ކަރަންޓީނު ނުވެ ރަށްރަށަށް ވޯޓުލާން ދެވޭ ގޮތަށް ލުއި ދީފި

ވޯޓު ފޮށިތައް ވޯޓުލާ މަރުކަޒުތަކަށް ގެންދަން އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ވޯޓު ފޮށިތައް ވޯޓުލާ މަރުކަޒުތަކަށް ގެންދަން އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ކަރަންޓީނު ނުވެ ވޯޓުލާން އަންނަ ހޮނިހިރުދުވަހު ރަށްރަށަށް ދެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ލުއި ދީފި އެވެ.

މިގޮތަށް މި ހަމަޖެއްސީ ކޮވިޑް-19 އިން ރައްކާތެރިވާން އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިނާ ހެދި, އިންތިހާބުގެ ވޯޓުލުމުގެ ހައްގު ގެއްލޭ ކަމުގެ ކަންބޮޑުވުން ހިއުމަން ރައިޓްސް ކޮމިޝަނުން ފާޅުކޮށްފައި ވަނިކޮށެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އިއުލާނުގައި, ވޯޓުލާ ދުވަހު ރަށްރަށަށް ކަރަންޓީން ނުވެ ދަތުރުކުރުމުގެ ހުއްދަ ދިނީ ވަކި ޝަރުތުތަކަކާ އެކުގަ އެވެ. އޭގެތެރޭގައި, އެ ރަށެއްގައި އުޅޭ މީހުންނާ ބައްދަލުނުކުރުމާއި ކެއުމާއި ހުރުން ފަދަ ހުރިހާ އިންތިޒާމެއް ވަކިން ހަމަޖެހިފައި ހުރުން ހިމެނެ އެވެ.

އަދި ވޯޓުލާތާ 48 ގަޑިއިރުގެ ތެރޭގައި އެ ރަށަކުން ފުރުން ހިމެނެ އެވެ.

ރަޖިސްޓްރީވެފައިވާ ރަށަށް ދަތުރުކުރަން ފެށުމުގެ ކުރިން ވޯޓުލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް, ދަތުރުކުރާ ތާރީހާއި ރަށުގައި މަޑުކުރާނެ މުއްދަތާއި ރަށުގައި ހުންނާނެ ތަން އަންގަން ޖެހެ އެވެ. އަދި ކޮވިޑު-19 ގެ ހާލަތުގައި ރައްކާތެރިކަމާ އެކު އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގެ މަތިން ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަން ވެސް އެޗްޕީއޭ އިން އެދެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމްލަ 1912 މީހުން އިންތިހާބުކުރާނެ އެވެ. މި އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެފައި އޮތަސް ކޮވިޑުގެ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކު ބާއްވާ މިއީ މިހާތަނަށް އެންމެ ބުރަ ބޮޑު އިންތިހާބަށް ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox