މެސީގެ ދެ ގޯލާ އެކު ބާސެލޯނާ އިން ސްޕެނިޝް ކަޕް ކާމިޔާބުކޮށްފި

Apr 17, 2021, 9:49 PM
މިރޭގެ ފައިނަލަށް ފަހު ތަށްޓާ އެކު ބާސެލޯނާ ކުޅުންތެރިން.-- ފޮޓޯ: ބާސެލޯނާ

މިރޭގެ ފައިނަލަށް ފަހު ތަށްޓާ އެކު ބާސެލޯނާ ކުޅުންތެރިން.-- ފޮޓޯ: ބާސެލޯނާ

މެޑްރިޑް (އޭޕްރީލް 18) - ސްޕެނިޝް ކަޕްގެ ފައިނަލުގައި ލިއޮނަލް މެސީގެ ދެ ގޯލާ އެކު 4-0 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.

މިއީ ދެ ހަފްތާއެއްހާ ދުވަސްތެރޭ ސްޕެނިޝް ކަޕްގެ ފައިނަލުން އެތުލެޓިކް ބިލްބާއޯ ބަލިވި ދެ ވަަނަ ފަހަރެވެ. މިދިޔަ އަހަރު ކޮވިޑާ ހެދި މިދިޔަ ސީޒަންގެ ސްޕެނިޝް ކަޕް ފައިނަލް މެޗު ކުޅުނީ މި މަހު ތިން ވަަނަ ދުވަހު އެވެ. އެ މެޗުން ބިލްބާއޯ ބަލިކޮށް ތަށި އުފުލާލީ ރެއާލް ސޮސިއެޑާޑުންނެވެ.

ބާސެލޯނާ މި މެޗުން މޮޅުކޮށްދޭން ދެ ގޯލު ޖަހައިދިން މެސީ މި ސީޒަނުގެ ނިޔަލަށް އެ ޓީމުގެ ކޮންޓްރެކްޓްގައި ހުރިއިރު، މިއީ މެސީ އެ ޓީމާ އެކު އުފުލާލާ ފަހު ޓްރޮފީ އަށް ވުމުގެ ފުރުސަތު އެބައޮތެވެ. ބާސެލޯނާ އިން އަންނަނީ ސްޕެނިޝް ލީގުގެ ރޭހުގައި ވެސް ވާދަކުރަމުންނެވެ. ސްޕެނިޝް ކަޕަކީ މި ސީޒަނުގައި ބާސެލޯނާ ކޯޗުކަމާ ހަވާލުވި ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން އެ ޓީމު ހޯދި ފުރަތަމަ ތަށްޓެވެ.

ފައިނަލަށް ފަހު މެސީ ތަށި ހިފައިގެން.-- ފޮޓޯ: ބާސެލޯނާ
ފައިނަލަށް ފަހު މެސީ ތަށި ހިފައިގެން.-- ފޮޓޯ: ބާސެލޯނާ

ފައިނަލަށް ފަހު މެސީ ތަށި ހިފައިގެން.-- ފޮޓޯ: ބާސެލޯނާ

ފުރަތަމަ ހާފުގައި ބިލްބާއޯ އިން ބާސެލޯނާ ހިފެހެއްޓުމުގައި ކާމިޔާބު ހޯދި އެވެ. އެކަމަކު ދެ ވަނަ ހާފްގެ ފެށިގެން 15 މިނިޓަށް ފަހު ބާސެލޯނާ އިން ގޯލެއް ޖަހައި މެޗުގެ ކޮންޓްރޯލް ފުރިހަމަ އަށް ނެގި އެވެ. މެޗުގެ 60 ވަނަ މިނިޓްގައި ފްރެންކީ ޑި ޔޯން ދިން ބޯޅައަކުން ބާސެލޯނާގެ ފުރަތަމަ ގޯލު ޖެހީ އެންޓޮއިން ގްރީޒްމަން އެވެ. އޭގެ ތިން މިނިޓް ފަހުން ޖޯޑީ އަލްބާ ދިން ބޯޅައަކުން ޑި ޔޯން ވަނީ ބާސެލޯނާގެ ލީޑުފުޅާކޮށްދީފަ އެވެ.

ބިލްބާއޯ އަށް ހަމަނޭވައެއް ނުލެވި އުޅެނިކޮށް މެޗުގެ 68 ވަނަ މިނިޓްގައި މެސީ ވަނީ ބާސެލޯނާގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ މެސީގެ ހާއްސަ ގޯލެކެވެ. ބޯޅަ ހިފައިގެން ބިލްބާއޯ ޑިފެންސް ތެރެއިން ވަދެ މެސީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. އޭގެ ހަތަރު މިނިޓް ފަހުން އަލްބާ ދިން ބޯޅައަކުން މެސީ ވަނީ ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. ފަހުން ގްރީޒްމަން އިތުރު ގޯލެއް ޖެހި އެވެ. އެކަމަކު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ.

މިއީ ބާސެލޯނާ އިން ކޮޕަ ޑެލް ރޭ ކާމިޔާބުކުރި 31 ވަނަ ފަހަރެވެ. ބާސެލޯނާ އިން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2018 ވަަނަ އަހަރު އެވެ. އެ ފަހުން 2019 ވަނަ އަހަރު ކުޅުނު ފައިނަލުގައި ވަނީ ވެލެންސިއާ އަތުން 2-1 އިން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox