މާލޭގެ 4 ދާއިރާއެއްގެ ވޯޓު އަލުން ގުނަން އެމްޑީޕީއިން އެދިއްޖެ

Apr 11, 2021, 11:26 AM
އެމްޑީޕީގެ ރައީސް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި: ހަތަރު ދާއިރާއެއްގެ ވޯޓު އަލުން ގުނަން ވަނީ އެދިފައި - ހުސެއިން ވަހީދު | އަދަދު

އެމްޑީޕީގެ ރައީސް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި: ހަތަރު ދާއިރާއެއްގެ ވޯޓު އަލުން ގުނަން ވަނީ އެދިފައި - ހުސެއިން ވަހީދު | އަދަދު

މާލޭ ސިޓީގެ ހަތަރު ދާއިރާއެއްގެ ވޯޓު އަލުން ގުނައިދިނުމަށް ސަރުކާރު ހިންގައި މައި ޕާޓީ، އެމްޑީޕީއިން އެދިއްޖެ އެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި އެމްޑީޕީއަށް މާލެ ސިޓީ ކައުންސިލް ނާކާމިޔާބުވެފައިވަނިކޮށް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި މާލޭން ނާކާމިޔާބުވި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ނަމަވެސް، ވޯޓުގެ ފަރަގު ވަރަށް ކުޑަ ހަތަރު ދާއިރާއެއްގެ ނަތީޖާ ޔަގީން ކުރުމަށް ވޯޓު އަލުން ގުނައިދިނުމަށް އެމްޑީޕީއިން އެދިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

Advertisement

ވޯޓު އަލުން ގުނުމަށް އެދިފައިވަނީ މެދު ހެންވޭރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މާފަންނު ހުޅަނގު އުތުރުގެ އިތުރުން، މައްޗަންގޮޅި އުތުރު އެވެ. އެ ދާއިރާތަކުގައި އެމްޑީޕީ އަދި ޕީޕީއެމްގެ ކެންޑިޑޭޓުންގެ ފަރަގު ވަރަށް ކުޑަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އެ ހަތަރު ގޮނޑި އާއި އެމްޑީޕީއިން ޔަގީންކޮށްފައިވާ ފަސް ގޮނޑި ފިޔަވައި އެހެން ގޮނޑިތައް ގެއްލިފައިވާކަން ގަބޫލު ކުރައްވާ ކަމަށެވެ.

މާލޭގެ މޭޔަރު ކަމުގެ ގޮނޑިއާއެކު، އިދިކޮޅު ޕީޕީއެމްއިން ވަނީ ސިޓީ ކައުންސިލްގެ 18 ގޮނޑީގެ ތެރެއިން 12 ގޮނޑިއެއް ކާމިޔާބުކޮށްފަ އެވެ.

އެމްޑީޕީއަށް އަނެއް ތިން ސިޓީގެ މޭޔަރުކަން ޔަގީން ކުރެވިފައިވީ ނަމަވެސް އައްޑޫ ސިޓީގެ ސުޕަ މެޖޯރިޓީ ވެސް ގެއްލުނެވެ. އެ ޕާޓީގެ ސަޕޯޓް ބޮޑު އެހެން ބައެއް ރަށްރަށުން ވެސް ވަނީ އެމްޑީޕީއަށް މިފަހަރު ތާއިދު ކުޑަވެފަ އެވެ. ނަމަވެސް ޖުމްލަކޮށް ބަލާނަމަ، އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީއިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox