ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދު ރިކަވާ ވާނެ ކަމަށް އައިއެމްއެފް އިން ލަފާކޮށްފި

ތުލުސްދޫގައި ފަތުރުވެރިންތަކެއް ރާޅަށް ދަނީ: އައިއެމްއެފް އިން ރާއްޖޭގެ އިގްތިސޯދު 18.9 ޕަސެންޓް ކުރިއަރާނެ ކަމަށް އަންދާޒާކުރޭ -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ތުލުސްދޫގައި ފަތުރުވެރިންތަކެއް ރާޅަށް ދަނީ: އައިއެމްއެފް އިން ރާއްޖޭގެ އިގްތިސޯދު 18.9 ޕަސެންޓް ކުރިއަރާނެ ކަމަށް އަންދާޒާކުރޭ -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މި އަހަރު ރާއްޖޭގެ އިގްތިސޯދު 18.9 ޕަސެންޓް ކުރިއަރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން އަންދާޒާ ކޮށްފި އެވެ.

އައިއެމްއެފް އިން އާންމުކުރި އެންމެ ފަހުގެ ވޯލްޑް އިކޮނޮމިކް އައުޓްލުކް ރިޕޯޓަށް ބަލާއިރު، މުޅި ދުނިޔޭން ދެވަނައަށް އިގްތިސޯދީ ރިކަވަރީގެ ދުވެލި އެންމެ ބާރު ވާނެ ކަމަށް ލަފާކުރެވެނީ ރާއްޖޭގެ އެވެ.

ޖީޑީޕީ ނުވަތަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށް އެންމެ ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކޮށްފައި ވަނީ ލީބިޔާގެ އިގްތިސޯދަށެވެ.

Advertisement

އެގޮތުން ލީބިޔާގެ އިގްތިސޯދު 131 ޕަސެންޓު ކުރިއަރާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. އެކަމަކު ލީބިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން ލިބެން ހުރި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ނުކުރެވޭ ކަމަށް އައިއެމްއެފްގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

އައިއެމްއެފްގެ އިމާޖިން މާކެޓް އެންޑް ޑިވެލޮޕިން އިކޮނޮމީސް: ރިއަލް ޖީޑީޕީ ލަފާކުރުންތަކުގެ ތާވަލު -- މަސްދަރު: އިންޓަނޭޝަނަލް މަނިޓަރީ ފަންޑް
އައިއެމްއެފްގެ އިމާޖިން މާކެޓް އެންޑް ޑިވެލޮޕިން އިކޮނޮމީސް: ރިއަލް ޖީޑީޕީ ލަފާކުރުންތަކުގެ ތާވަލު -- މަސްދަރު: އިންޓަނޭޝަނަލް މަނިޓަރީ ފަންޑް

އައިއެމްއެފްގެ އިމާޖިން މާކެޓް އެންޑް ޑިވެލޮޕިން އިކޮނޮމީސް: ރިއަލް ޖީޑީޕީ ލަފާކުރުންތަކުގެ ތާވަލު -- މަސްދަރު: އިންޓަނޭޝަނަލް މަނިޓަރީ ފަންޑް

ދެ އަހަރުގެ ތެރޭގައި އިގްތިސާދު ރިކަވާ ވާނެ

އައިއެމްއެފް ގެ އައުޓްލުކް ރިޕޯޓުން ދައްކާ ގޮތުގައި، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދު ވަނީ 32.2 ޕަސެންޓު ހީނަރުވެފަ އެވެ.

މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ އަންދާޒާތަކަށް ވުރެ 2.9 ޕަސެންޓު އިތުރު އަދަދެކެވެ.

އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާ ކުރާ ދުވެއްޔަށް ބަލާ ނަމަ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދު ރިކަވާ ވާނެ އެވެ.

އަދި 2023 ވަނަ އަހަރު އިގްތިސޯދީ ދުވެލި މަޑުޖެހުނު ނަމަވެސް އުފެއްދުންތެރިކަން 5.5 ޕަސެންޓު ކުރިއަރާނެ ކަމަށް ބެލެވެ އެވެ.

ފަތުރުވެރިކަމަށް ބަރޯސާވާ ވާދަވެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ޝީޝެލްސް އަދި މޮރިޝަސް ފަދަ ގައުމުތަކުގެ އިގްތިސޯދުތަކާ އަޅާ ކިޔާ އިރު ވެސް ރާއްޖޭގެ އިގްތިސާދީ ރިކަވަރީ ރޭޓް އުޅެނީ މާ ކުރީގަ އެވެ.

އައިއެމްއެފް އިން ލަފާ ކުރަނީ މި ގައުމުތަކުގެ އިގްތިސާދުތައް ރިކަވާ ވާން ގާތްގަނޑަކަށް ތިން އަހަރު ނަގާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox