ލިވަޕޫލް އަތުގައި ނަތީޖާ އަނބުރާލުމުގެ ތާރީހެއް އޮތަސް ރެއާލް ތަފާތު: ކްލޮޕް

Apr 14, 2021, 5:08 AM
ލިވަޕޫލްގެ ކޯޗު ކްލޮޕް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ ކޯޗު ކްލޮޕް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް (އޭޕްރީލް 14) - ލިވަޕޫލް އަތުގައި ޗެމްޕިއަންސް ލީގުގައި ނަތީޖާ އަނބުރާލުމުގެ ތާރީހެއް އޮތް ކަމުގައި ވިޔަސް މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު މުޅިން ތަފާތު ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

މިދިޔަ ހަފްތާގައި ރެއާލް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ލިވަޕޫލް ވަނީ 3-1 އިން ބަލިވެފަ އެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ހޯދާނަމަ މިރޭ އަމިއްލަ ދަނޑުގައި ރެއާލް އަތުން މަދުވެގެން ދެ ގޯލުގެ ތަފާތުން ލިވަޕޫލް މޮޅުވާން ޖެހޭނެ އެވެ.

މީގެ ކުރިން ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ވަނީ ދެ ވަނަ ލެގުގައި ގިނަ ފަހަރުތަކެއްގައި ނަތީޖާ އަނބުރާލައިފަ އެވެ. އެންމެ ފަހުން ކްލޮޕް ހުއްޓައި އެކަން ހާސިލްކުރީ 2019 ވަނަ އަހަރުގެ ސެމީ ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށެވެ. އެ ފަހަރު ފުރަތަމަ ލެގުގައި ބާސެލޯނާ ދަނޑުގައި ލިވަޕޫލް ބަލިވީ 3-0 އިންނެވެ. ދެ ވަނަ ލެގުގައި ލިވަޕޫލް ވަނީ 4-0 އިން މޮޅުވެ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

Advertisement

މިރޭ ރެއާލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުނީ ރެއާލާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގު ތަފާތު ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ސަޕޯޓަރުން ނުވައްދައި މެޗު ކުޅެން ޖެހުން ކަމަށެވެ. އަދި ތަންކޮޅެއް ޕޮޒިޓިވް ވިސްނުމަކުން ޕްރެޝަރު ކުޑަކޮށް މި މެޗަށް ތައްޔާރުވާ ކަމަށްވާނަމަ ލިވަޕޫލަށް މި ވަގުތު ގެއްލޭނެ މާ ބޮޑު އެއްޗެއް ނެތް ކަމަށް ކްލޮޕް ބުންޏެވެ.

"ފުރަތަމަ ލެގުގައި 3-1 އިން ބަލިވުމުން ދެން ގާތްގަނޑަކަށް މުބާރާތުން ކެޓުން އެންމެ ގާތްވާނީ. މާޒީގައި ނަތީޖާ އަނބުރާލެވިފައި ހުރުމަކީ އެކަން އަބަދުވެސް ކުރެވޭނެކަން ޔަގީންކޮށްގެން ހުރުމެއް ނޫން. މީގެ ޖެހޭނީ އެ ހާލަތެއްގައި އެންމެ ރަނގަޅު ފުޓްބޯޅަ ކުޅެން. އޭރުން ފުރުސަތެއް އޮތީ،" ކްލޮޕް ބުންޏެވެ.

"ރެއާލް އަކީ ތަފާތު ޓީމެއް. އަހަރެމެން ބަލިކުރިތާ ދުވަސްކޮޅެއް ފަހުން އެ މީހުން (ރެއާލް) ބާސެލޯނާ ބަލިކޮށްފި. އެ މީހުން އެ އޮތީ ރަނގަޅު ފޯމެއްގައި. އެކަމަކު އެ ހުރިހާ ކަމަކަށް ނުވިސްނައި އަހަރެެމެން (ލިވަޕޫލުން) އަމިއްލަ ގޭމް ކުޅެން އުޅެފިނަމަ މީގެ ވަރަށް ރަނގަޅު ކަންތައްތަކެއް ކުރެވިދާނެ،"

ކްލޮޕް ބުނީ މީގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ގޯލެއް ވަނަނުދޭން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރުމަށް ފަހު ރެއާލް ދަނޑުގައި ދެއްކި ކުޅުމަށް ވުރެ ދެގުނަ ރަނގަޅަށް ކުޅެ ގޯލު ޖަހާނެ އިތުރު ފުރުސަތުތައް ތަނަވަސްކުރުމުން ކަމަށެވެ.

ރެއާލްގެ ކޯޗު ޒިދާން (ކ) އާއި ލިވަޕޫލްގެ ކޯޗު ކްލޮޕް ފުރަތަމަ ލެގުގެ ތެރެެއިން.-- ފޮޓޯ: ގެޓީއިމޭޖަސް
ރެއާލްގެ ކޯޗު ޒިދާން (ކ) އާއި ލިވަޕޫލްގެ ކޯޗު ކްލޮޕް ފުރަތަމަ ލެގުގެ ތެރެެއިން.-- ފޮޓޯ: ގެޓީއިމޭޖަސް

ރެއާލްގެ ކޯޗު ޒިދާން (ކ) އާއި ލިވަޕޫލްގެ ކޯޗު ކްލޮޕް ފުރަތަމަ ލެގުގެ ތެރެެއިން.-- ފޮޓޯ: ގެޓީއިމޭޖަސް

އަނިޔާގެ މައްސަލަތަކާ އެކު ވެސް ރެއާލުން ވަނީ ފުރަތަމަ ލެގުގައި ލިވަޕޫލް ބަލިކޮށްފަ އެވެ. ފުރަަތަމަ ލެގުގައި ލިވަޕޫލާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކި ރެއާލްގެ ފުލްބެކް ލޫކަސް ވަޒްކޭޒަށް އަނިޔާވެ އޭނާ އަށް ސީޒަން ނިމުމުގެ ބިރު ބޮޑުވެފަ އެވެ. ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ އަނިޔާގެ މައްސަލަ ކިތަންމެ ބޮޑު ނަމަވެސް އެއީ ޝަކުވާ އަކަށް ހަދައިގެން އެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.

"އަހަންނަށް އެނގޭ ގިނަ ކޯޗުންނަމަ މިހާރު މި އޮތް އަނިޔާގެ މައްސަލަތަކުގެ ވާހަކަ ދައްކާނެކަން. އަހަރެން ބޭނުމެއް ނޫން އެކަން ކުރަން. އަހަރެން ބޭނުންވަނީ ތިބި ކުޅުންތެރިން ލައިގެން މިކަން ކުރެވޭނެ ގޮތެއް ހޯދަން. އެ ގޮތުން މި މެޗުގައި ވެސް އަހަރެމެން 100 ޕަސެންޓް ދޭނަން،" ޒިދާން ބުންޏެވެ.

ޔޫރަޕްގެ މުބާރާތުގައި އެންމެ ފުރަތަމަ ރެއާލާ ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް ލިވަޕޫލް މޮޅުވި އެވެ. އެކަމަކު އޭގެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މި ވަނީ ބަލިވެފަ އެވެ. ޔޫރަޕްގެ މުބާރާތްތަކުގެ ތާރީހުގައި ނޮކައުޓު ބުރުގައި ލިވަޕޫލުން ބަލިވި 11 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވީ ސްޕެއިން ޓީމުތަކާ ދެކޮޅަށެވެ. މިރޭގެ މެޗުން ރެއާލް މޮޅުވެއްޖެނަމަ އެ ޓީމު ވެގެންދާނީ ލިވަޕޫލް ދަނޑުގައި ދެ މެޗުން މޮޅުވި ސްޕެއިނަށް ނިސްބަތްވާ ދެ ވަނަ ޓީމަށެވެ.

ލިވަޕޫލާއި ރެއާލް ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ. މި މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ކުޅެން ޖެހޭނީ ޗެލްސީއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox