މޯޑު ހުޅުމާލެ ހުސްކޮށްފި، މިއީ އެންމެ ސަޅި 10 ރެސްޓޯރަންޓު

މޯޑު ހުޅުމާލެ ހުސްކޮށްފި، މިއީ އެންމެ ސަޅި 10 ރެސްޓޯރަންޓު

މިއީ އދ. ދިގުރަށަށް އުފަން މުހައްމަދު އިބްރާހިމް (މޯޑު) އާއި އޭނާގެ އަންހެނުން ސައްމި އެވެ. މި ދެމަފިރިންނަކީ ދެކުނު ކޮރެއާގައި އަމިއްލަ ދެ ޓްރެވަލް އޭޖެންސީ ހިންގައި އެ ގައުމުގައި ދިރިއުޅެމުން އަންނަ ދެމަފިރިންނެވެ. ކޮރެއާގައި ދިރިއުޅޭތާ ނުވަ އަހަރުވެއްޖެ އެވެ. އާއްމުކޮށް އާއިލާ އަށް ޒިޔާރަތް ކުރުމަށާއި ޗުއްޓީ ހޭދަކޮށްލަން އެކުގައި ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ރާއްޖެއަށް އަންނަ މި ދެމަފިރިން، މި ފަހަރު ރާއްޖޭގައި ކުރީ ތަފާތު ތަޖުރިބާއެކެވެ.

ތިން ކުދިން ކޮރެއާގައި ބައިތިއްބާފައި މިފަހަރު މޯޑުގެ ދެމަފިރިން ރާއްޖެއަށް އައީ ރަސްމީ ކަމެއްގައި 10 ދުވަހަށެވެ. އެކަމަކު ކަން ދިމާވި ގޮތުން ޗުއްޓީ މަހަކަށް ދިގުލައިގެން ގޮސް ގިނަ ދުވަހު މިކޮޅުގައި މަޑުކުރަން ޖެހުމުންް މި ދެމަފިރިން ނިންމީ އެމީހުންގެ ގެސްޓުންނަށް ފައިދާވާނެ ކޮންމެވެސް ކަހަލަ މަސައްކަތެއް ޗުއްޓީގައި ކޮށްލުމަށެވެ. އެގޮތުން މި ދެމަފިރިން މަސައްކަތް ފެށީ، ކޮރެއާ އަށް މިފަހަރު ދިއުމުގެ ކުރިން ހުޅުމާލޭގައި ހުރި ރެސްޓޯރަންޓްތަކަށް ގޮސް އެތަންތަނުގެ ހިދުމަތާއި ކާއެއްޗެހި ތަޖުރިބާ ކުރުމަށް ފަހު، ކޮރެއާ އިން ހުޅުމާލެއަށް އަންނަ ގެސްޓުންނަށް "ހެލްޕް ގައިޑް" އެއް ތައްޔާރުކުރުމަށެވެ.

Advertisement
މޯޑު އާއި އޭނާގެ އަންހެނުން ސައްމި ރާޢްޖޭގެ ރިސޯޓެއްގައި މިފަހަރު ނަގާފައިވާ ފޮޓޯ އެއް: މި ދެމަފިރިންނަކީ ކޮރެއާއިން ރާޢްޖެއަށް އަންނަ ޓޫރިސްޓުންނާ ގާތް ގުޅުމެއް ބާއްވާ ދެމީހުން
މޯޑު އާއި އޭނާގެ އަންހެނުން ސައްމި ރާޢްޖޭގެ ރިސޯޓެއްގައި މިފަހަރު ނަގާފައިވާ ފޮޓޯ އެއް: މި ދެމަފިރިންނަކީ ކޮރެއާއިން ރާޢްޖެއަށް އަންނަ ޓޫރިސްޓުންނާ ގާތް ގުޅުމެއް ބާއްވާ ދެމީހުން

މޯޑު އާއި އޭނާގެ އަންހެނުން ސައްމި ރާޢްޖޭގެ ރިސޯޓެއްގައި މިފަހަރު ނަގާފައިވާ ފޮޓޯ އެއް: މި ދެމަފިރިންނަކީ ކޮރެއާއިން ރާޢްޖެއަށް އަންނަ ޓޫރިސްޓުންނާ ގާތް ގުޅުމެއް ބާއްވާ ދެމީހުން

މި ދެމަފިރިން މިކަން ކޮށްފި އެވެ. ހުޅުމާލޭގައި ހޭދަކުރެވުނު ތިން މަސް ދުވަހުގެ ތެރޭގައި އެ ސިޓީގެ 98 ޕަސެންޓް ރެސްޓޯރެންޓް ތަޖުރިބާ ކޮށްފައިވާ ކަމަށް މޯޑު ބުންޏެވެ.

"ހުޅުމާލެއަށް އަހަރެމެން ގެސްޓުން ފޮނުވަން މީގެ ކުރިން ވެސް. އެކަމަކު އެ ގެސްޓުންނަކަށް އަސްލު ނޭނގެ ހުޅުމާލެއިން އެމީހުންނަށް ލިބެން ހުރި ރަނގަޅު އޮފްޝަންތަކެއް. އެހެންވީމަ ކޮރެއާއަށް ގޮސް މި މައުލޫމާތު ޕަބްލިޝް ކުރީމަ ގެސްޓުންނަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ،" މޯޑު ބުންޏެވެ.

ތިރީގައި އެވަނީ، މި ލިޔުމުގައި ހިމަނާލަން، މޯޑު، އޭނާގެ ތަޖުރިބާ އަށް ފަހު ހުޅުމާލެއިން ހޮވައިލި ރެސްޓޯރަންޓް ތަކުގެ ތެރެއިން 10 ރެސްޓޯރަންޓެވެ. މިއީ ހުޅުމާލޭގައި ޗުއްޓީ ހޭދަކުރުމަށް ނުވަތަ ސިމްޕަލް ޑޭޓަކަށް ދާ ދިވެހިންނަށް ވެސް ރަނގަޅު ހިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން އޭނާއަށް އޮތް ދިހަ ތަނެކެވެ.

މި ތަން ތަން ލިސްކޮށްފައި މިވަނީ އެއްވެސް އޯޑަރަކަށް ފައްތައިގެނެެއް ނޫނެވެ.

ކެފޭއަޔާ

މިތަނުގެ ހިދުމަތް މޯޑަށް ސަޅި އެވެ. މީހުންނަށް ހިދުމަތް ދިނުމާއި ކަސްޓަމާ ކެއާ ދިނުމުގައި ޕްރޮޕެޝަނަލް ސްޓާފުން އުޅޭތަކެއްގެ ގޮތުގައި ފާހަގަކުރި އެވެ. ތަނުގެ ސާފުތާހިރު ކަމާއި އިންޓީރިއާ އާއި ކާއެއްޗެހީގެ ރަހަ، އަދި ކޮލިޓީ ވެސް އޭނާ އަށް ކަމުދިޔަ އެވެ.

"ލޮކޭޝަން ވެސް ވަރަށް ކަމުދޭ،" މޯޑު ބުންޏެވެ. އާއިލާ އާއި ރައްޓެހިންނާއި ކަޕްލްސް ގޮސްލަން ކެފޭއަޔާ އަކީ މޯޑުގެ ނަޒަރުގައި ރަނގަޅު ތަނެކެވެ. އިންސްޓަގްރާމް ކުރާ މީހުންނަށް ރީތި ފޮޓޯކޮޅެއް ވެސް އެތަނުން ލިބޭނެ ކަމަށް ބުންޏެވެ.

ޖީޖީސް ކިޗަން

މިތަނުގެ ސްޓާފުން މޯޑު ސިފަކުރީ ކަސްޓަމަރުންނާ "ރަހުމަތްތެރި" ބައެއްގެ ގޮތުގަ އެވެ. މޮރޮކޯގެ ކެއުންތަކަށް ލޯބިކުރާ މީހުންނަށް މިތަން ކަމުދާނެ ކަމަށް މޯޑު ބުންޏެވެ. ކާއެއްޗެހި ޕްރެޒެންޓް ކުރާ ގޮތް ވެސް ނަލަ ވެފައި މާހައުލު އަރާމު ކަމަށް ވެސް އޭނާ ބުންޏެވެ.

ދަ ތައި ޕެލެސް

މިތަނުން މޯޑުގެ ދެމަފިރިންނަށް އެންމެ ބޮޑަށް ކަމުދިޔައީ ހިދުމަތް ދިނުމުގައި ކަސްޓަމަރުންނަށް އެމީހުން އިސްކަން ދޭ ވަރެވެ. ތައި ކެއުންތަކަށް ހުޅުމާލޭން އޭނާއަށް އެންމެ ކަމުދިޔަ ތަނަކީ މިއެވެ. މެނޫގައި ވަރަށް ގިނަ ތައި ކެއުންތައް ހިމަނާފައި ހުރި ކަން ވެސް ފާޙަގަކުރި އެވެ.

ލަޔާ

ސްޓާފުންގެ ރަހުމަތްތެރި އަހުލާގަށް މޯޑަށް ކަމުދިޔަ އެވެ. ކާއެއްޗެހީގެ ކޮލިޓީ އާއި ރަހަ އަށް ބަލާފައި އަގު ވެސް ރަނގަޅު ކަމަށް އޭނާ ގަބޫލުކުރެ އެވެ. އެންމެ ހިތްހަމަޖެހުނު އެއް ކަމަކީ މެނޫގައި ވަރަށް ގިނަ ބާވަތްތައް ހިމަނާފައި ހުރުމެވެ. ލޮކޭޝަން އާއި ވިއު އަދި މާހައުލު މިތަނުގައި ހިތްގައިމު ކަމަށް ބުންޏެވެ. އާއިލާ އާއި ރައްޓެހިންނާއި ހަގު އުމުރުގެ ކުދިން ގޮވައިގެން އަންނަން ވެސް މިތަން ރަނގަޅުވާނެ ކަމަށް މޯޑު ބުންޏެވެ.

ރެޑް ސްނެޕާ

މިތަނުގެ ވެސް ސާވިސް ވަރަށް ރަނގަޅުކަން މޯޑު ފާހަގަކުރި އެވެ. ކާއެއްޗެހީގެ ކޮލިޓީ އާއި ރަހަ ރަނގަޅުކަމަށް ބުންޏެވެ. މާ އެތެރޭގައި ހުންނަ ތަނަކަށް ނުވާތީ ލޮކޭޝަން ވެސް ރަނގަޅު ކަމަށާއި ހުރިހާ އުމުރެއްގެ މީހުން ގޮސްލަން މިތަން ރަނގަޅު ވެފައި ހިދުމަތާއި އަގު ދިމާވާ ކަމަށް ވެސް ބުންޏެވެ.

ދަ ސެންޓްރަލް ޕާކް ކެފޭ އެންޑް ބިސްޓްރޯ

މިތަނުގެ ސްޓާފުންގެ އަހުލާގާއި ހިދުމަތުގެ ފެންވަރަކީ އޭނާގެ ހިތް ދަމައިގަތް އެންމެ ބޮޑު އެއް ސަބަބެވެ. ކާއެއްޗެހީގެ ރަހަ އާއި ކޮލިޓީ އަދި ޕްރެޒެންޓޭޝަން އާ މެދު ވެސް ވަރަށް ހިތްހަމަ ޖެހުނު ކަމަށް ވެސް މޯޑު ބުންޏެވެ. ދަ ސެންޓްރަލް ޕާކް ކެފޭގެ އެންމެ ހާއްސަ އެއް ސިފައިގެ ގޮތުގައި އެތަނުގެ އިންޓީރިއާ އޭނާ އާއި އަންހެނުން ވަރަށް ކަމުދިޔަ އެވެ.

ހައި ޓައިޑް

ހުޅުމާލެއިން މިފަހަރު ކާންދެވުނު ތަންތަނުގެ ތެރެއިން އެންމެ މީރުކޮށް ކައިލެވުނު އެއް ތަނަކީ މިއީ ކަމަށް މޯޑު ބުންނެވެ. މީގެ އިތުރުން ކާއެއްޗެހި ހުށަހަޅައިދޭ ގޮތާއި، ތަނުގެ ފްލޯ ސްޕޭސް އަތުރާފައިވާ ގޮތް ވެސް އޭނާ އަށް ސަޅި އެވެ. މިއީ ރޫފް ޓޮޕް ރެސްޓޯރަންޓެއް ކަމުން ވިއު ވަރަށް ރީތި ކަމަށް ބުންޏެވެ. އާއިލާ އާއި ރައްޓެހިންނާއި ކަޕުލްސް އަށް އުފާވެރި "މީރު" ވަގުތުކޮޅެއް މިތަނުގައި ހޭދަކޮށްލެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެ އެވެ.

ދަ ޝެފް މޯޑު ބަދިގެ

ބަދިގެ އިން ދޭ ދިވެހިވަންތަ "ވައިބް" އާއި އެތަނުގެ ސްޓާފުންގެ ހިތްހެޔޮ ކަމާއި އަހުލާގު އޭނާއަށް ވަރަށް ކަމުދިޔަ އެވެ. ހަގީގީ ދިވެހި ކެއުމެއް ހިތްހަމަޖެހިގެން ކެއުމަށް އޭނާގެ ނަޒަރުގައި ހުޅުމާލޭން އެންމެ ރަނގަޅު ތަނަކަށް މިވަގުތު އޭނާއަށް ފެންނަ ތަނަކީ ބަދިގެ އެވެ. ފޫޑް ކޮލިޓީ އާއި ހުށަހަޅައިދިނުން ވެސް އޭނާ އަށް ވަރަށް ކަމުދިޔަ އެވެ.

ރަޓަޓޫލީ

މިތަނުން ވެސް ދޭ ހިދުމަތް ރަނގަޅުވެފައި އިންޓީރިއާގެ ހިތްގައިމުކަން މޯޑަށް ވަރަށް ކަމުދިޔަ އެވެ. ކާއެއްޗެހީގެ ގިނަ އޮޕްޝަންތަކެއް ހުރެފައި، ތައްޔާރުކުރާ ކާނާގެ ރަހަ މީރުވެފައި ހުށަހަޅައިދޭ ގޮތް ވެސް ވަރަށް ކަމުދިޔަ ކަމަށް މޯޑު ބުންޏެވެ.

ވިލު ކެފޭ

މިތަނުގެ ވެސް ސާވިސް އާއި ކާއެއްޗެހީގެ ކޮލިޓީ މޯޑަށް ވަރަށް ކަމުދިޔަ އެވެ.

މޯޑު ބުނީ އޭނާގެ މި މަސައްކަތުގެ ސަބަބުން ކޮރެއާ އިން ރާއްޖެއަށް، ހާއްސަކޮށް ހުޅުމާލެ އަށް އަންނަ ގެސްޓުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ފަހުގެ ޚަބަރު

ފަސް އަހަރު ފަހުން އެއީ ނުބައި ޑައިގްނޯސިސްއެއް ކަން އެނގިއްޖެ

މަޝްހޫރު ބަތަލާ ކްރިސްޓީނާ އެޕަލްގޭޓަށް އެމްއެސް ބަލި ޖެހިފައިވާ ކަމަށް ބަލައި ފަރުވާ ކުރާތާ ފަސް އަހަރު ފަހުން، އެއީ ނުބައި ޑައިގްނޯސިސްއެއްކަން އެނގި އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާކަން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އޭނާ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބަލީގެ އަސްލު ސަބަބު ދެނެގަތުމަށްޓަކައި އާ ތަހުލީލުތަކެއް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

ކްރިސްޓިއާން އަމަންޕޫރު 43 އަހަރަށް ފަހު ސީއެންއެންއާ ވަކިވަނީ

ސީއެންއެންގައި 43 އަހަރު މަސައްކަތް ކުރުމަށްފަހު، އެ ނެޓްވޯކްގެ މަޝްހޫރު ނޫސްވެރިޔާ ކްރިސްޓިއާން އަމަންޕޫރު އަންނަ އަހަރު ވަކިވާނެކަން އިއުލާންކޮށްފި. އޭނާ ވަކިވަނީ އާ މަޝްރޫއުތަކެއް ފެށުމުގެ އުންމީދުގައި ކަމަށް ބުނެފައިވާއިރު، ސީއެންއެންގެ މެނޭޖްމަންޓުން ވަނީ އޭނާގެ ދިގު ޚިދުމަތުގެ އަގުވަޒަންކޮށްފަ.

ވޭޕް ކުރުމުގެ ސަބަބުން ސެލީނާގެ އަޑު ބަދަލުވެއްޖެ

ނިކޮޓިން އެކުލެވޭ ވޭޕް ބޭނުންކުރުމުގެ ސަބަބުން އަޑަށް ދާއިމީ ބަދަލުތަކެއް އައިސްފައިވާ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އިއުތިރާފުވެއްޖެއެވެ. ލޫޕަސް ބަލީގެ ސަބަބުންވެސް އަޑަށް އަސަރުކުރަމުންދާ ސެލީނާ ވަނީ، ވޭޕްކުރުމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫންކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް މަސައްކަތް ފަށާފައެވެ.

އޮލިމްޕަހުން "ދެވި" ނެރެނީ

މަރްޔަމް އައްޒަގެ ފުރަތަމަ ޕްރޮޑަކްޝަން ކަމަށްވާ ބިރުވެރި ފިލްމު "ދެވި" އޮލިމްޕަހުގައި ދައްކާ ނިންމާލުމަށް ތައްޔާރުވެ، ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މި ފިލްމުގެ އެންމެ ފަހު ޝޯ އޮކްޓޯބަރު 25 ގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ ފަންނީ ގޮތުން ގިނަ ކުރިއެރުންތަކެއް ދައްކުވައިދީފައިވާ ކާމިޔާބު އުފެއްދުމެކެވެ.

އިންޑިއާގެ ގޭންގަކުން ޓައިގާ ޝްރޮފަށް އަމާޒުކޮށް ބަޑި ޖަހައިފި

މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ފިލްމީ ތަރި ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާއިން އޭނާ ސަލާމަތްވި ނަމަވެސް ޑްރައިވަރަށް ވަނީ އަނިޔާވެފައެވެ. ލޯރެންސް ބިޝްނޯއީގެ ގޭންގުން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، މިއީ ސަލްމާން ޚާނާއެކު މަސައްކަތް ނުކުރުމަށް ދިން އިންޒާރުތަކަށް އޭނާ ބޯނުލެނބުމުން ދިން ހަމަލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އަލް ޕަޗީނޯއަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދޭން ނިންމައިފި

މަޝްހޫރު އެކްޓަރު އަލް ޕަޗީނޯ ފިލްމީ ދާއިރާގައި 60 އަހަރަށްވުރެ ގިނަ ދުވަހު ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެސްއޭޖީ-އޭއެފްޓީއާރުއޭގެ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" އޭނާއަށް ދޭން ނިންމައިފިއެވެ. މި ޝަރަފުވެރި އެވޯޑް އޭނާއަށް އެރުވުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ 33 ވަނަ އެކްޓާ އެވޯޑްސް ރަސްމިއްޔާތުގައެވެ.

Newsletter

Get the latest news delivered straight to your inbox