އިބްރަހިމޮވިޗަށް ރަތް ކާޑު ދެއްކީ އޮޅުމަކުން؟

Apr 11, 2021, 4:13 AM
އިބްރަހިމޮވިޗަށް ރަތް ކާޑު ދެއްކީ އޮޅުމަކުން؟

މިލާން (އޭޕްރީލް 11) - އިޓާލިއަން ލީގުގައި ރޭ ޕާމާ އަތުން 3-1 އިން އޭސީ މިލާން މޮޅުވި މެޗުގައި އެ ޓީމުގެ ތަރި ޒްލަޓަން އިބްރަހިމޮވިޗަށް ރަތް ކާޑު ދެއްކީ ރެފްރީ އަށް އޮޅުމަކުން ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ރޭގެ މެޗުގެ 60 ވަަނަ މިނިޓްގައި އިބްރަހިމޮވިޗަށް ރަތް ކާޑު ދެއްކީ މެޗުގެ ރެފްރީ ފަބިއޯ މަރެސްކާއާ ދިމާލަށް ބުނި އެއްޗަކުންނެވެ. އިބްރަހިމޮވިޗަށް ރަތް ކާޑު ދެއްކުމުގެ ކުރިން އޭނާ ވަނީ މަރެސްކާއާ ވާހަކަތަކެއް ދައްކައިފަ އެވެ. އިޓަލީ މީޑިއާތަކުގައި ދައުރުވަމުން އަންނަ ވީޑިއޯގައި އިބްރަހިމޮވިޗް ރެފްރީ އަށް ބޭއަދަބީ ބަހުން މުހާތަބު ކޮށްފައެއްނުވެ އެވެ. މީޑިއާ އިން ރިޕޯޓްކުރާގޮތުގައި އިބްރަހިމޮވިޗަށް ރަތް ކާޑު ދެއްކީ އޭނާ ބުނި ބަހެއް ރެފްރީ މަރެސްކާ އަށް ރަނގަޅަށް ސާފުނުވެ އޮއްވައި އެހެން ގޮތަކަށް މާނަ ނެގުމަށް ފަހު އެވެ.

އިބްރަހިމޮވިޗަށް ރަތް ކާޑު ދެއްކިއިރު، މިލާން އޮތީ 2-0 އިން ކުރީގަ އެވެ. އެއީ އިބްރަހިމޮވިޗް ދިން ބޯޅައަކުން އަންޓޭ ރެބިޗާއި ފްރޭންކް ކެސިއޭ ޖެހި ގޯލުންނެވެ. ރަތް ކާޑަށް ފަހު ދަނޑުން ފޭބިއިރު، އިބްރަހިމޮވިޗް ވަނީ އޭނާ އަށް ރަތް ކާޑު ދެއްކި ސަބަބެއް ނޭނގޭ ކަމަށް މިލާންގެ ކޯޗު ސްޓެފާނޯ ޕިއޯލީ ގާތުގައި ބުނެފަ އެވެ.

މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޕިއޯލީ ބުނީ ރެފްރީ އަށް ބޭއަދަބީ ބަހުން މުހާތަބު ނުކުރާކަމަށް އިބްރަހިމޮވިޗް ބުނެފައިވާ ކަމަށެވެ.

އެ ރަތް ކާޑުގެ ސަބަބުން އިބްރަހިމޮވިޗަށް ދެ މެޗުގެ ސަސްޕެންޝަނެއް އަންނާނެ އެވެ. މިލާނުން އެޕީލްކުރަން ނިންމާފައިވާއިރު، އެކަން ކުރިއަށްދާނީ މެޗު ރެފްރީ މަރެސްކާގެ ރިޕޯޓަށް ބެލުމަށް ފަހު އެވެ. އާންމު ގޮތެއްގައި އެ ގޮތަށް ދައްކާފައި ހުރި ރަތް ކާޑުގެ ސަސްޕެންޝަން އެއް މެޗަށް ކުޑަކޮށްދީފައި އެބަހުއްޓެވެ.

މި މެޗުން ލިބުނު މޮޅާ އެކު މިލާން ލީގުގެ ދެ ވަނައިގައި އޮތީ 30 މެޗުން 63 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތީ 29 މެޗުން 71 ޕޮއިންޓް ހޯދައިގެން އިންޓަ މިލާން އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ތިން ވަނައިގައި އޮތީ 29 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox