ބެކަމްގެ ޓީމުން ގަވައިދާ ހިލާފުވެއްޖެ

Apr 18, 2021, 9:24 AM
ބެކަމްގެ ޓީމުން ގަވައިދާ ހިލާފުވެއްޖެ

މިއާމީ (އޭޕްރީލް 18) - މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ އެމެރިކާގެ ކްލަބް އިންޓަ މިއާމީ އެފްސީން މިދިޔަ އަހަރު ފްރާންސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީގެ ސޮއި ހޯދިއިރު، ގަވައިދާ ހިލާފަށް ހަރަދުކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެމެރިކާ ލީގު އެމްއެލްއެސްގެ ބިދޭސީ ކުޅުންތެރިންގެ ގަވައިދުގައިވާ ގޮތުން ބޮޑު ހަރަދުކޮށްފައި ހާއްސަ ތިން ޖާގަ އަކަށް ތިން ކުޅުންތެރިއަކު ގެނެވިދާނެ އެވެ. އެ ކުޅުންތެރިންނަށް މުސާރައިގެ ލިމިޓެއް ނޯންނާނެ އެވެ. މި ގަވައިދަކީ 2007 ވަނަ އަހަރު ބެކަމް އެމެރިކާގެ ގެލެކްސީ އަށް ސޮއިކުރިއިރު، އުސޫލެއް ހެދުމުގެ ގޮތުން އެމްއެލްއެސް އިން އެކުލަވާލި ގަވާއިދެކެވެ.

ހާއްސަ ޖާގައިގެ ތެރެއިން ތިން ކުޅުންތެރިން ރަޖިސްޓްރީކުރި ފަހުން އިންޓަ މިއާމީން މަޓުއީޑީ ވެސް ހިމެނީ އެ ސްލޮޓްގަ އެވެ. އަދި އެ ސްލޮޓުގައި ހިމަނައިގެން މަޓުުއިޑީ ގެންނަން ކޮށްފައިވާ ހަރަދާއި އޭނާ އަށް ދިން މުސާރަ އަކީ އުސޫލުން ބޭރުކޮށްފައިވާ ކަމެއް ކަމަށް އެމްއެލްއެސް އިން ވަނީ ނިންމައިފަ އެވެ. މި މައްސަލައިގައި އިންޓަ މިއާމީއާ މެދު އަޅާނެ ފިޔަވަޅެއް މިހާރު އެމްއެލްއެސްގެ ޑިސިޕްލިނަރީ ކޮމިޓީން އަންނަނީ މަޝްވަރާކުރަމުންނެވެ.

އިންޓަ މިއާމީން މި ސީޒަނަށް ހާއްސަ ތިން ޖާގައިގެ ތެރޭގައި ހިމަނާފައިވަނީ އުމުރުން 34 އަހަރުގެ މަޓުއީީޑީގެ އިތުރުން ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތަކަށް ކުޅެފައިވާ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގައިން އާއި މެކްސިކޯގެ މިޑްފީލްޑަރު ރަޑޯލްފޯ ޕިޒާރޯ އެވެ.

ދާދި ފަހުން އިންޓަ މިއާމީން ވަނީ ކޯޗަކަށް އިންގްލްންޑްގެ ކުރީގެ ކުޅުންތެރިޔާ ފިލިޕް ނެވިލް ހަމަޖައްސައިފަ އެވެ. ފިލިޕް ނެވިލް އެންމެ ފަހުން ހަވާލުވެ ހުރީ އިންގްލެންޑްގެ އަންހެން ޓީމާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox