މާލޭން އެމްޑީޕީ ބަލިކޮށް، މޭޔަރު ކަމަށް މުއިއްޒު!

މާލޭން އެމްޑީޕީ ބަލިކޮށް، މޭޔަރު ކަމަށް މުއިއްޒު!

ސިޔާސީ ގޮތުން މާލޭ ސިޓީގެ ކޮންޓްރޯލް ގިނަ އަހަރުތަކެއް ފަހުން އެމްޑީޕީއަށް ގެއްލި، ހައިރާން ކުރުވަނިވި ނަތީޖާއަކުން ސިޓީގެ މޭޔަރު ކަމުގެ މަގާމަށް، ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވެވަޑައިގެންފި އެވެ.

ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު، އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލްސައްތާރު ބޮޑު ތަފާތަކުން ބަލި ކުރެއްވުމަށްފަހު އެވެ.

އެމްޑީޕީގެ ވަރަށް ގިނަ އިސް ބޭފުޅުންތަކެއް ނުކުންނަވައި، އެމްޑީޕީގެ އެސްޖީގެ މަގާމު އަދާކުރެއްވި އަނަސްއަށް ކެމްޕެއިންކޮށް ދެއްވި ނަމަވެސް، މުއިއްޒު ވެސް ވަރުގަދަ ކެމްޕެއިނެއް ކުރެއްވި އެވެ. އެމްޑީޕީގެ ކެމްޕެއިނުން އެންމެ ބޮޑަށް ފެނިގެން ދިޔައީ ވެސް މުއިއްޒަށް އެންޓި ކެމްޕެއިން ކުރި މަންޒަރެވެ.

Advertisement

އެގޮތުން، އެމްޑީޕީއިން ކެމްޕެއިިން ނިންމަން ބޭއްވި ޖަލްސާގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުމެން ފަދަ ބޭފުޅުން ވެސް މުއިއްޒަށް ފާޑުވިދާޅުވި އެވެ. ނަމަވެސް، މުއިއްޒު ވިދާޅުވަމުން ގެންދެވީ އެންޓި ކެމްޕެއިން އަސަރެއް ނުކުރާނެ ކަމާއި ރައްޔިތުން ގޮތް ނިންމާނީ ރަނގަޅަށް ކަމަށެވެ.

ލާމަރުކަޒީ ގާނޫނުން މާލޭ ސިޓީގެ މޭޔަރު ކަމަށް ބޮޑެތި ބާރުތަކެއް ލިބޭއިރު މިއީ ރައީސް ފިޔަވައި އެންމެ ގިނަ ރައްޔިތުންތަކެއް ވޯޓުދޭ މަގާމެވެ.

މީގެކުރިން މާލޭ ސިޓީގެ މޭޔަރުކަން މުޅިން ވެސް ކުރެއްވީ، އެމްޑީޕީގެ ބޭފުޅުންނެވެ. އިދިކޮޅުގައި އެމްޑީޕީ އޮތްއިރު ސަރުކާރާ ވާދަކޮށް ވެސް އަބަދުވެސް ކުރި ހޯދި އެމްޑީޕީ މިފަހަރު މޭޔަރުގެ ރޭހުން ބަލިވިއިރު، މިއީ ސަރުކާރަށް ސިޔާސީ ގޮތުން ލިބޭ ބޮޑު ބައްޔަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox