައްވާ --

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ މޭޔަރުންގެ ގޮނޑިއަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ކުރިމަތިލެއްވުމުން ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

ލޯކަލް ކައުންސިލްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއް އަދި، އަތޮޅު ރައީސުންގެ ތެރެއިން މެންބަރެއް އިންނަވަން ޖެހެ އެވެ.

އެގޮތުގެ މަތިން، އެ މަގާމުތަކަށް ކުރިމަތިލާން އިލެކްޝަން ކޮމިޝަނުން ހުޅުވާލުމުން އެލްޖީއޭ ބޯޑުގެ ސިޓީ ކައުންސިލަރުންގެ ގޮނޑިއަށް ކުރިމަތިލައްވާފައިވަނީ ޕީޕީއެމްއަށް ނިސްބަތްވާ މުއިއްޒު އަދި އެމްޑީޕީއަށް ނިސްބަތްވާ ރަފީގެވެ.

މި ދެ ބޭފުޅުންގެ މެދުގައި އިންތިހާބު ކުރިއަށް ގެންދަން ނިންމާފައިވާއިރު އެ އިންތިހާބުގައި ވޯޓު ދޭނީ ސިޓީ ކައުންސިލުތަކުގެ މެންބަރުންނެވެ.

ހަތަރު ސިޓީ ކައުންސިލުގެ ތެރެއިން މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމްއަށް އޮތްއިރު އައްޑޫ ސިޓީގެ މެޖޯރިޓީ ވަކި ޕާޓީއަކަށް ނެތެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފުލް މެޖޯރިޓީ އެމްޑީޕީއަށް އޮތްއިރު ފުވައްމުލައް ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް އޮތީ އެމްޑީޕީއަށެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު، ކެންޑިޑޭޓުންގެ ނަންތައް އިއުލާންކޮށްފައިވާއިރު އަންނަ މަހުގެ 12 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

އެލްޖީއޭގެ ބޯޑުގެ ރަށު ކައުންސިލަރުންގެ ގޮނޑިއަށް ކޮމިޝަނުން އާންމުކޮށްފައިވާ ގޮތުން ހަތް ކައުންސިލަރަކު ވާދަކުރެ އެވެ. އެއީ، އެމްޑީޕީގެ ފަސް ކައުންސިލަރުންނާއި ޕީޕީއެމްގެ އެއް ކައުންސިލަރަކު އަދި އަމިއްލަ ގޮތުން އިންތިހާބުވެ ހުރި ކައުންސިލަރެކެވެ.

އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އަތޮޅު ރައީސްގެ ގޮނޑިއަށް އިންތިހާބަކާ ނުލައި، ޕީޕީއެމްއަށް ނިސްބަތްވާ ކ. އަތޮޅުގެ ރައީސް އަހުމަދު ނިމާލު ވަނީ ހޮވިފަ އެވެ. އެއީ، އެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ނ. އަތޮޅުގެ ރައީސް މުހައްމަދު ބަޝީރު، ވަގުތު ހަމަވިފަހުން ފޯމް ހުށަހަޅުއްވާފައިވާ ކަމަށް ބުނެ އެ ފޯމް ބަލައިނުގަތުމުންނެވެ.

ނަމަވެސް، ބަޝީރު ވަނީ ގަޑި ޖެހުމުގެ ކުރިން އޭނާ ފޯމް މެއިލް ކުރެއްވި ކަމަށް ވިދާޅުވެ، އިލެކްޝަން ކޮމިޝަންގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox