މައްސަލަތަކަށް ވުރެ ބޮޑަށް ނިޒާމްބެގެ ފޯކަސް މެޗަށް

ލީގުގެ މެޗެއްގެ ތެރެއިން ނިޒާމްބެ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ލީގުގެ މެޗެއްގެ ތެރެއިން ނިޒާމްބެ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސްގެ މެޗަށް ނުކުންނައިރު ޓީމުގައި ހުރި އެކި ކަހަލަ މައްސަލަތަކަށް ވުރެ ބޮޑަށް ފޯކަސް ކުރަން ބޭނުންވަނީ މެޗަށް ކުޅުންތެރިން މޯޓިވޭޓްކުރެވޭނެ ގޮތަށް ކަންތައްތައް ކުރުމަށް ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ޓީސީ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފުރަތަމަ ތާވަލުކޮށްފައި އޮތީ މިއަދު ހަވީރު ކުޅޭ ގޮތަށެވެ. އެކަމަކު ލޯކަލް ކައުންސިލް އިންތިހާބު ކުރިއަށްދާތީ އެ މެޗު ކުޅޭ ވަގުތު ވަނީ މިރެ އަށް ބަދަލުކޮށްފަ އެވެ.

މި ސީޒަނަށް ޓީސީން ތައްޔާރުވިއިރު އެ ޓީމުން ވަރަށް ބޮޑަށް ހަރަދުކުޑަކޮށް ސްކޮޑު އެކުލަވާލިއިރު، އެންމެ ބޮޑަށް އަމާޒުހިފީ މިދިޔަ ސީޒަނުގައި އެ ކްލަބްގެ ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ ހަލާސްކުރުމަށާއި މި ސީޒަން ރަނގަޅަށް މެނޭޖްކުރުމަށެވެ. އެކަމަކު މި ސީޒަނުގައި ވެސް މުސާރަ ދިނުމުގެ ދަތިތަކެއް ޓީސީ އަށް ވަނީ ކުރިމަތިވެފަ އެވެ.

ގްރީން ސްޓްރީޓްސް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ބުނީ އޭނާ އަކީ އެއްވެސް އިރެއްގައި އެ ހުންނަ ކްލަބެއްގެ އެކި މައްސަލަތަކުގެ ވާހަކަ މީޑިއާތަކުގައި ދައްކާ މީހެއް ނޫން ކަމަށެވެ.

"އެއްވެސް އިރެއްގައި އަޅުގަނޑު ކުރާ ކަމެއް ނޫން އަޅުގަނޑު އާއިލާ ތެރޭގައި ހުންނަ ކަންކަމާއި އާއިލާ ތެރޭގައި ހުންނަ މައްސަލަ އަޅުގަނޑު ނޫސްތަކަށް ގެނެސް ޕަބްލިކް ކުރުން އެއީ. ކޮންމެ ކްލަބެއްގައި ވެސް ހުންނާނެ ކަންތައްތަކެއް ކޮންމެ ކްލަބެއްގައި ވެސް ހުންނާނެ މައްސަލަތަކެއް. އެހެން ނަމަވެސް އެ މައްސަލަތަކުން އަރައިގަނެ ހައްލު ހޯދަން މަސައްކަތްކުރުމަކިީ އޮންނަ ގޮތަކީ. މި ދަނޑިވަޅުގައި އެ ވާހަކަ ދެއްކުމަކީ އެއްގޮތަކަށް ވެސް ބޭނުންވާ ކަމެއް ނޫން،" ނިޒާމްބެ ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު ޓީސީ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން މޮޅެއް ލިބިފައިވުމެވެ. ނިޒާމްބެ ބުނީ ކޮންމެ ޓީމެއް މެޗަކަށް ނުކުންނައިރު އެ ޓީމު އެންމެ ފަހުން ކުޅޭ މެޗުގެ ނަތީޖާ އަކީ ވަރަށް ބޮޑު ދައުރެއް އަދާކުރާނެ އެއްޗެއް ކަމަށެވެ.

"ކުޅުންތެރިންގެ މޮޓިވޭޝަން ވެސް ހުންނާނީ ވަރަށް ރަނގަޅަށް. އެހެން ނަމަވެސް ކުުޅުންތެރިން ގަބޫލުކުރޭ ކުރަން ޖެހޭ މަސައްކަތް ގިނަކަން. ރަނގަޅުކުރަން ޖެހޭ މަސައްކަތް ބައިވަރުކަން. އޭގެ ތެރެއިން ގިނަ ކަންކަން ކުރިއަށް ހުރި މެޗަށް ރަނގަޅުކޮށްގެން. އެންމެ ރަނގަޅަށް ޓީމު ތައްޔާރުކުރެވޭތޯ މަސައްކަތްކުރަނީ،" ނިޒާމްބެ ބުންޏެވެ.

ލީގުގައި މި ވަގުތު ޓީސީ އޮތީ ފަސް ވަނައިގަ އެވެ. އެއީ 11 މެޗުން 12 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް އީގަލްސް އަށް 10 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ރޭ ވެލެންސިއާ އަތުން ބަލިވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވަނީ ހަތް ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް ވަނީ 12 މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. ސަސް ބަލިވެފައި އޮތުމާއި އީގަލްސް މި ހަފްތާގައި މެޗު ނުކުޅޭތީ ޓީސީ އަށް އޮތީ ފަސް ވަަނައިގައި ލީޑެއް ނަގައި، ހަތަރެއްގައި އޮތް ދަ ގްރާންޑޭއާ އެއް ޕޮއިންޓަށް ގާތަށް ޖެހިލުމުގެ ފުރުސަތު ލިބިފަ އެވެ.

ނިޒާމްބެ ބުނީ ހަގީގަތުގައި މިއީ ލީގުގައި ޓީސީ އަށް ވަރަށް މުހިއްމު ތިން ޕޮއިންޓް ކަމަށެވެ.

"މިހާރު ޓީސީ މި އޮތް ހާލަތުން މި ތިން ޕޮއިންޓަކީ ހަމަ ވަރަށް މުހިއްމު އެއްޗެއް. މި ބުރުގައި ޓީސީ އަށް ނެގެން އޮތް މެކްސިމަމް (އެންމެ ގިނަ ޕޮއިންޓް) ނަގަން ހަމަ މަސައްކަތްކުރަން ޖެހޭނީ. އެއީ އަނެއް ބުރަށް ދާއިރު ޓީސީ އެބަޖެހޭ އެންމެ ފުލުގައި މި އޮތް ޓީމުތައް އަތުން ފޭވޭތޯ މަސައްކަތްކުރަން. އެ ގޮތުން މި ތިން ޕޮއިންޓަކީ ހަމަ މި ބުރުގެ އެންމެ މުހިއްމު ތިން ޕޮއިންޓަށް ވާނެ،" ނިޒާމްބެ ބުންޏެވެ.

ލީގުގައި ޓީސީ ކުޅުނު މެޗުތަކަށް ބަލާއިރު އެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ލަނޑު ނުޖެހުމެވެ. އެ ޓީމަށް އެކަން ހައްލުކޮށްދެނީ އެކި މަގާމުތަކަށް ކުޅެވޭ އެ ޓީމުގެ ކެޕްޓަން މުހައްމަދު އައްޒާމް އެވެ. ނިޒާމްބެ ބުނީ އައްޒާމަކީ އެއް ފެންވަރަކަށް ގިނަ މަގާުމުތަކަށް ކުޅެވޭ ކުޅުންތެރިއަކަށްވާއިރު، އޭނާ ބޭނުންކުރާނީ އެ މެޗަކަށް ޓީމަށް އެންމެ މުހިއްމުވާ މަގާމުގައި ކަމަށެވެ.

އަނިޔާގެ ސަބަބުން ޓީސީން އެންމެ ފަހުން ކުޅުނު މެޗުގައި ނުފެނުނު ސެއިން ވިންސެންޓްގެ ފޯވާޑް މެލްކަމް ކެސިއަސް ސްޓެވާޓް (ބޮބީ) އަށް މި މެޗުގައި ނުކުޅެވޭއިރު، މުހައްމަދު އަޖުފާނަށް ވެސް މި މެޗު ގެއްލޭނެ އެވެ. އެކަމަކު ލަންކާގެ ޑިފެންޑަރު ޑަކްސަން ވަނީ ފިޓްވެފަ އެވެ.

ޓީސީން އެންމެ ފަހުން ނިމުނު ޓްރާންސްފާ މާކެޓްގައި ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަށް ކުޅެފައިވާ މޫސާ ހަސަން (މޫޗީ) އާއި ވިންގް ހަސަން ސޮލާހު ވަނީ ގެނެސްފަ އެވެ. އެންމެ ފަހުން މެޗުގައި މޫޗީ ވަނީ ކުޅެފަ އެވެ. ނިޒާމްބެ ބުނީ މޫޗީގެ ފަރާތުން ފެނުނު ކުޅުން ރަނގަޅުކަމަށާއި ފިޓްނަސް ރަނގަޅުވިހާ އަވަހަކަށް ސޮލާހު ވެސް މެޗުތަކުން ފެންނާނެ ކަމަށެވެ.

ގްރީން ސްޓްރީޓްސް އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox