އިންޓަ އިން ލީޑު ދެމެހެއްޓުމުން ކޮންޓޭ އުފަލުން

Apr 12, 2021, 4:00 AM
ލުކާކޫ (ވ) އާއި ކޮންޓޭ ރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލުކާކޫ (ވ) އާއި ކޮންޓޭ ރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިލާން (އޭޕްރީލް 12) - އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 1-0 އިން މޮޅުވެ އިންޓަ މިލާނުން ލީގުގެ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑު ދެމެހެއްޓިއިރު، އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަރަށް ބޮޑަށް އުފާފާޅުކޮށްފި އެވެ.

ރޭގެ މެޗަށް އިންޓަ ނުކުތްއިރު އެ ޓީމުގެ ލީޑު އޮތީ އަށް ޕޮއިންޓަށް ކުޑަވެފަ އެވެ. އެކަމަކު ރޭ ހޯދި މޮޅާ އެކު އިންޓަ ވަނީ އަލުން ލީޑުފުޅާކޮށްފަ އެވެ. ލީގުގެ އެއް ވަނައިގައި އިންޓަ އޮތީ 30 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޭސީ މިލާން އޮތީ 30 މެޗުން 63 ޕޮއިންޓާ އެކު އެވެ. ރޭ ޖެނޯއާ އަތުން 3-1 އިން މޮޅުވި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އަށް 30 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ.

އިންޓަ ދަނޑުގައި ރޭ ކަލިއަރީން ރަނގަޅު ޑިފެންސިވް ކުޅުމެއް ދެއްކި މެޗުގައި އިންޓަގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. މެޗުގެ 68 ވަނަ މިނިޓްގައި އިންޓަގެ ނެދަލެންޑްސް ޑިފެންޑަރު ސްޓެފަން ޑި ވްރާއި ބޮލުން ފޮނުވާލި ބޯޅައެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.

Advertisement

އިންޓަގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 77 ވަނަ މިނިޓްގައި މަޓެއޯ ޑާމިއަން އެވެ. ޑާމިއަން މި ގޯލު ޖެހީ އަޝްރަފް ހަކީމީ ނަގައިިދިން ހުރަަހަކުންނެވެ. އެ ލަނޑަށް ފަހު އިންޓަ އިން ވަރަށް ބޮޑަށް އުފާފާޅުކުއިރު، ކޮންޓޭ ވެސް ވަނީ ބައިވެރިވެފަ އެވެ.

"މިހާރު ކޮންމެ މެޗެއް އެއީ ފައިނަލެއް. ފައިނަލެއްގައި މޮޅުވުމުގެ އިހުސާސް ކުރެވޭ ކޮންމެ ވަގުތެއްގައި ވަރަށް ބޮޑަށް އުފާފާޅުކުރެވޭނެ. މި މެޗަކީ ވެސް އެކަހަލަ ހާލަތެއް. ހުރިހާ ކުޅުންތެރިން ޕްރެޝަރުގައި ވެސް ރަނގަޅަށް މަސައްކަތްކޮށް ލީޑު ދަމަހައްޓައިފި،" މެޗަށް ފަހު ކޮންޓޭ ބުންޏެވެ.

ލީގުގައި އިންޓަ އިން ޖެހިޖެހިގެން ހޯދި 11 ވަނަ މޮޅާ އެކު އެ ޓީމަށް 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު ހޯދަން ބާކީ އޮތް އަށް މެޗުން ބޭނުންވަނީ 16 ޕޮއިންޓެވެ. އިންޓަ އިން އެންމެ ފަހުން ލީގު ޗެމްޕިއަންކަން ހޯދީ 2009-2010 ވަނަ އަހަރުގެ ސީޒަނުގައި ހޯސޭ މޮރީނިއޯގެ ކޯޗުކަމުގަ އެވެ.

ޖެނޯއާ ކޮޅަށް ޔުވެންޓަސްގެ ގޯލުތައް ޖެހީ ޑޭޔާން ކުސުލެވްސްކީ އާއި އަލްވާރޯ މޮރާޓާ އަދި ވެސްޓަން މެކްކެނީ އެވެ. ޖެނޯއާގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ ޖިއަންލޫކާ ސްކަމާކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox