މިއީ ކުރީ ސަރުކާރަކަށް ހާސިލްނުވި ބޮޑު ކާމިޔާބެއް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެރިކަން ހިންގާ އެމްޑީޕީއަށް ލިބިނުވަރުގެ ބޮޑު ކާމިޔާބީއެއް، ރިޔާސީ ދައުރުގެ މެދު ތެރެއިން ބޭއްވި އިންތިހާބެއްގައި, ކުރިން އައި އެއްވެސް ސަރުކާރަކަށް ލިބިފައިނުވާ ކަމަށާއި ނަމަވެސް އިންތިހާބުން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ހާމަވެގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާތަނަށް ގުނި ވޯޓުން އެމްޑީޕީ 49 ޕަސެންޓް ގޮނޑި ހޯދާފައިވާ ކަމަށެވެ.

"90 ޕަސެންޓް ވޯޓު ގުނިއިރު ވޯޓުގެ 49 ޕަސެންޓް ވޯޓު މި ވަނީ އެމްޑީޕީއަށް ކާމިޔާބު ކުރެވިފަ. އަޅުގަނޑު ހިތުން މިޑް-ޓާމް އިލެކްޝަނެއްގައި މިވަރުގެ ކާމިޔާބީއެއް އަދި މިހާތަނަށް އެއްވެސް ސަރުކާރަކަށް ހާސިލް ކުރެވިފައެއް ނެތް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންކަމުން މިޑް-ޓާމް އިލެކްޝަނެއްގައި މި ލިބުނު ކާމިޔާބީ ފާހަގަ ކުރުމާއެކު އެޅުގަނޑު މި ދެންނެވި ކަންބޮޑުވުންތަކާ އެކީގައި ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ކަންތައްތައް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރަމުންގެންދާނެ ވާހަކަ އަޅުގަނޑު މި ފުރުސަތުގައި ދަންނަވަން. --ރައީސް

މާލެ ސިޓީއިން ވަރަށް ބޮޑު ބަދަލެއް ފެނިފައިވާ ކަމަށް ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުންގެ އިހްސާސްތައް ދަނެގަންނަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނިމިދިޔަ އިންތިހާބުގައި އެންމެ ފާހަގަ ކުރެވުނު ކަމަކީ މާލޭ ސިޓީ ކައުންސިލްގެ ނަތީޖާ. އެ ކައުންސިލަށް އައި ބަދަލާ ދޭތެރޭ އެބަޖެހޭ ވިސްނަން. އަޅުގަނޑަށް ފާހަގަ ކުރެވޭ މާލޭ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ މިއަދުވެސް މި ޔަގީންކޮށް އަރުވަނީ މާލޭ ސިޓީގެ އަދި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކަންބޮޑުވުންތައް، އިހްސާސްތައް ދަނެގަނެ، އެކަންތައްތައް ހާސިލް ކޮށްދިނުމަށް މި ސަރުކާރު އިރާދަކުރެއްވިޔާ ދެމިއޮންނާނެ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox