ހަތަރު އަހަރު ތެރޭ ދެ ވަނަ ފަހަރަށް ޕާކިސްތާން ސަސްޕެންޑް

Apr 8, 2021, 6:22 AM
2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގައި ޕާކިސްތާން އާއި އިންޑިއާ ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: ޕީއެފްއެފް

2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގައި ޕާކިސްތާން އާއި އިންޑިއާ ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: ޕީއެފްއެފް

ކަރާޗީ, ޕާކިސްތާން (އޭޕްރީލް 8) - ތިން ވަނަ ފަރާތެއްގެ ނުފޫޒާ ހެދި ފީފާއިން ހަތަރު އަހަރު ތެރޭ ދެ ވަނަ ފަހަރަށް ޕާކިސްތާންގެ ފުޓްބޯޅަ ފެޑެރޭޝަން (ޕީއެފްއެފް) ސަސްޕެންޑްކޮށްފި އެވެ.

މީގެ ކުރިން ފީފާ އިން ވަނީ 2017 ވަނަ އަހަރު ޕާކިސްތާން ސަސްޕެންޑް ކޮށްފަ އެވެ. އެކަމަކު އޭގެ އެއް އަހަރު ފަހުން 2018 ވަަނަ އަހަރުގެ މާޗް މަހު ސަސްޕެންޝަން އުވާލި އެވެ. އެއީ ބަދަލުތަކެއް ގެނައުމުގެ ފުރިހަމަ ޔަގީންކަން ޕާކިސްތާނުން ދިނުމުންނެވެ.

ފީފާ އިން މި ފަހަރު ޕާކިސްތާން ސަސްޕެންޑްކުރަން ނިންމީ އެ ފެޑެރޭޝަނުން ހަމަޖައްސާފައިވާ ޕީއެފްއެފްގެ ނޯމަލައިޒިން ކޮމިޓީ އަތުން އެ ގައުމުގެ ފުޓްބޯޅައިގެ ކޮންޓްރޯލް ޕީއެފްއެފްގެ ކުރީގެ ރައީސް ސައީދު އަޝްފާގު ހުސެއިން ޝާހް ނެގުމުންނެވެ. އޭނާ އެކަން ކުރީ ގަދަބާރުން ޕީއެފްއެފް ހެޑްކުއާޓަރުގެ ތެރެއަށް ގްރޫޕަކާ އެކު ވަދެ ކަމަށް ފީފާ އިން ހަމަޖެއްްސި ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން މާލިކް ހާރޫން ވަނީ ޕާކިސްތާންގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ.

ޕީއެފްއެފް ހެޑްކުއާޓަރާއި އެ ފެޑެރޭޝަންގެ އިދާރީ ހިންގުމުގެ ހުރިހާ ވަސީލަތެއް ނޯމަލައިޒިން ކޮމިޓީއާ އަލުން ހަވާލުކުރަން ފީފާ އިން ތަކުރާރުކޮށް އެންގުމުން އެ އަމުރަށް ސައީދު އަޝްފާގުގެ ޓީމުން ތަބާނުވުމުން ފީފާ އިން އެންމެ ފަހުން ނިންމީ ޕާކިސްތާން ސަސްޕެންޑް ކުރާށެވެ. އަދި މައްސަލައަށް ހައްލެއް ނުލިބެނިސް ސަސްޕެންޝަނަށް ލުޔެއް ނުދޭން ވަނީ ނިންމައިފަ އެވެ.

ސައީދު އަޝްފާގަކީ 2015 ވަނަ އަހަރު ސުޕްރީމް ކޯޓު މެދުވެރިކޮށް ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބު ބާއްވައި އިންތިހާބު ކާމިޔާބުކުރެއްވި ފަރާތެކެވެ. އެކަމަކު ފީފާ އިން އެ އިންތިހާބު ބަލައިނުގަތުމުން އޭނާ އަށް ރަސްމީކޮށް އެއްވެސް މަސައްކަތެއް ނުކުރެވުނެވެ. އޭނާ އަލުން ޕާކިސްތާން ފުޓްބޯޅައިގެ ކޮންޓްރޯލް ނަގަން ބޭނުންވީ ނޯމަލައިޒިން ކޮމިޓީ މެދުވެރިކޮށް ބާއްވާ އިންތިހާބެއްގެ ތެރެއިން އޭނާ އަށް ފުުރުސަތެއް ނުލިބިދާނެތީ އެވެ.

ޕާކިސްތާންގެ ފުޓްބޯޅަ ހިންގުން ފީފާ އިން ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެކުލަވާލި ނޯމަލައިިޒިން ކޮމިޓީއެއްގެ ތެރެއިން ހަމްޒާ ހާންއާ ހަވާލުކޮށްފަ އެވެ. ޗެއާމަނަކަށް ހަމްޒާ ހަމަޖައްސައި އޭނާ އަށް ދިން މެންޑޭޓަކީ މިދިޔަ އަހަރުގެ ޖޫން މަހުގެ ކުރިން ފުޓްބޯޅަ އިންތިހާބު ބޭއްވުމެވެ. އެ މުއްދަތު މިދިޔަ އަހަރުގެ ޑިސެމްބަރު 31 އަށް އިތުރުކޮށްދިނުމުން ވެސް ހަމްޒާގެ ބެލުމުގެ ދަށުން ނޯމަލައިޒިން ކޮމިޓީ އަށް އިންތިހާބު ނުބޭއްވުނުއިރު، އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. ފަހުން މާލިކްއާ ނޯމަލައިޒިން ކޮމިޓީ ހަވާލުކޮށް އޭނާ އޮތީ މި މަހުގެ ތެރޭގައި އިންތިހާބުގެ މަސައްކަތް ފަށަން ތާވަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox