އެތުލެޓިކޯ ޕޮއިންޓަކާ އެކު އެއް ވަނަ އަށް، ލީގުގެ ރޭސް ފޯރިގަދަވެއްޖެ

Apr 12, 2021, 3:42 AM
ބެޓިސްގެ ކީޕަރު ބްރާވޯ އަތުން ބޯޅަ ހޯދަން އެތުލެޓިކޯގެ ކޮރެއާ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބެޓިސްގެ ކީޕަރު ބްރާވޯ އަތުން ބޯޅަ ހޯދަން އެތުލެޓިކޯގެ ކޮރެއާ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (އޭޕްރީލް 12) - ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސްއާ 1-1 އިން އެއްވަރުކޮށް ލިބުނު ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑް އަލުން އެއް ވަނަ އަށް އެރިއިރު، ލީގު ހޯދުމުގެ ރޭސް ފޯރިގަދަވެއްޖެ އެވެ.

ރޭގެ މެޗުން މޮޅުވެގެން އެތުލެޓިކޯ އަށް ތިން ޕޮއިންޓުގެ ލީޑެއް ދެމެހެއްޓުމުގެ ފުރުސަތު އޮތް ނަމަވެސް އެއްވަރުވުމުން އެ ޓީމުގެ ލީޑު މި ވަނީ އެއް ޕޮއިންޓަށް ކުޑަވެފަ އެވެ. ބާކީ އަށް މެޗު އޮތްއިރު، ލީގުގެ ރޭހުގައި އޮތީ އެއް ވަނައިގައި އޮތް އެތުލެޓިކޯ އާއި ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑް އަދި ތިން ވަނައިގައި އޮތް ބާސެލޯނާ އެވެ.

ރޭހުގައި އޮތް ކޮންމެ ޓީމެއް 30 މެޗު ކުޅެފައިވާއިރު، އެތުލެޓިކޯ އެއް ވަަނައިގައި އޮތީ 67 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް އޮތީ 66 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 65 ޕޮއިންޓް ލިބިފަ އެވެ.

Advertisement

ބެޓިސް ދަނޑުގައި ރޭ ކުޅުނު މެޗަށް އެތުލެޓިކޯ އިން ނުކުތީ އަނިޔާގެ ސަބަބުން އެ ޓީމުގެ އެއް ވަނަ ފޯވާޑް ލުއިސް ސުއަރޭޒް ނުލަ އެވެ. ރޭގެ މެޗު ފަށައިގެން ފަސް މިނިޓް ތެރޭގައި އެތުލެޓިކޯ އަށް ލީޑުނަގައިދިނީ އެންހެލް ކޮރެއާ ދިން ބޯޅައަކުން ޔަނިކް ކަރާސްކޯ އެވެ. އެތުލެޓިކޯ އަށް ލީޑު ހިފަަހައްޓައިލެވުނީ 15 މިނިޓް އެވެ. މެޗުގެ 20 ވަނަ މިނިޓްގައި ބެޓިސް އިން ވަނީ އެއްވަރުކޮށްފަ އެވެ. މޮރޭނޯ ލޮޕެރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ގޯލު ޖެހީ ކްރިސްޓިއަން ޓެލޯ އެވެ.

ޖެނުއަރީ މަސް ނިމުނުއިރު ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑަކާ އެކު އޮތް އެތުލެޓިކޯ އަށް ފަހަކަށް އައިސް ވަނީ މެޗުތަކުގައި ނަތީޖާ ނެރުމުގައި ގިނަ މައްސަލަތަކެއް ދިމާވެފަ އެވެ. އެތުލެޓިކޯ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވީ އެންމެ ތިން މެޗުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox