ދާއިމީ ނަތީޖާ: އެމްޑީޕީއަށް 400 ގޮނޑި، ޕީޕީއެމަށް 325 ގޮނޑި

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީ އާއި ޕީޕީއެމުން މަގުތަކުގައި ބެނާ ދަމާފައި: މި އިންތިހާބުގައި ގިނަ ގޮނޑިތައް ލިބުނީ އެމްޑީޕީ އަށް ކަން ދާއިމީ ނަތީޖާ އިން ދައްކާ. -- ފޮޓޯ: ހުސެއިން ވަހީދު | އަދަދު

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީ އާއި ޕީޕީއެމުން މަގުތަކުގައި ބެނާ ދަމާފައި: މި އިންތިހާބުގައި ގިނަ ގޮނޑިތައް ލިބުނީ އެމްޑީޕީ އަށް ކަން ދާއިމީ ނަތީޖާ އިން ދައްކާ. -- ފޮޓޯ: ހުސެއިން ވަހީދު | އަދަދު

މި މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކުގެ 400 ގޮނޑިއާ އެކު އިންތިޚާބުގެ އަޣުލަބިއްޔަތު ހޯދީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ކަން ދާއިމީ ނަތީޖާ އިން ދައްކައިފި އެވެ.

އިދިކޮޅު ޕާޓީ، ޕީޕީއެމުން ކާމިޔާބުކުރީ 325 ގޮނޑި އެވެ.

ޕަސެންޓޭޖުން ބަލާ ނަމަ މިއީ، އެމްޑީޕީ އަށް 43 ޕަސެންޓެވެ. ޕީޕީއެމަށް ކާމިޔާބުވީ 34.9 ޕަސެންޓްކަން އީސީން އާއްމުކުރި ނަތީޖާގައިވެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެ އިންތިހާބެއް އެކުގައި ބޭއްވިއިރު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 3،814 ކެންޑިޑޭޓުން ވާދަކުރި އެވެ. މީގެ ތެރެއިން ކައުންސިލްތަކަށް 982 މީހަކު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 930 މީހުންނާ އެކު ޖުމްލަ 1912 މީހުން އިންތިހާބު ކުރަން ޖެހުނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން: އިންތިހާބުގައި މާ ބޮޑެތި މައްސަލަތަކެއް ދިމާނުވާ ކަމަށް ވިދާޅުވި. -- ފޮޓޯ: ހުސެއިން ވަހީދު | އަދަދު

އިލެކްޝަންސް ކޮމިޝަނުގައި މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްދެއްވަމުން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ 975 ގޮނޑިއަކަށް މީހުން އިންތިހާބުކޮށްފައިވާ ކަަމަށެވެ. އަދި ޑަބްލިއުޑީސީ އިންތިހާބުގައި 905 މަގާމަކަށް މީހުން އިންތިހާބުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މީގެތެރެއިން އެމްޑީޕީން ކައުންސިލްތަކުގެ 400 ގޮނޑި ކާމިޔާބުކުރީ 804 ކެންޑިޑޭޓުން ނެރެގެންނެވެ. އަދި ޕީޕީއެމުން 325 ގޮނޑި ކާމިޔާބުކުރީ 646 ކެންޑިޑޭޓުން ވާދަކޮށްގެންނެވެ. ކޮމިޝަނުން މިރޭ އާއްމުކުރީ ކައުންސިލްތަކުގެ ގޮނޑިތަކުގެ ނަތީޖާ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ނަތީޖާގެ ތަފްސީލެއް އަދި ނުދެ އެވެ.

އެމްޑީޕީ (400 ގޮނޑި)

3 މޭޔަރުން

ސިޓީ ކައުންސިލްގެ 18 ގޮނޑި

އަތޮޅު ކައުންސިލް ރައީސުންގެ 11 ގޮނޑި

ރަށު ކައުންސިލްތަކުގެ 71 ގޮނޑި

ކައުންސިލް މެމްބަރުންގެ 155 ގޮނޑި

އަންހެނުންނަށް ހާއްސަކޮށްފައިވާ 142 ގޮނޑި

ޕީޕީއެމް (325 ގޮނޑި)

މޭޔަރު (މާލެ ސިޓީ)

ސިޓީ ކައުންސިލްގެ 16 ގޮނޑި

އަތޮޅު ކައުންސިލް ރައީސުންގެ 7 ގޮނޑި

ކައުންސިލްގެ ރައީސުންގެ 51 ގޮނޑި

ކައުންސިލް މެމްބަރުންގެ 121 ގޮނޑި

އަންހެނުންނަށް ހާއްސަކޮށްފައިވާ 129 ގޮނޑި

ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން ވާދަކޮށް ކާމިޔާބުކުރީ 23 ގޮނޑި އެވެ. އަދާލަތު ޕާޓީން 28 ކެންޑިޑޭޓުން ކުރިމަތިލައި ކާމިޔާބުކުރީ 11 ގޮނޑި އެވެ. އެމްޑީއޭ އިން ވާދަކުރި 20 ގޮނޑީގެ ތެރެއިން 16 ގޮނޑިއެއް ނެގި އެވެ.

އަމިއްލަ ގޮތުން ކުރިމަތިލީ 600 މީހުން 173 ގޮނޑިއަށް އިންތިހާބުވި އެވެ.

ޖުމްހޫރީ ޕާޓީއަށް ކަށަވަރުވި ޖުމްލަ 26 ގޮނޑީގެ ތެރޭގައި ހިމެނެނީ ސިޓީ ކައުންސިލްތަކުން އެއް ގޮނޑި އާއި ތިން ރަށެއްގެ ކައުންސިލް ރައީސުންނާއި ކައުންސިލް މެމްބަރުންގެ ހަތް ގޮނޑި އާއި އަންހެނުންނަށް ހާއްސަކޮށްފައިވާ 15 ގޮނޑި އެވެ.

އެމްޑީއޭ އިން ކާމިޔާބުކުރި ޖުމްލަ 16 ގޮނޑީގެ ތެރޭގައި ހިމެނެނީ ތިން ރަށެއްގެ ކައުންސިލް ރައީސުންނާއި ކައުންސިލް މެމްބަރުންގެ ފަސް ގޮނޑިއަކާއި އަންހެނުންނަށް ހާއްސަކުރި 8 ގޮނޑި އެވެ.

އެމްއެސްއެލްޑީޕީ އަށް ކާމިޔާބުވީ އެންމެ ގޮނޑި އެކެވެ. އަދާލަތު ޕާޓީން ރަށު ކައުންސިލް ރައީސުންގެ ތިން ގޮނޑި އާއި އަތޮޅު ކައުންސިލްގެ ތިން ގޮނޑި އާއި ކައުންސިލް މެމްބަރު ކަމުގެ ފަސް ގޮނޑި އާއި އަންހެނުންނަށް ހާއްސަކުރި ފަސް ގޮނޑިއާ އެކު ޖުމްލަ 13 ގޮނޑި ކާމިޔާބުކުރި އެވެ.

އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން 3 މީހަކު ސިޓީ ކައުންސިލްތަކަށް ހޮވުނެވެ. އަދި 37 ރަށެއްގެ ރަށު ކައުންސިލް ކަމާއި ކައުންސިލް މެމްބަރު ކަމުގެ 71 ގޮނޑި އާއި އަންހެނުންނަށް ހާއްސަކުރި 62 ގޮނޑިއެއް ކާމިޔާބު ކުރި އެވެ.

71 ރަށު ކައުންސިލެއްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުނު. ޕީޕީއެމަށް 64 ރަށު ކައުންސިލެއްގެ މެޖޯރިޓީ ލިބުނު. ޖޭޕީއަށް 3 ރަށެއް، އަދާލަތަށް އެއް ރަށުގެ މެޖޯރިޓީ ލިބުނު އިރު 31 ރަށެއްގެ ކައުންސިލް މެޖޯރިޓީ އޮތީ އަމިއްލަ ކެންޑިޑޭޓުންނަށް. -- ޝަރީފް

ދާއިމީ ނަތީޖާ އިން ދައްކާ ގޮތުގައި ވޯޓުގައި އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ނުލިބި ހަމަހަމަކޮށް އޮތީ ފ. އަތޮޅެވެ. މީގެ އިތުރުން ގދ. އަތޮޅުގެ މެޖޯރިޓީ ވެސް ވަކި ބަޔަކަށް ނުލިބެ އެވެ. އެކަމަކު އަތޮޅު ކައުންސިލްގައި ގިނައީ ޕީޕީއެމްގެ މެމްބަރުންނެވެ.

ހއ. އަދި ހދ. ގައި އެމްޑީޕީގެ ކެންޑިޑޭޓުން ގިނަ ނަމަވެސް އެއްވެސް ބަޔަކަށް މެޖޯރިޓީއެއް ނުލިބެ އެވެ. ތ. އަތޮޅުގެ ވެސް މެޖޯރިޓީ ނުނެގެ އެވެ. އެކަމަކު ގިނައީ ޕީޕީއެމްގެ ކައުންސިލަރުންނެވެ.

އިންތިހާބުގެ ވޯޓުގެ ނިސްބަތް

އެމްޑީޕީ: 43.4 ޕަސެންޓް

ޕީޕީއެމް: 38.2 ޕަސެންޓް

ޖޭޕީ: 2.8 ޕަސެންޓް

އަދާލަތު ޕާޓީ: 0.7 ޕަސެންޓް

އެމްޑީއޭ: 1.1 ޕަސެންޓް

އެމްއާރުއެމް: 0.2 ޕަސެންޓް

އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން: 13.5 ޕަސެންޓް

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 282،073 މީހުންނަށެވެ. މީގެތެރެއިން ވޯޓުލީ 186،253 މީހުންނެވެ. އެއީ، 94،306 ފިރިހެނުންނާއި 92،217 އަންހެނުންނެވެ.

އެންމެ މަދުން ވޯޓުލާން ނުކުތީ މާލެ، އައްޑޫ އަދި ޅ އަތޮޅުން

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ބޭއްވި އިންތިހާބުގައި ވޯޓުލާން ނުކުންނާނީ އީސީން ކުރިން އަންދާޒާ ކުރި ގޮތުގައި 50 ޕަސެންޓަށް ވުރެން ދަށުންނެވެ. އެކަމަކު ހީކުރިވަރަށް ވުރެން މީހުން ގިނައިން ނުކުމެ މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 68 ޕަސެންޓް މީހުން ވޯޓުލި އެވެ.

ޝަރީފް ވިދާޅުވީ މި އިންތިހާބުގައި ވޯޓުލާން އެންމެ މަދުން ނުކުތީ މާލެ އާއި އައްޑޫގެ އިތުރުން ޅ. އަތޮޅުން ކަމަށެވެ. ވޭތުވެދިޔަ ތިން ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީން ނެގި ތާރީޚް ބަދަލުކޮށްލައި ޕީޕީއެމަށް މާލޭ ސިޓީގެ ގިނަ ގޮނޑިތައް ލިބުނު މި އިންތިހާބުގައި މާލެ އިން ވޯޓުލާފައި ވަނީ 39.19 ޕަސެންޓެވެ.

- އަތޮޅުތަކުން 68 ޕަސެންޓް މީހުން ވޯޓުލާން ނުކުތް.

- މާލޭގައި ވޯޓުލީ ހައްގުލިބިގެންވާ 39.19 ޕަސެންޓް މީހުން.

- އައްޑޫ ސިޓީގައި 47.08 ޕަސެންޓް.

- ކުޅުދުއްފުށި ސީޓިން 56.44 ޕަސެންޓް.

- ފުވައްމުލަކު ސިޓީން 75.41 ޕަަސެންޓް.

- ފ. އަތޮޅުން 82 ޕަަސެންޓް މީހުން ވޯޓުލާފައިވޭ.

- ދ. އަތޮޅުން 81 ޕަސެންޓް ވޯޓުލި.

- ވ. ފ. ދ. އަތޮޅުން ވެސް 80 ޕަސެންޓަށް ވުރެން މަތިން ވޯޓުލާފައިވޭ.

ޝަރީފް ވިދާޅުވީ މި އިންތިހާބުގައި މާބޮޑެތި މައްސަލަތަކެއް ދިމާނުވާ ކަމަށެވެ. އެކަމަކު މި އިންތިހާބުގައި ބާތިލް ވޯޓުގެ ނިސްބަތް ގިނަ އެވެ. އެއީ، 10-12 ޕަސެންޓު ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި ބާތިލް ވޯޓު ގިނަވީ ދެ އިންތިހާބު އެކީގައި ބޭއްވުމާއި ބަލިމަޑުކަމުގެ ތެރޭގައި އިންތިހާބު ބޭއްވުމުން އާއްމުން ހޭލުންތެރިކުރަން ވަގުތު ނުލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox