ޔޫރޯގައި އަށް ދަނޑަކަށް ސަޕޯޓަރުން ވައްދާނެ: ޔުއެފާ

Apr 10, 2021, 6:19 AM
ޔޫރޯގައި އަށް ދަނޑަކަށް ސަޕޯޓަރުން ވައްދާނެ: ޔުއެފާ

ޒިއުރިކް (އޭޕްރީލް 10) - މި އަހަރު ޔޫރަޕްގެ 12 ގައުމެއްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އަށް ދަނޑެއްގައި މެޗުތައް ކުޅޭނީ ސަޕޯޓަރުން ވައްދައިގެން ކަމަށް ޔުއެފާ އިން ބުނެފި އެވެ.

ޔޫރޯ މެޗުތައް ބާއްވަން ނިންމާފައިވަނީ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމް، ޖަރުމަނުގެ އަލިއާންޒް އެރީނާ، އިޓަލީގެ އޮލިމްޕިކް ސްޓޭޑިއަމް، އަޒަރުބައިޖާންގެ ބަކޫ، ރަޝިއާގެ ކްރެސްޓޯވްސްކީ ސްޓޭޑިއަމް، ހަންގޭރީގެ ޕުސްކަސް އެރީނާ، ރުމޭނިއާގެ ނެޝަނަލް އެރީނާ، ނެދަލެންޑްސްގެ ޔޯހަން ކްރައިފް އެރީނާ، ސްޕެއިންގެ ސޭން މެމްސް، ސްކޮޓްލެންޑްގެ ހެމްޕްޑަން ޕާކް، އަޔަލެންޑްގެ އަވީވާ ސްޓޭޑިއަމްގެ އިތުރުން ޑެންމާކުގެ ޕާކެން ސްޓޭޑިއަމްގަ އެެވެ.

ކޮވިޑް-19ގެ ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން މިދިޔަ އަހަރުގެ ޔޫރޯ މި އަހަރަށް ފަސްކޮށް ޝެޑިއުލާ އެއްގޮތަށް ބޭއްވިޔަސް ސަޕޯޓަރުން ވައްދައިގެން މެޗުތައް ބޭއްވިދާނެތޯ ކުރިން ވަނީ ސުވާލު އުފެދިފަ އެވެ. އެކަމަކު ޔުއެފާ އިން އެންމެ ފުރަަތަމަ ދުވަހުން ފެށިގެން ބުނަމުން އައީ ސަޕޯޓަރުން އެއްވެސް ވަރަކަށް ނުވައްދައި ފަޅަށް އޮންނަ ދަނޑުތަކެއްގައި މެޗުތައް ނުކުޅޭނެ ކަމަށެވެ.

ޔުއެފާ އިން ބުނީ މިހާރު އަންނަ ޖޫން 11 ގައި ފަށަން ނިންމާފައިވާ މުބާރާތުގައި ސަޕޯޓަރުން ވައްދަން އަދި ހުއްދަ ނުލިބި އޮތީ ޖަރުމަނާއި އިޓަލީ، ސްޕެއިން އަދި އަޔަލެންޑްގަ އެވެ. އެ ގައުމުގައި ސަޕޯޓަރުން ވައްދައިގެން މެޗު ކުޅެވޭނެތޯ ނޫންތޯ އެންމެ ފަހުގެ ޖަވާބެއް ދޭން ޔުއެފާ އިން ވަނީ މި މަހުގެ 19 އާ ހަމައަށް މުހުލަތެއް ދީފަ އެވެ.

ފުލް ސްޓޭޑިއަމެއްގައި މެޗު ކުޅެވޭނެ ކަމުގެ ޔަގީންކަން ދީފައިވަނީ ހަންގޭރީންނެވެ. ރަޝިއާ އާއި އަޒަރުބައިޖާން އިން ވަނީ 50 ޕަސެންޓް ސަޕޯޓަރުން ވައްދައިގެން މެޗުތައް ބޭއްވޭނެ ކަމަށް ބުނެފަ އެވެ. އެހެން ހުރިހާ ގައުމެއްގެ ވިސްނުން ހުރީ 30 ޕަސެންޓަށް ވުރެން ދަށްކޮށް ސަޕޯޓަރުން ވެއްދުމަށެވެ. އިންގްލެންޑުން ހުށަހެޅީ 25 ޕަސެންޓް ސަޕޯޓަރުން ވައްދައިގެން މެޗު ކުޅޭށެވެ.

ޔުއެފާ އިން އެދެނީ ފުރުސަތު ލިބޭ ވަރަކަށް ކޮންމެ ގައުމަކުން ވެސް ވީ އެންމެ ގިނައިން ސަޕޯޓަރުން ވައްދައިގެން މެޗުތައް ކުޅެވޭނެ ގޮތް ވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox