ޕީއެސްޖީން ހުށަހެޅި ބޮޑު މުސާރަ އަށް އެމްބާޕޭ ނޫނެކޭ ބުނެފި

Apr 11, 2021, 4:51 AM
ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޭޕްރީލް 11) - ފްރާންސް ތަރި ކީލިއަން އެމްބާޕޭ އަށް ބޮޑު މުސާރައެއް ލިބޭ ގޮތަށް އޭނާ ކުޅެމުން އަންނަ ޕީއެސްޖީން ހުށަހެޅި ކޮންޓްރެކްޓަށް އޭނާ ނޫނެކޭ ބުނެފައިވާ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އަންނަ ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި އެމްބާޕޭ ހޯދަން ގިނަ ކްލަބްތަކަކުން ޝައުގުވެރިވެ އެވެ. ޕީއެސްޖީން ވަނީ އެމްބާޕޭ އަށް ހަތަރު އަހަރުގެ އެއްބަސްވުމެއް ހުށަހަޅައިފަ އެވެ. އެއީ އަހަރަކު 36 މިލިއަން ޔޫރޯ (43 މިލިއަން ޑޮލަރު) ލިބޭ ގޮތަށެވެ.

އެކަމަކު އުމުރުން 22 އަހަރުގެ އެމްބާޕޭ ބޭނުންވަނީ ބޮޑު މުސާރަ އަކަށް ވުރެ ބޮޑަށް ރަނގަޅު ޕްރޮޖެކްޓެއް އޮތް ކްލަބަކާ ގުޅި ކެރިއަރުގައި ކުރިއަށްދާށެވެ.

Advertisement

ކުރިން މޮނާކޯ އަށް ކުޅުނު އެމްބާޕޭ ގުޅޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑާ އެވެ. އެކަމަކު އެ ޑީލް ކުރިއަށްދިއުމުގައި އޮތް ހުރަހަކީ ކޮވިޑް-19ގެ ސަބަބުން ރެއާލްގެ އާމްދަނީ އަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު، އެމްބާޕޭ ވިއްކާލަން ޕީއެސްޖީން ބޭނުންވާ ފީ ދައްކަން ރެއާލުން ބޭނުމެއް ނުވުމެވެ. އެންމެ ކުޑަކޮށް ވެސް އެމްބާޕޭ ވިއްކާލަން ޕީއެސްޖީން ބޭނުންވަނީ 100 މިލިއަން ޔޫރޯ އަށެވެ.

އެމްބާޕޭ ހޯދުމުގެ ރޭހުގައި ދެން އޮތީ އިންގްލެންޑްގެ ލިވަޕޫލް އެވެ. އެކަމަކު ލިވަޕޫލަށް އެމްބާޕޭ ގެނައުމުގެ މަސައްކަތްކުރެވެން އޮތީ އެ ޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިއަކު ކްލަބް ދޫކޮށްލައިފިނަމަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހުގެ މުސްތަގުބަލާ ބެހޭގޮތުން ގިނަ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

މި ސީޒަނުގައި އެމްބާޕޭ ވަނީ މިހާތަނަށް ރަނގަޅު ކުޅުމެއް ދައްކައި މުހިއްމު ގިނަ ގޯލުތަކެއް ޖަހައިފަ އެވެ. ލީގުގައި ރޭ ސްޓަރްސްބޯގް އަތުން 1-4 އިން ޕީއެސްޖީ މޮޅުވި މެޗުގައި ޕީއެސްޖީ އަށް ގޯލު ހުޅުވާލައިދިނީ އެމްބާޕޭ އެވެ. މި ފަހަރު ހުރިހާ މުބާރާތެއްގައި މިހާތަނަށް އެމްބާޕޭ ވަނީ 33 ގޯލު ޖަހައިފަ އެވެ.

ފްރެންޗް ލީގުގެ ދެ ވަނައިގައި ޕީއެސްޖީ އޮތީ އެއް ވަަނައިގައި އޮތް ލިލް އަށް ވުރެ ތިން ޕޮއިންޓް މަދުން ހޯދައިގެންނެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން ޕީއެސްޖީ ވަނީ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ދަނޑުގައި 3-2 އިން މޮޅުވެފަ އެވެ. ޕީއެސްޖީ ކުއާޓާ އިން ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި ބާސެލޯނާ ކަޓުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox