ރީޖަނަލް އެއާޕޯޓްސްގެ ދެ ވެރިއަކު ސަސްޕެންޑްކޮށްފި

ޖަނަލް އެއާޕޯޓްސްގެ ކުރީގެ ޑިރެކްޓަރު ސާމީ އަގީލް: އޭނާ ވަނީ ސަސްޕެންޑްކޮށްފައި

ޖަނަލް އެއާޕޯޓްސްގެ ކުރީގެ ޑިރެކްޓަރު ސާމީ އަގީލް: އޭނާ ވަނީ ސަސްޕެންޑްކޮށްފައި

މައްސަލަ ބޮޑުވެފައި އޮތް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ކުރިން ހިންގި ރީޖަނަލް އެއާޕޯޓްސްގެ އިސް ދެ ބޭފުޅަކު ސަސްޕެންޑްކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބަލަމުން އަންނަ މައްސަލައެއް ނިމެންދެން ސަސްޕެންޑްކުރީ ރީޖަނަލް އެއާޕޯޓްސްގެ ކުރީގެ ޑިރެކްޓަރު ސާމީ އަގީލް އާއި ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަހްމަދު ޝަމީމް އެވެ.

މިކަން، ސިވިލް ސާވިސް ކޮމިޝަންގެ މީޑިއާ އޮފިޝަލް، އައިޝަތު ހުދާ "އަދަދު"އަށް ކަށަވަރުކޮށްދެއްވި އެވެ. އެކަމަކު ކޮމިޝަނުން ބަލައި ނުނިމޭތީ ސަސްޕެންޑްކުރީ ކޮން މައްސަލައެއްގައި ކަމެއް ވިދާޅެއް ނުވި އެވެ.

Advertisement

ރީޖަނަލް އެއާޕޯޓްސް ވަކި ކުންފުންޏެއްގެ ގޮތުގައި މި ސަރުކާރުން ބަދަލުކުރުމުން ސާމީ މަސައްކަތް ކުރައްވަނީ ޓްރާސްޕޯޓް މިނިސްޓްރީގަ އެވެ. އެތަނުގެ ޕީއެސްއަކަށް އޭނާ އައްޔަންކޮށްދެއްވަން މިނިސްޓަރު އައިޝަތު ނަހުލާ ސިވިލް ސާވިސް ކޮމިޝަންގައި ތަކުރާރުކޮށް އެދިވަަޑައިގެން ސިޓީ ފޮނުއްވި އެވެ.

ވަގުތީ ޕީއެސްއެއްގެ މަގާމު ފުރުއްވައި ޕީއެސްގެ އިންޓަވިއުން އެންމެ މަތީ މާކްސް ސާމީ ހޯއްދެވި ނަމަވެސް އޭނާ އައްޔަން ނުކުރަން ސިވިލް ސާވިސް ކޮމިޝަނުން ނިންމީ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ބުނެ އެވެ.

ކުރިން ފިނޭންސް މިނިސްޓްރީގައި އުޅުއްވި އިރު ވެސް ތުހުމަތުތަކެއް ކުރެވުނު ސާމީ އަށް ޕީއެސްކަން ދޭން ސިވިލް ސާވިސް ކޮމިޝަނުން ދެކޮޅު ހެދީ، އެހެން ހުރިހާ މުވައްޒަފުންނަށް ނަމޫދާ ދައްކަން ޖެހޭ ބޭފުޅަކު ނަޒާހަތްތެރިވާން ޖެހޭނެ ކަމަށް ބުނެ އެވެ. އެ ސުވާލު އުފެދިފައިވާ ބޭފުޅަކު ޕީއެސްއަކަށް ހަމަޖެއްސުމަކީ ސީއެސްސީން ކަން ކުރާ ގޮތެއް ނޫން ކަން ވެސް ޓްރާންސްޕޯޓަށް އޮތީ އަންގައިފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ރީޖަނަލް އެއާޕޯޓްސް ހިންގިއިރު އެތަނުގެ ހިދުމަތްތަކުގެ ތެރޭގައި ކޮރަޕްޝަން ފެތުރިފައި އޮތް ކަމުގެ ތުހުމަތު ބޮޑެވެ. މައްސަލަ ބޮޑުވެ ޓްރާސްޕޯޓް އޮތޯރިޓީ އުވާލަން ނިންމާފައިވާ އިރު އެތަނުގެ ތެރޭގައި ވެސް ކޮރަޕްޝަންގެ "ހާލި" ހެދިފައިވާ ކަމުގެ ތުހުމަތު ކުރެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި އޮނިގަނޑަށް ގެންނަ ބަދަލުން މައްސަލަތައް ހައްލުވާނެ އެވެ. އެކަމަކު އޮތޯރިޓީ އުވާލަން މަޖިލީހަށް ހުށަހެޅި ބިލަށް ވާހަކަ ދައްކަވަމުން މެމްބަރުން ވިދާޅުވެފައި ވަނީ އޮތޯރިޓީ އުވާލުމަކީ ތަނުގެ ހިދުމަތް ލަސްވުމާއި ކޮރަޕްޝަން ފަދަ މައްސަލަތަކުގެ ހައްލެއް ނޫން ކަަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox