އޭއެފްސީ ކަޕުގެ ޑްރީމް ޓީމުގައި ދަގަނޑޭ ހިމެނިއްޖެ

Apr 10, 2021, 4:06 AM
އޭއެފްސީ ކަޕުގެ ޑްރީމް ޓީމުގައި ދަގަނޑޭ ހިމެނިއްޖެ

އޭއެފްސީ ކަޕުގެ ޑްރީމް ޓީމް ހޮވުމުގެ ގޮތުން ހުޅުވާލި އޮންލައިން ވޯޓިން ޕޯލުގައި ބޮޑު ޕަސެންޓެއްގެ ވޯޓު ހޯދައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެ ޓީމުން ފުރުސަތު ހޯދައިފި އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އޭއެފްސީ ކަޕްގެ ޑްރީމް ޓީމުގައި ހިމެނުނު ހަމައެކަނި ކުޅުންތެރިއަކީ ދަގަނޑޭ އެވެ. އޭއެފްސީ ކަޕްގެ ޑްރީމް ޓީމު ޕޯލްގައި އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ވެސް ވާދަކުރި އެވެ. އެކަމަކު މަދުން ވޯޓު ލިބުމުން އަކޫ އަށް ޑްރީމް ޓީމުން ފުރުސަތު ނުލިބެ އެވެ.

އޭއެފްސީ ރަސްމީ ވެބްސައިޓްގައި އޮންލައިން ވޯޓަކުން ޑްރީމް ޓީމު ހޮވައި ޓީމު ސެޓްކުރީ 3-4-3 ފޯމޭޝަނަށެވެ.

އޭއެފްސީ ކަޕްގެ ޑްރީމް ޓީމުގައި ހިމެނެނީ އިރާގުގެ ކީޕަރު ފަހާދު ތާލިބް އާއި މެލޭޝިއާގެ އާދިލް ޒަފުއާން އާއި ޖޯޑަންގެ ހާތިމް އަގީލް އާއި ސީރިއާގެ އަހުމަދު އަލް ސަލާހު އާއި އިންޑޮނީޝިއާގެ ބޮއާޒް ސޮލޯސޯ އާއި ޖޯޑަންގެ ހަސަން އަބްދުލް ފައްތާހު އާއި ވިއެޓްނާމްގެ ގުޔެން ކުއާން ހައި އާއި އިންޑޮނީޝިއާގެ ރީކޯ ސިމަންޔުންޓަކް އާއި އިރާގުގެ ހައްމާދީ އަހުމަދު އާއި ލެބަނަންގެ މުހައްމަދު ގައްދާރު އަދި ދަގަނޑޭ އެވެ. ޓީމުގެ ކޯޗަކީ ސީރިއާގެ ނިޒާރު މަހުރޫސް އެވެ.

އުމުރުން އެންމެ 18 އަހަރުގައި ދަގަނޑޭ ވަނީ 2004 ވަނަ އަހަރު އޭއެފްސީ ކަޕުގައި ފުރަތަމަ ފަހަރަށް ކުޅެފަ އެވެ. މިހާތަނަށް އޭއެފްސީ ކަޕްގެ 10 މުބާރާތެއްގައި ހަތަރު ޓީމަކަށް ދަގަނޑޭ ވަނީ ކުޅެފަ އެވެ. އެއީ ނިއު ރޭޑިއަންޓާއި ވީބީ އައްޑޫ އެފްސީ އާއި ވެލެންސިއާ އަދި ޓީސީ ސްޕޯޓްސް ކްލަބް އަށެވެ. ދަގަނޑޭ ވަނީ މިހާތަނަށް މި މުބާރާތުގެ ތާރީހުގައި 29 ގޯލު ޖަހައިފަ އެވެ.

އުމުރުން 35 އަހަރުގެ އަޝްފާގު މި ވަގުތު ކުޅެމުން އަންނަނީ އޭނާ ކެރިއަރުގައި ފުރަތަމަ ކުޅުނު ވެލެންސިއާ އަށެވެ.

މިދިޔަ އަހަރު އޭއެފްސީން ކުރިއަށް ގެންދިޔަ އޮންލައިން ޕޯލްތަކުގައި ދިވެހި ފުޓްބޯޅަ ސަޕޯޓަރުން ވަނީ ދަގަނޑޭ އަށް ބޮޑު ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އެ ގޮތުން އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލުގެ މަގާމާއި އޭއެފްސީ ކަޕުގެ މޮޅު ގޯލު ހޮވުމުގެ ބްރެކެޓް ޗެލެންޖް ކާމިޔާބުކުރީ ދަގަނޑޭ އެވެ. މި ދެ ޕޯލުން ވެސް ދަގަނޑޭ އަށް ކުރި ލިބުނު ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް ޖެހި ގޯލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox