ޔުވެންޓަސް ބަލިވިއިރު، ނަޕޯލީން އިންޓަ ހިފަަހައްޓައިފި

Apr 18, 2021, 9:52 PM
ލަނޑު ޖެހުމަށް ފަހު އިންޓަގެ އެރިކްސެން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު އިންޓަގެ އެރިކްސެން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިލާން (އޭޕްރީލް 19) - އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް 1-0 އިން އެޓަލަންޓާ އަތުން ބަލިިވިއިރު، ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާން ކުޅުނު މެޗުން 1-1 އިން ނަޕޯލީއާ އެއްވަރުވެއްޖެ އެވެ.

މިއީ ފާއިތުވި 12 މެޗުގެ ތެރެއިން އިންޓަ އަށް މޮޅެއް ނުލިބި ނިންމާލަން ޖެހުނު ފުރަތަަމަ ފަހަރެވެ. އިންޓަ އިން އަންނަނީ 2010 ވަނަ އަހަރަށް ފަހު ލީގު ޗެމްޕިއަންކަން ހޯދުމަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

މިރޭގެ ނަތީޖާއާ އެކު އިންޓަ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމަށް 31 މެޗުން ވަނީ 75 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ދެ ވަނައިގައި އޮތް އޭސީ މިލާނުން މި ހަފްތާގައި ވަނީ ޖެނޯއާ ބަލިކޮށްފަ އެވެ. މިލާން ދެ ވަނައިގައި އޮތީ 31 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ.

Advertisement

މިދިިޔަ 20 އަހަރުތެރޭ ލީގުގައި ޔުވެންޓަސް އަތުން ހޯދި ފުރަތަމަ މޮޅާ އެކު އެޓަަލަންޓާ ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެޓަލަންޓާ އަށް 31 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ. ހަތަރެއްގައި އޮތް ޔުވެންޓަސް އަށް 31 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ. ނަޕޯލީ މިރޭ އިންޓަ ބަލިކުރިނަމަ ޔުވެންޓަސް ފަސް ވަނަ އަށް ވެއްޓޭނެ އެވެ. އެކަމަަކު ނަޕޯލީ އެއްވަރުވުމުން އެ ޓީމު ފަސް ވަނައިގައި އޮތީ 31 މެޗުން 60 ޕޮއިންޓާ އެކު އެވެ.

އަނިޔާގެ ސަބަބުން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ކުޅުނު ޔުވެންޓަސް އަށް ލަނޑު ޖަހައިދޭން އެ ޓީމުގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. މި މެޗުން އެޓަލަންޓާ މޮޅުކޮށްދިން ގޯލު މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި ކާމިޔާބުކުރީ ރަސްލާން މަލިނޯވްސްކީ އެވެ.

ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ ބުނީ ލީގުގެ ރޭހުގައި އެ ޓީމަށް މިހާރު ފުރުސަތެއް ނެތްކަމަށާއި ގަދަ ހަތަރެއް ކަށަވަރުކުރަން ކުރެވެން ހުރި މަސައްކަތެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެންމެ މުހިއްމު ކަމަކީ ފޯކަސް ބަހައްޓައިގެން ޕްލޭނާ އެއްގޮތަށް މަސައްކަތްކުރުން ކަމަށް ޕިރްލޯ ބުންޏެވެ.

ނަޕޯލީ ދަނޑުގައި ކުޅުނު މެޗުގެ 36 ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގީ އިންޓަގެ ކީޕަރު ސާމިރް ހަންޑަނޯވިޗް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މިއީ ލޮރެންޒޯ އިންސީނިއާ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ހަންޑަނޯވިޗް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ 55 ވަނަ މިނިޓްގައި އިންޓަ އަށް އެއްވަރުކޮށްދިނީ ކްރިސްޓިއަން އެރިކްސަން އެވެ. ނަޕޯލީ މޮޅުކޮށްދޭން އެ ޓީމުގެ ފޯވާޑް މަޓެއޯ ޕޮލިޓާނޯ ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox