ބާސެލޯނާ ބަލިކޮށް ރެއާލް އެއް ވަަނަ އަށް

Apr 11, 2021, 2:41 AM
ލަނޑު ޖެހުމަށް ފަހު ބެންޒެމާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ބެންޒެމާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (އޭޕްރިލް 11) - ސްޕެނިޝް ލީގުގައި ރޭ ވާދަވެރި ބާސެލޯނާ އަތުން 2-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ރެއާލް އެއް ވަނަ އަށް އެރީ ކުރިން އެ މަގާމުގައި އޮތް އެތުލެޓިކޯ މެޑްރިޑާ އެއްވަރަަށް 66 ޕޮއިންޓް ހޯދި ނަމަވެސް ހެޑް ޓު ހެޑް ގަވާއިދަށް ބަލައިގެން ކުރި ލިބޭތީ އެވެ. ރެއާލުން 66 ޕޮއިންޓް ހަމަކުރީ 30 މެޗު ކުޅެގެންނެވެ. އެތުލެޓިކޯ ކުޅުނީ 29 މެޗެވެ. މިރޭ ރެއާލް ބެޓިސް ބަލިކޮށްގެން ލީގުގެ އެއް ވަނައިގައި އެތުލެޓިކޯ އަށް ތިން ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ.

ރޭގެ މެޗުން މޮޅުވެގެން އެއް ވަނަ އަށް އެރުމުގެ ފުރުސަތު ބާސެލޯނާ އަށް ވެސް އޮތެވެ. އެކަމަކު އެ ޓީމު ބަލިވުމުން އޮތީ ތިން ވަނައިގަ އެވެ. އެއީ 30 މެޗުން 65 ޕޮއިންޓާ އެކު އެވެ.

ލޫކަސް ވަޒްކޭޒް ހުރަސްކޮށްލި ބޯޅައަކުން މެޗުގެ 13 ވަނަ މިނިޓްގައި ކަރީމް ބެންޒެމާ ޖެހި މޮޅު ގޯލުން ރެއާލް ވަނީ ލީޑުނަގައިފަ އެވެ. މިއީ މި ސީޒަނުގައި މިހާތަނަށް ބެންޒެމާ ޖެހި 25 ވަަނަ ގޯލެވެ. އަދި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އޭނާ ޖެހި ނުވަ ވަނަ ގޯލެވެ. މެޗުގެ 28 ވަނަ މިނިޓްގައި ޓޯނީ ކްރޫސް ވަނީ ހިލޭ ޖެހުމަކުން ރެއާލަށް ދެ ވަނަ ގޯލެއް ޖަހައިދީފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ބާސެލޯނާ ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ.

ރޭގެ މެޗުގެ ތެރެއިން މެސީ ބޯޅަ ހިފައިގެން: މި ސީޒަނަށް ފަހު މެސީ ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްަޓް ހަމަވާއިރު ރޭގެ މެޗަކީ މެސީގެ ފަހު ކްލަސިކޯ މެޗަށް ވުމުގެ ފުރުސަތު އެބައޮތް.-- ފޮޓޯ: އޭއެފްޕީ
ރޭގެ މެޗުގެ ތެރެއިން މެސީ ބޯޅަ ހިފައިގެން: މި ސީޒަނަށް ފަހު މެސީ ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްަޓް ހަމަވާއިރު ރޭގެ މެޗަކީ މެސީގެ ފަހު ކްލަސިކޯ މެޗަށް ވުމުގެ ފުރުސަތު އެބައޮތް.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގެ ތެރެއިން މެސީ ބޯޅަ ހިފައިގެން: މި ސީޒަނަށް ފަހު މެސީ ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްަޓް ހަމަވާއިރު ރޭގެ މެޗަކީ މެސީގެ ފަހު ކްލަސިކޯ މެޗަށް ވުމުގެ ފުރުސަތު އެބައޮތް.-- ފޮޓޯ: އޭއެފްޕީ

އޭގެ ފަހުން ރެއާލްގެ ފެޑެރީކޯ ވަލްވޭޑޭ އެ ޓީމަށް ތިން ވަނަ ގޯލެއް ޖަހައިދިނުމާ ގާތަށް ޖެހިލި އެވެ. އޭނާ ޖެހި ޝޮޓް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. ފުރަތަމަ ހާފުގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ނެގި ކޯނަރެއް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ އަތްމަތިން ގޮސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ދެ ވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް މެޗުގެ 60 ވަނަ މިނިޓްގައި ބާސެލޯނާގެ އޮސްކާ މިންގޭޒާ ވަނީ ގޯލެއް ޖަހައިފަ އެވެ. މިއީ ޖޯޑީ އަލްބާ ނަގައިދިން ހުރަހަކުން މިންގޭޒާ ޖެހި ގޯލެކެވެ.

ބަދަލުތަކެއް ގެނެސްގެން މެޗުގެ ނަތީޖާ ހަމަހަމަކުރަން ބާސެލޯނާ އިން ކުރި މަސައްކަތުގެ ތެރެއިން ޒުވާން ކުޅުންތެރިޔާ އިލައިސް މޮރީބާ ޖެހި ބޯޅައެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ. ރެއާލުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އިތުރު ވަގުތުގައި ދެ ވަނަ ރީނދޫ ކާޑާ އެކު ކަސެމީރޯ އަށް ރަތް ކާޑެއް ދެއްކުމުންނެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ އޭނާގެ ޓީމަށް ލިބުނީ ހައްގު މޮޅެއް ކަމަށާއި ފުރަތަމަ ކޮޅުގައި ތިން ވަނަ ގޯލެއް ޖެހިނަމަ މެޗުގެ ފަހު ވަގުތު އެހާ ޕްރެޝަރުގައި ކުޅެން ނުޖެހޭނެ ކަމަށެވެ.

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ މެޗުގެ ފުރަތަމަ ހާފު ދިޔައީ ދަށްކޮށް ކަމަށާއި އެހެން ނަމަވެސް ދެ ވަނަ ހާފުގައި އެ ޓީމުން ކުރި މަސައްކަތާ ބަލައި ކޮންމެވެސް އެއްޗެއް މި މެޗުން ހައްގުވާ ކަމަށެވެ. އަދި މެޗުގެ ފަހު ކޮޅުގައި ހިނގާދިޔަ ކަންތައްތަކަށް ބަލާއިރު ބާސެލޯނާ އަށް ޕެނަލްޓީއެއް ލިބެން ޖެހޭ ހާލަތްތަކެއް ދިޔަ ކަމަށް ކޫމަން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީ އާއި އާސެނަލަށް މޮޅެއް ނުލިބުނު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް އެއްވަރުވިއިރު، ޗެލްސީ ވަނީ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފައި. ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.

އޮޑިން ކޮންމެ މެޗެއްގައި ވެސް ޓީމު ވަރުގަދަކޮށްގެން ނަތީޖާ ނެރެން

ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ޓީމު ވަރުގަދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ ކޯޗު ލޫޗޯ ބުނެފި. ލީގުގެ ބްރޭކުގެ ތެރޭގައި ޓީމުގެ ފިޓްނަސް އާއި ކުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މާދަމާ ޓީސީއާ ދެކޮޅަށް ނުކުންނާނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން މޮޅުވާން

ނިއު ރޭޑިއަންޓް ބަލިކުރުން މުޅި ވިކްޓަރީ އަށް އިތުބާރަކަށްވާނެ

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ވިކްޓަރީގެ އިތުބާރު ބޮޑުވެ، ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މޯހަން ބުނެފި ލީގުގައި މިހާތަނަށް ބަލިނުވެ އޮތް މި ދެ ޓީމުގެ ކުރިމަތިލުމަށް ވިކްޓަރީ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރި

މުޑްރިކް އާއި ޔޫކްރެއިން އެފްއޭގެ ކޯޅުމެއް

މަނާބޭހުގެ މައްސަލައެއްގައި 21 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު، ޔޫކްރެއިންގެ މިހައިލޯ މުޑްރިކް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިހުމާލުވި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލަ ހޫނުވެއްޖެއެވެ. މުޑްރިކްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޫކްރެއިން އެފްއޭގެ ރައީސް އަންޑްރީ ޝެވްޗެންކޯ ވިދާޅުވީ މުޑްރިކް ހަދަނީ ދޮގު ކަމަށާއި، މިއީ އެސޯސިއޭޝަނުގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

ޓޮމް ބްރެޑީ ޗެލްސީގެ ހިއްސާއެއް ގަންނަނީ

އެމެރިކަން ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރެޑީ، ކްލިއަލޭކް ކެޕިޓަލް މެދުވެރިކޮށް އިނގިރޭސި ކްލަބް ޗެލްސީގެ މައިނޯރިޓީ ހިއްސާއެއް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އިންވެސްޓްމަންޓާއެކު އޭނާއަށް ވޯޓުލުމުގެ ހައްގު ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކްލަބުގެ ބޯޑުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތެވެ. ބްރެޑީ މި ފިޔަވަޅު އަޅަނީ ބާމިންހަމް ސިޓީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާން އެއްވަރުވި މެޗުގައި ކޭން އަށް ސީރިއަސް އަނިޔާއެއް

ޖަރުމަނު ލީގުގައި ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ތިން މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. ބަޔާން މި މެޗުން 1-1 އިން އެއްވަރުވިއިރު، މި ނަތީޖާއާއެކު ލީގުގެ އެއްވަނަ މަގާމު ގެއްލުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައި

ސްޕެއިން ކައިރިން ބަދަލުހިފަން ޒިދާން ބޭނުމެއް ނޫން

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ އަމާޒަކީ ވޯލްޑް ކަޕްގެ ބަލިވުމުގެ ބަދަލުހިފުމުގެ ބަދަލުގައި މުބާރާތުގެ ތަށި ހޯދުން ކަމަށް ކޯޗު ޒިދާން ބުނެފި. ޒިދާން ފާހަގަކުރި ގޮތުގައި މިއީ އާ މުބާރާތެއް ކަމަށާއި، އަންނަ މާޗް މަހު އޮންނަ މި މެޗުތަކަށް ޓީމު އޮތީ ވަރުގަދަ އަމާޒެއްގައި

Newsletter

Get the latest news delivered straight to your inbox