ކޮލަމް: އަޖައިބެއް ފަދަ އިންތިހާބެއް: ބަލިވި މީހަކު ނެތް!

ކޮލަމް: އަޖައިބެއް ފަދަ އިންތިހާބެއް: ބަލިވި މީހަކު ނެތް!

ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރެއިން، ވަރަށް ވެސް ދަތި އުނދަގުލުގައި އިންތިހާބެއް ބާއްވައި ނިމިއްޖެ އެވެ. އެކަމަކު ދިވެހި ތާރީހުގައި ވެސް ލިޔެވޭނެ އިންތިހާބު ހާއްސަވަނީ އެކަމުގެ ބުރަ ބޮޑުކަމަކުން ނޫނެވެ. ކޮންމެހެން ނުރައްކާތެރިކަން ބޮޑުވެގެންނެއް ވެސް ނޫނެވެ. އަދި ރަސްމީ ސިފައެއްގައި މުޅީން ސާފު ނުވި ނަމަވެސް، މި އިންތިހާބު ފަހަގަކޮށްލެވެނީ، ހޮނިހިރު ދުވަހު ރައްޔިތުން ނިންމި ނިންމުން މާނަވަމުންދާ އާދަޔާ ހިލާފު ގޮތަށެވެ.

މި އިންތިހާބުގައި އަށް ޕާޓީންނާއި އަމިއްލަ ގޮތުން ހަތަރު ހާހާ ގާތްކުރާ އަދަދަކަށް ކެންޑިޑޭޓުން ވާދަކުރިއިރު، ނާކާމިޔާބުވި މީހެއް ވެސް އަދި ހާއްސަކޮށް ޕާޓީއެއް ވެސް ނުފެނުނެވެ. އަހާލި ކޮންމެ ދިމާއަކުން ވެސް ބުނަނީ މޮޅުވީ ތިމަންނާމެންނޭ އެވެ.

އެކަމަކާ ހުރެ، ސްކޫލްތަކުގައި ދަށް ގްރޭޑް ކުދިންގެ މެދުގައި ވަނަތައް ނުދޭ އުސޫލެއް އިލެކްޝަންސް ކޮމިޝަނުން މި ފަހަރު ގެންގުޅެނީތޯއޭ ވެސް ހިތަށް އަރަ އެވެ. މި އިންތިހާބު އުނދަގޫ ކަމުން، ވާދަކުރި އެންމެންނަށް އެއް ވަނަ ދިން ކަހަލަ އެވެ.

Advertisement

މި އިންތިހާބުގައި އެންމެ ގޮނޑިއެއް ވެސް ދޫނުކުރަން ފައި ވިއްދި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ބުނަނީ މުޅި އިންތިހާބު ކާމިޔާބުވީ އެ ޕާޓިއަށް ކަމަށެވެ. ވަރަށް މަޑުމޮޅިކޮށް ތިބެގެން ވިޔަސް، އެންމެ ގިނަ ވޯޓު ލިބުނު ކަމަށް ވެސް އެ ޕާޓީން ދައުވާކުރެ އެވެ.

އެހެންކަމަށް ވަނީ ނަމަ، އެއް ބަޔަކު މޮޅު ވެއްޖެއްޔާ ދެން ތިބި ބަޔަކު ބަލިވާންޖެހޭނެތާ އެވެ. އެކަމަކު، އަޖައިބަކީ އެހެންނެއް ވެސް ނުވެ އެވެ. އެމްޑީޕީއާ އެންމެ ގާތުން ވާދަކުރި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އުފަލުން އޮޅުލައި، ނަށަނީ އެވެ. އެ މީހުންނަށް ވެސް ހަމަ އިންތިހާބު ކާމިޔާބުވެގެންނެވެ.

އެ ކޯލިޝަނުން ބުނަނީ މޭޔަރުކަމާއެކު މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީގެ އިތުރުން ކުރިން ނުލިބޭ ބައެއް މުހިއްމު ގޮނޑިތަކެއް ލިބުމަކީ މި އިންތިހާބުގެ އެންމެ ބޮޑު ކާމިޔާބީ އެވެ. އެހެންވީމާ، އެވެރިން ބުނަނީ އިންތިހާބުން ބަލިވީ އެމްޑީޕީ ކަމެވެ.

އިދިކޮޅުގެ ނަޒަރުގައި މުޅި އެމްޑީޕީގެ ލީޑާޝިޕްވެސް އިސްތިއުފާ ދޭންވީ އެވެ. މިހާރު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު ވެސް މިނިވަން ކުރަންވީ އެވެ. ވެރިކަން ވެސް އިދިކޮޅާ ހަވާލުކުރަންވީ އެވެ. އެހާ ވެސް ވަރުގަދަ ކާމިޔާބެކެވެ. ނޫނީ އެމްޑީޕީއަށް ގޮސްހުސްވާފަދަ ނާކާމިޔާބެކެވެ.

މި ވެގެން އުޅޭ ކަމެއް އެއްގޮތަކަށް ވެސް ސާފު ނުވެގެން، ދެން އެހެން ދިމާތަކަށް ބަލައިގެން ވެސް ސީދާ ބަލިވި މީހަކު ނުފެނުނެވެ. ފަހަރެއްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި ތިން ކެންޑިޑޭޓުންގެ ތެރެއިން، ފުލަށް އައި ކެންޑިޑޭޓު ބަލިވިތޯ ބެލުމުން، ކަމަކުދާކަށް ނެތެވެ. އޭނާވެސް ބައްޔެއްނުވެ އެވެ. ޕާޓީއަކަށް ނިސްބަތް ނުވެ، އެކަނި ވާދަކޮށްގެން ވޯޓުގެ އެއް ޕަސަންޓް ލިބުމަކީ ކާމިޔާބެކެވެ. އެހެންވީމާ، ބަލިވި ލިސްޓަށް އޭނާ ވެސް ލެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ.

ދެން ތިބީ ވޯޓުލާން ނުދިޔަ މީހުންނެވެ. މިފަހަރު އޭގެ ލައްކަ ބައިވަރު މީހުން ތިއްބެވެ. ފަރުދީ ޒިންމާ އަދާނުކޮށްގެން، ބަލިވި ލިސްޓަށް ފެއްތޭތޯ ބެލުމުން އެކަމަށް އެމީހުން އިންކާރު ކުރެ އެވެ. އެ މީހުން ބުނަނީ ވޯޓު ނުލާ މީހުންގެ އަދަދު އެހާ ގިނަ ވުމަކީ ސިޔާސީ ޕާޓީތަކަށް ދިން ވަރުގަދަ މެސެޖެއް ކަމަށެވެ. ކަންކަން ރަނގަޅުކުރަން ދިން އިންޒާރެއް ކަމަށް ސިޔާސީ ލީޑަރުން ވެސް މިހާރު ސިފަ ކުރަމުންދާތީ، އެ ގުރޫޕް ވެސް މި ފަހަރު ބަލިވި ކަމަށް ނިންމޭކަށް ނެތެވެ.

އޭގެ ފަހަށް ތިބި ކުދި ޕާޓީތަކާ ހަމައަށް ދާކަށްވެސް ނުކެރުނެވެ. މި އިންތިހާބުން ވެސް އެންމެ ގޮނޑި އެއް ލިބުނު ޕާޓީ ވެސް ސަރުކާރުގެ ތެރޭގައި ބޮޑު ހިއްސާއެއް އޮންނައިރު، އެ ޕާޓީ ބަލިވިޔޭ ބުނަން ނުކެރޭނެ އެވެ.

އެންމެ ފަހަށް އޮތީ، ބާތިލު ވޯޓެވެ. އެ ވޯޓުތައް މިފަހަރު އާދަޔާހިލާފަށް ގިނަ އެވެ. ބައެއް ފޮށިތަކުގައި ކެންޑިޑޭޓަކަށް ލިބުނު ވޯޓަށް ވުރެ ދެ ގުނަ، ތިން ގުނަ ބާތިލު ވޯޓު ގިނަ އެވެ. އެހެންވީމާ، މިފަހަރު ރަނގަޅަށް ފާހަގަ ނުޖެހި މީހުންގެ ބޮލުގައި ބަލިވި ކަމުގެ ލަގަބު އަޅުވަން އުޅެގެން އެކަމެއް ވެސް ކާމިޔާބެއް ނުވި އެވެ. ބާތިލު ވޯޓު ގިނަ ކަމުން، އެ އަލުން ގުނައިގެން، ބައެއް ނަތީޖާތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތީމަ އެވެ. ބާތިލު ވޯޓުވެސް މި އިންތިހާބުގައި ޒާތަކަށް ކާމިޔާބު ހޯދީ އެވެ.

މި ހުރިހާ މަސައްކަތުން ސާފުވާ އެއް ކަމަކީ، ހަގީގަތުގައި ވެސް މި އިންތިހާބުން ބަލިވި މީހަކު ނެތް ކަމެވެ. އެ މީހެއްގެ ނަޒަރުގައި އެ މީހަކު މޮޅުވީ އެވެ. ހަމައެކަނި ނާކިޔާބުވާނީ، މި އިންތިހާބުން ބަލިވި ބަޔަކު ހޯދަން މަސައްކަތް ކުރާ މީހެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

ރަސްމާލެ މަޝްރޫއު: ލީޑަރެއްގެ ނުފޫޒަށްވުރެ ގައުމު ބޮޑު

ރަސްމާލެ މަޝްރޫއަކީ ސިޔާސީ ފިކުރުތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާއިރު، މިކަމުގައި ސިޔާސީ ލީޑަރުންގެ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ވިސްނަންޖެހެއެވެ. ނަމަވެސް މި މަޝްރޫއުގެ އެއްބަސްވުންތައް ސިއްރުކޮށްފައިވުމާއި މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން، މިއީ ދައުލަތުގެ ހަޒާނާއަށް ބޮޑު ގެއްލުމެއް ލިބިދާނެ "ސްކޭމެއް" ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

މަޔޮއްޓޭގެ ބާ މިސްކިތް ބިނާކުރީ ދިވެހިންތަ؟

މަޔޮއްޓޭގައި ހުރި ތާރީޚީ ތަންގޯނީ މިސްކިތަކީ ދިވެހިރާއްޖޭގެ ހިރިގަލުގެ ބިނާވެއްޓާއި ގަލުވަޑާމުގެ ފަންނިއްޔާތާ ވަރަށް ބޮޑަށް އެއްގޮތް ސިފަތަކެއް އެކުލެވޭ ބިނާއެކެވެ. މި މިސްކިތް ބިނާކުރުމުގައި ބޭނުންކޮށްފައިވާ އުވަދެވުމާއި ހިރިގާ ކަނޑައިގެން ރޭނުމުގެ އުކުޅުތަކުން، އިންޑިއާ ކަނޑުގެ ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮތް މަސައްކަތްތެރިކަމުގެ ގުޅުން ހާމަވެއެވެ.

ރަސްމާލެ މަޝްރޫއު: ހުވަފެނީ ވާހަކަތަކާއި ޖަވާބު ނުލިބޭ ސުވާލުތައް

މި ލިޔުމަކީ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ތަސައްވުރަކީ ހަގީގަތާ ދުރު، ހިޔާލީ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް ލިޔެފައިވާ ލިޔުމެކެވެ. މީގެ އިތުރުން، އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހޭދަ ކުރާނެ ފަރާތަކާއި، ފައިސާ ހޯދާނެ ގޮތަކާ މެދު މި ލިޔުމުގައި ވަނީ ސުވާލު އުފައްދާފަ އެވެ.

ފަތުވާދޭ މަޖިލީހުގެ މެންބަރުންވެސް މަޙްޝަރުގެ ބިން ދެކޭނެ!

ވަރަށް ޔަގީންވާތީ ދަންނަވަމެވެ. އަޅުގަނޑު ވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިލްމުވެރިންވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ސުވާލުކުރެވޭނެ އެވެ. ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިވުމާމެދު ބަހެއް ނުބުނެ ތިބެގެން ޒިންމާއިން ބަރީއަވެވޭ ހަމަ އެއްވެސް ހުއްޖަތެއް އިލްމުވެރިންމަކަށް ނެތެވެ.

މިސްރުގެ 'މަރާސީ' އާ ބެހޭ ގޮތުން އަލައްބާރު ނުދައްކާ ވާހަކަ

މިސްރުގެ 'މަރާސީ' މަޝްރޫއު ހިންގި މުހައްމަދު އަލްއައްބާރުގެ ކުންފުންޏާ ރަސްމާލެ ތަރައްގީކުރަން ހަވާލުކޮށްފައިވާއިރު، މިސްރުގެ މަޝްރޫއުގައި ވައުދުތަކާ ހިލާފުވުމާއި އާންމުންނަށް ބީޗު މަނާކުރުން ފަދަ ގިނަ މައްސަލަތަކެއް ކޯޓުތަކުގައި އެބަހުއްޓެވެ. އެހެންކަމުން، ރަސްމާލެއިން ބޮޑު ސަރަހައްދެއް 99 އަހަރަށް އެ ކުންފުންޏަށް ދިނުމަކީ މިސްރުގެ ތަޖުރިބާއަށް ބަލާއިރު ދިވެހިންނަށް އޮތް އިންޒާރެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox