ލޭހުއްދަކުރުމަށް ހިތްވަރުދިނުމަކީ އާދައިގެ ކަމެއް ނޫން

އިސްލާމީ މަރުކަޒުގައި މީހަކު ނަމާދުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އިސްލާމީ މަރުކަޒުގައި މީހަކު ނަމާދުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އިސްލާމްދީނުގެ އާންމު މަގުސަދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ބަހާއަކީ، ނަފުސުގެ ރައްކާތެރިކަން ހޯދައިދިނުމެވެ. ތިމާއާއި އަނެކުންގެ ނަފުސުގެ ރައްކާތެރިކަމެވެ. އެހެންވެ ނަފުސުގެ ހައްގުތަކަށް އަރައިގަތުމުގެ އެންމެހާ ދޮރުތަކެއް އިސްލާމްދީން ވަނީ ބަންދުކޮށްފަ އެވެ. ބުނާ ބަހަކުން ކުރާ ކަމަކުން ނުވަތަ އެނޫންވެސް ގޮތަކުން އަނެކާގެ ނަފުސުގެ ހުރުމަތާއި އިއްޒަތަށް އަރައިގަތުމަކީ ކަނޑައެޅިގެން އިސްލާމްދީނުގައި ވަރަށް ބޮޑަށް މަނާކުރެވި ނަހީކުރެވިފައިވާ ކަމެކެވެ.

އިމާމް ބުޚާރީ ރިވާކުރައްވާފައިވާ ހަދީސެއްގެ މާނައިގައިވެ އެވެ.

"މުއުމިނަކަށް ކާފަރުކަމުގެ ތުހުމަތުކޮށްފިމީހާ، ފަހެ އެމީހަކު އޭނާ ގަތުލުކުރި ފަދަ އެވެ."

Advertisement

ބުޚާރީ ރިވާކުރައްވާފައިވާ އެހެން ހަދީސް ބަސްފުޅެއްގައިވެ އެވެ.

"މީހަކު އޭނާގެ އަހާއާ ދިމާއަށް އޭ ކާފަރު އޭ ބުނެފިނަމަ ފަހެ އެދެމީހުންކުރެ ކޮންމެވެސް އެކަކު ކާފަރުކަމުގެ ސިފަލިބިގަނެއްޖެ އެވެ."

މާނައަކީ ރައްދުކުރެވޭ މީހާއަކީ އެސިފަ ލިބިގެންނުވާ މީހެއްކަމަށްވާނަމަ، އެބަސް ބުނާ މީހާ ކާފަރުކަމުގެ ސިފައިން ސިފަޖެހިގެންދިއުމެވެ.

އެތައް މަގާމެއްގައި އެކިބަސްފުޅުތަކުން އަހަރެމެންގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް ވަނީ މީސްތަކުން ކާފަރުންގެ ގޮތުގައި ސިފަކުރުމާއި ފާސިގުންގެ ގޮތުގައި ސިފަކުރުމާ މެދު އިންޒާރުދެއްވައި ކަމުގެ ނުރައްކާތެރިކަމާއި ބިރުވެރިކަން ބަޔާންކޮށްދެއްވާފަ އެވެ. ބުޚާރީގައި އައިސްފައިވާ ހަދީސެއްގައިވެ އެވެ.

"ތުހުމަތުކުރެވޭ މީހާއަކީ، ތުހުމަތުކުރެވުނު ސިފައިން ސިފަލިބިފައިވާ މީހަކަށް ނުވާނަމަ، އެބަސް ބުނި މީހަކަށް އެބަހެއް ރައްދުވެގެންދާނެ ގޮތެއްގައި މެނުވީ، މީހަކަށް އެހެން މީހަކާ ދިމާއަށް އޭނާއަކީ ކާފަރެއްކަމުގެ ތުހުމަތު ނުވަތަ ފާސިގެއްގެ ކަމުގެ ތުހުމަތު ނުކުރެވޭނެ އެވެ."

މާނަ އިތުރަށް ބަޔާންކުރަން ނުޖެހޭހާ ސާފެވެ. ތިމާގެ ތުހުމަތު ރަނގަޅުނޫންނަމަ އެފަދަ މީހަކީ ތިމާއެވެ.

އިސްލާމްދީންވަނީ މުސްލިމުންގެ މުދަލާއި އަބުރަކީ ސަލާމަތްތެރިކަން ލިބިގެންވާ ރައްކާތެރިކަންލިބިގެންވާ އެއްޗެއްކަމުގައި ހަދާފަ އެވެ. އިހްލާސްތެރިކަމާއެކު ޝަހާދަތުގެ ދެކަލިމަ ކިޔާ އިސްލާމްދީންގެ ހުކުމްތަކަށް ތަބާވެއްޖެ މީހަކީ މުސްލިމެކެވެ. މުއުމިނެކެވެ. ހަދީސެއްގައިވެ އެވެ.

"އަހަރެމެންކުރާ ފަދައިން ނަމާދުކޮށްފައި، އަދި އަހަރެމެން ފަދައިން އަހަރެމެންގެ ގިބުލައަށް ކުރިމަތިލައިފައި އަދި އަހަރެމެންގެ ގުރުބާންތަކުން ކައި އުޅޭ ކޮންމެ މީހަކީ، ފަހެ އޭނާއަކީ މާތް ﷲ ގެ ރައްކާތެރިވެވޮޑިގަތުމާއި އަދި އެކަލާނގެ ރަސޫލާގެ ރައްކާތެރިކަން ލިބިގެންވާ މީހެކެވެ. ފަހެ ތިޔަބައިމީހުން ﷲ ގެ ރައްކާތެރިވެވޮޑިގަތުމަށް ކުޑައިމީސްނުވާށެވެ." - ބުޚާރީ -

އުމްދަތުލްގާރީއޭ ކިޔުނު ފޮތުގައި އިމާމުލްއައިނީ ރަހިމަހުﷲ ދެންމެ މިބުނެވުނު ހަދީސްގެ ޝަރަހައިގައި ވިދާޅުވަނީ އެ ހަދީސުގައި އެވާ ކަންކަމަކީ ﷲ ގެ އެއްކައުވަންތަކަމަށް ހެކިވެ މުޙައްމަދުގެފާނުގެ ރިސާލަތަށް އިޢުތިރާފުނުވާ މުސްލިމެއްގައި މެނުވީ އެއްވެފައި ނުހުންނާނެ ކަންކަމެވެ.

މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ، ބޮޑު ފާފައިގެ ތެރެއިން ހިމެނޭ ކަމެކެވެ. ﷲ އާއި އެކަލާނގެ ރަސޫލާއާއި އާހިރަތް ދުވަހަށް އީމާންވާ މީހަކާދިމާއަށް ކާފަރެކޭ ބުނެ އިޝާރާތްކުރުން ހުއްދަވެގެން ނުވެ އެވެ. ހައްޖަތުލް ވަދާއުގެ މަޝްހޫރު ހުތުބާގައި މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެ އެވެ.

"ފަހެ ހަމަކަށަވަރުން ﷲ ތަބާރަކަ ވަތައާލާ ވަނީ ތިޔަބައިމީހުންގެ ލެޔާއި ތިޔަބައިމީހުންގެ މުދަލާއި އަދި ތިޔަބައިމީހުންގެ ޢަބުރަކީ ހައްގަށްޓަކައި މެނުވީ، ތިޔަބައިމީހުންގެ މައްޗަށް ހުރުމަތްތެރިކޮށްފަ އެވެ. ހުރުމަތްތެރިވެގެންވާ މިޙައްޖުމަހުގެ ޙުރުމަތްތެރިވެގެންވާ މައްކާގައި ޙުރުމަތްތެރިވެގެންވާ މިޙައްޖު ދުވަހުގެ ޙުރުމަތްތެރިކަމާ އެއްފަދައިންނެވެ."

ހަދީސްކުރައްވާފައިވެ އެވެ. ތިމަންކަލާގެފާނަށްފަހު އެއްބަޔަކު އަނެއް ބަޔެއްގެ ކަނދުރާގައި ކަނޑިންޖަހައި، ކާފަރުންގެ ގޮތުގައި ތިޔަބައިމީހުން އެނބުރި ނުގަންނަހުށިކަމެވެ." - ބުޚާރީ -

މިހާބޮޑަށް މިކަމަށް އިސްލާމްދީނުގައި ބާރުއަޅާފައިވަނީ ސަބަބުތަކެއް އޮވެގެންނެވެ. ޒަމާނުގެ ފުރޮޅުންތަކާއެކު ކޮންމެ ކަމެއް ބަދަލުވާ އުސޫލުން ކާފަރުކަމާއި ފާސިގުކަމުގެ ތުހުމަތުކުރުމުގެ ވައްޓަފާޅިއާއި ގޮތް ބާވަތް ބަދަލުވެގެންދިއުމަކީ މި ހަދީސް ބަސްފުޅުތަކުގައި އައިސްފައިވާ އިންޒާރުން ސަލާމަތްކަން ލިބިގެންދާނެ ކަމެއްކަމުގައި ނުފެނެއެވެ.

ބަޔާންވެދިޔަ ހަދީސް ބަސްފުޅުތަކުން ނަހީކުރެވިފައިވަނީ، ނަފުސުގެ ޙުރުމަތަށް އަރައިގަތުމެވެ. އަދި އެއުސޫލުތަކުން ގަސްދުކުރެވިފައި އޮތް ހަގީގަތަކީ، ނަފުސުގެ ކަރާމަތަށް ގެއްލުންލިބޭ ކޮންމެ ކަމެއް ދުރުކުރުމެވެ. އަޅުގަނޑުވެސް ގަބޫލުކުރަމެވެ. މިވެނި އެވެނި މީހަކީ ކާފަރެއް ކަމަށް ނުވަތަ ފާސިގެއްކަމަށް ބުނެ އާންމު މަންސަތަކުގައި ވާހަކަދައްކައި އުޅުމަކީ އަހަރެމެންގެ ތެރޭގައި އާންމުވެފައިވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް ނުސީދާ މަގުން ނުސީދާ ބަސްތަކުން މީސްމީހުންނާ ދިމާއަށް އިޝާރާތް ލިބޭ ގޮތަށް އެފަދަ ވާހަކަތައް އާންމުކޮށް ދެއްކުން ގިނަވާ ދުވަސްވަރުތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ ތިލަވަމުންދެއެވެ.

މީގެ އެންމެ ނުރައްކާތެރިކަން ގުޅެނީ އަލަށް ދީންވެރިވެ ދީނުގެ ޝައުގާއި ޖޯޝުގައި ތިބޭ ބޮޑެތި ނުވާ ޒުވާނުންގެ ސިކުނޑިތަކަށް، ކިޔަވައިގެން ތިބި ހަރުމީހުންގެ ނުސީދާ މެސެޖްތަކުން ކުރަމުންދާ އަސަރުތަކާއި، އެކަމުގެ ނަތީޖާތަކެވެ. އިލްމުވެރިންނާއި އިލްމުވެރިންގެ ޖަމާޢަތްތަކަށް ނިސްބަތްވާ ފަރާތްތަކުން ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމުގައި ވަރަށް ބޮޑު ޒިންމާދާރުކަމެއް ބެހެއްޓުމަކީ ބަޔާންވެދިޔަ ހަދީސްތަކަށް ބަލާއިރު، ސަމާލުކަން މަތިމައްޗަށް ދޭންޖެހޭ ކަމެކެވެ. ވަކި މީހަކީ މުސްލިމެއް ނޫންކަމަށް ކަނޑައެޅިގެން ނުބުނި ނަމަވެސް، މުޖުތަމައުގައި އާންމު އިންސާނުން ދީންވެރިކަމަށް ގަބޫލުކުރާ ފަދަ ބޭބޭފުޅުން، އެފަދަ ނުސީދާ އިޝާރާތްތަކުން އިޝާރާތްކުރުމަކީ، ޖޯޝުން ފުރިފައިވާ އިލްމުގެ ގޮތުން މަދު ޅަޒުވާން ސިކުނޑިތަކުގެ ނުސިޔާނުކަމާ މުޖުތަމައު ކުރިމަތިލާންޖެހިދާނެ ނުރައްކާތެރި އިންޒާރެއްގެ ރަނގަބީލެކެވެ. މާޒީގައި މިކަން ދިވެހިން ވަނީ ދެކެފަ އެވެ.

ފަހުގެ ޚަބަރު

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

ރަސްމާލެ މަޝްރޫއު: ލީޑަރެއްގެ ނުފޫޒަށްވުރެ ގައުމު ބޮޑު

ރަސްމާލެ މަޝްރޫއަކީ ސިޔާސީ ފިކުރުތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާއިރު، މިކަމުގައި ސިޔާސީ ލީޑަރުންގެ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ވިސްނަންޖެހެއެވެ. ނަމަވެސް މި މަޝްރޫއުގެ އެއްބަސްވުންތައް ސިއްރުކޮށްފައިވުމާއި މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން، މިއީ ދައުލަތުގެ ހަޒާނާއަށް ބޮޑު ގެއްލުމެއް ލިބިދާނެ "ސްކޭމެއް" ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

މަޔޮއްޓޭގެ ބާ މިސްކިތް ބިނާކުރީ ދިވެހިންތަ؟

މަޔޮއްޓޭގައި ހުރި ތާރީޚީ ތަންގޯނީ މިސްކިތަކީ ދިވެހިރާއްޖޭގެ ހިރިގަލުގެ ބިނާވެއްޓާއި ގަލުވަޑާމުގެ ފަންނިއްޔާތާ ވަރަށް ބޮޑަށް އެއްގޮތް ސިފަތަކެއް އެކުލެވޭ ބިނާއެކެވެ. މި މިސްކިތް ބިނާކުރުމުގައި ބޭނުންކޮށްފައިވާ އުވަދެވުމާއި ހިރިގާ ކަނޑައިގެން ރޭނުމުގެ އުކުޅުތަކުން، އިންޑިއާ ކަނޑުގެ ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮތް މަސައްކަތްތެރިކަމުގެ ގުޅުން ހާމަވެއެވެ.

ރަސްމާލެ މަޝްރޫއު: ހުވަފެނީ ވާހަކަތަކާއި ޖަވާބު ނުލިބޭ ސުވާލުތައް

މި ލިޔުމަކީ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ތަސައްވުރަކީ ހަގީގަތާ ދުރު، ހިޔާލީ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް ލިޔެފައިވާ ލިޔުމެކެވެ. މީގެ އިތުރުން، އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހޭދަ ކުރާނެ ފަރާތަކާއި، ފައިސާ ހޯދާނެ ގޮތަކާ މެދު މި ލިޔުމުގައި ވަނީ ސުވާލު އުފައްދާފަ އެވެ.

ފަތުވާދޭ މަޖިލީހުގެ މެންބަރުންވެސް މަޙްޝަރުގެ ބިން ދެކޭނެ!

ވަރަށް ޔަގީންވާތީ ދަންނަވަމެވެ. އަޅުގަނޑު ވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިލްމުވެރިންވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ސުވާލުކުރެވޭނެ އެވެ. ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިވުމާމެދު ބަހެއް ނުބުނެ ތިބެގެން ޒިންމާއިން ބަރީއަވެވޭ ހަމަ އެއްވެސް ހުއްޖަތެއް އިލްމުވެރިންމަކަށް ނެތެވެ.

މިސްރުގެ 'މަރާސީ' އާ ބެހޭ ގޮތުން އަލައްބާރު ނުދައްކާ ވާހަކަ

މިސްރުގެ 'މަރާސީ' މަޝްރޫއު ހިންގި މުހައްމަދު އަލްއައްބާރުގެ ކުންފުންޏާ ރަސްމާލެ ތަރައްގީކުރަން ހަވާލުކޮށްފައިވާއިރު، މިސްރުގެ މަޝްރޫއުގައި ވައުދުތަކާ ހިލާފުވުމާއި އާންމުންނަށް ބީޗު މަނާކުރުން ފަދަ ގިނަ މައްސަލަތަކެއް ކޯޓުތަކުގައި އެބަހުއްޓެވެ. އެހެންކަމުން، ރަސްމާލެއިން ބޮޑު ސަރަހައްދެއް 99 އަހަރަށް އެ ކުންފުންޏަށް ދިނުމަކީ މިސްރުގެ ތަޖުރިބާއަށް ބަލާއިރު ދިވެހިންނަށް އޮތް އިންޒާރެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox