ބަޔާން އެއްވަރުވެ ލައިޕްޒިގަށް އުއްމީދެއް

Apr 10, 2021, 8:12 PM
ލަނޑު ޖެހުމަށް ފަހު މުސިއާލާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު މުސިއާލާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (އޭޕްރީލް 10) - ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތް ބަޔާން މިއުނިކް މިރޭ އަމިއްލަ ދަނޑުގައި ފަހު ވަގުތު 1-1 އިން ޔޫނިއަން ބާލިންއާ އެއްވަރުވުމުން ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް ލީގުގެ ރޭހުގައި އުއްމީދެއް ލިބިއްޖެ އެވެ.

ލީގުގައި ބަޔާނާއި ލައިޕްޒިގަށް ވެސް އޮތީ ބާކީ ހަ މެޗެވެ. ބަޔާން އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބަޔާނަށް 28 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ރަށުންބޭރުގައި ވާޑާ ބްރެެމެން 4-1 އިން މޮޅުވި ލައިޕްޒިގަށް ވަނީ 28 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ.

ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ޕީއެސްޖީއާ އެކު ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮތުމުން ފުރަތަމަ އެގާރައިގައި އާންމުކޮށް ކުޅޭ ބައެއް ކުޅުންތެރިން ނުލައި ބަޔާނުން ކުޅުނުއިރު މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލު ޖެހީ ޒުވާން ތަރި ޖަމާލް މުސިއާލާ އެވެ. އުމުރުން 17 އަހަރުގެ މުސިއާލާ މި ގޯލު ޖެހީ މެޗުގެ 68 ވަނަ މިނިޓްގަ އެވެ. ލީގުގެ ހަތް ވަނައިގައި އޮތް ޔޫނިއަން ބާލިން އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ މެޗުގެ 85 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ އިންވާޓްސެން އެވެ.

Advertisement

ބްރެމެން ކޮޅަށް ލައިޕްޒިގުން ޖެހި ހަތަރު ގޯލުގެ ތެެރެއިން ދެ ގޯލު ޖެހީ ނޯވޭގެ ފޯވާޑް އަލެކްސަންޑަ ސޯލޯތު އެވެ. އަނެއް ދެ ގޯލު ޖެހީ ޑެނީ އޮލްމޯ އާއި މާސެލް ސަބިޓްޒާ އެވެ. ބްރެމެންގެ ހަމައެކަނި ގޯލު ޖެހީ ޕެނަލްޓީ އަކުން މިލޮޓް ރަޝީކާ އެވެ.

ލީގުގެ ފަސް ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ރަށުންބޭރުގައި 3-2 އިން ސްޓުޓްގާޓް ބަލިކޮށްފަ އެވެ. ޑޯޓްމަންޑް ފަސް ވަނައިގައި އޮތީ 28 މެޗުން 46 ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox