އެއްވެސް ފޮއްޓެއް އަލުން ގުނާކަށް އަދި ނުނިންމާ

ހޮނިހިރު ދުވަހުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ހޮނިހިރު ދުވަހުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ އިތުރުން އައްޑޫ ސިޓީގެ ބައެއް ދާއިރާތަކުގެ ނަތީޖާއާ މެދު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ސުވާލު އުފެއްދި ނަމަވެސް، އެއްވެސް ފޮއްޓެއް އަލުން ގުނަން އަދި ނިންމާފައިވާ ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާލޭގެ ހަތަރު ދާއިރާއެއްގެ ފޮށި އަލުން ގުނަން އެ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ފަހުން، ރޭ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ ފަސް ދާއިރާއަކާއި އައްޑޫގެ ހަތަރު ދާއިރާއެއްގެ ނަތީޖާ އިތުރަށް ކަށަވަރުކުރުމަށް މަސައްކަތްކުރާ ކަމަށާއި އެ ދާއިރާތަކުގައި މިހާރު ކުރީގައި އުޅޭ ކެންޑިޑޭޓާއި އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެމެދު ހުރީ 40 އަކަށް ވޯޓަށްވުރެ ކުޑަ ފަރަގެއް ކަމަށެވެ.

Advertisement

އަދި އެ ދާއިރާތަކުގައި ނުގުނާ ހުރި ވޯޓް ކަރުދާހުގެ އަދަދު 50 އާއި 60 އަށް އަރާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"މި ޕާޓީން މި ގެންދަނީ އެ ވޯޓު ފޮށިތަކުގެ ފުރިހަމަ ނަތީޖާ ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އިސްވެ ދެންނެވި ކަންކަން އެހެން ހުރުމުން މިޕާޓީއަށް މިހާތަނަށް ކަށަވަރުވެފައިވާ ގޮނޑިތަކުގެ އިތުރުން މާލެ އާއި އައްޑޫ ސިޓީގެ އިތުރު ގޮނޑި ލިބުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް މިވާހަކަ އާންމުކޮށް ދެންނެވީމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް، އެ ބަޔާނުގައި އެއްވެސް ފޮއްޓެއް އަލުން ގުނަން އެދުނު ކަމެއް ބުނެފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން، އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު "އަދަދު"އަށް ވިދާޅުވީ ބަޔަކު ހުށަހެޅި ނަމަވެސް، ފޮއްޓެއް ކަނޑައިގެން ގުނާނީ ކޮމިޝަނުގެ އުސޫލާ އެއްގޮތަށް އެކަން ކުރަން ފެނިއްޖެ ނަމަ އެވެ.

"ފޮއްޓެއް ކަނޑައިގެން ގުނާނީ ކެންޑިޑޭޓުންގެ ހާޒިރުގަ. އެފަދަ ނިންމުމެއް އަދި ނިންމާފައެއް ނެތް،" ހަބީބު ވިދާޅުވި އެވެ.

ނަމަވެސް، އޭގެ ފަހުން ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓުކަރުދާސް ބަންދުކޮށްފައިވާ ސެކިއުރިޓީ އުރައެއް "ކަނޑަންޖެހޭ ހަލަތު އައުން ގާތް،" ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ދެ ސިޓީގެ މުހިއްމު ގޮނޑިތަކެއް އެމްޑީޕީއަށް ގެއްލިފައިވާއިރު، އެމްޑީޕީން މަސައްކަތްކުރަނީ ނަތީޖާ އޮޅުވާލަން ކަމަށް ތުހުމަތުކޮށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

މާލޭގެ މޭޔަރު ކަމުގެ ގޮނޑިއާއެކު، އިދިކޮޅު ޕީޕީއެމްއިން ވަނީ ސިޓީ ކައުންސިލްގެ 18 ގޮނޑީގެ ތެރެއިން 12 ގޮނޑިއެއް ކާމިޔާބުކޮށްފަ އެވެ.

އެމްޑީޕީއަށް އަނެއް ތިން ސިޓީގެ މޭޔަރުކަން ޔަގީން ކުރެވިފައިވީ ނަމަވެސް އައްޑޫ ސިޓީގެ ސުޕަ މެޖޯރިޓީ ވެސް ގެއްލުނެވެ.

އެ ޕާޓީގެ ސަޕޯޓް ބޮޑު އެހެން ބައެއް ރަށްރަށުން ވެސް ވަނީ އެމްޑީޕީއަށް މިފަހަރު ތާއިދު ކުޑަވެފަ އެވެ. ނަމަވެސް ޖުމްލަކޮށް ބަލާނަމަ، އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox