ސިއްހީ ދާއިރާއަށް ގެންނަ ބަދަލުތަކުން އިންގިލާބީ ކުރިއެރުމެއް ފެންނާނެ: ނަސީމް

ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ހިތާބު ދެއްވަނީ -- ފޮޓޯ: ހެލްތް މިނިސްޓްރީ

ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ހިތާބު ދެއްވަނީ -- ފޮޓޯ: ހެލްތް މިނިސްޓްރީ

ސިއްހީ ހިދުމަތުގައި ތަފާތުކުރުން ކުޑަކޮށް، މާލެއަށް ބަރޯސާވުން ހުއްޓުވުމަށް ފަށާފައިވާ މަޝްރޫއުތަކުން އިންގިލާބީ ބަދަލެއް ގެނެވޭނެ ކަަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ދެއްވި ހިތޯބުގައި މިނިސްޓަރު ނަސީމް ވިދާޅުވީ އެ މީހަކު ހުރި ތަނަކުން ސިއްހީ ހިދުމަތް، ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވިސްނުން ކަމަށެވެ. އެ މަގަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުން ސިއްހީ ދާއިރާއަށް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވި ގޮތުގައި ފަރުވާގެ ނިޒާމާއި ސިއްހީ ހިދުމަތްތައް ޖަޒީރާވަންތަ މި ގައުމަށް އެންމެ އެކަށީގެންވާގޮތަށް ލާމަރުކަޒުކޮށް ރާވިފައި ވަނީ އެ މީހަކު ހުރި ކޮންމެ ތަނަކުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ދިނުމަށެވެ.

Advertisement

ސަރުކާރުން މިހާތަނަށް މި ވިސްނުމުގައި ސިއްހީ ހިދުމަތުގެ ނިޒާމުތަކަށް ގެނެސްފައިވާ ބަދަލުތަކަށް އަދި ވަކިން ހާއްސަކޮށް އަތޮޅު ތެރެއަށް އަމާޒުކުރެވިގެން ރޭވިފައިވާ ސިއްހީ ފަރުވާގެ ބޮޑެތި މަޝްރޫއުތަކަކީ މިހާތަނަށް ރާއްޖެ މި ދާއިރާގައި ދެކެފައިނުވާ ފަދަ އިންގިލާބީ ކުރިއެރުންތައް ގެނުވައިދޭނޭ ކަންކަން،" މިނިސްޓަރު ވިދާޅުވި އެވެ.

"ގުދުރަތީ ގޮތުން ދިވެހިރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ހިދުމަތް ދިނުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ."

މިނިސްޓަރު ވިދާޅުވީ އިތުރު ހިދުމަތްތަކާއި ވަސީލަތްތަކާ އެކު 12 ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލް ފެންވަރަށް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަތޮޅުތެރޭގެ ސަރަހައްދީ 5 ހޮސްޕިޓަލެއް "އޮޕްޓިމައިޒޭޝަން" މަޝްރޫއުގެ ދަށުން ހާއްސަ ފަރުވާގެ ހިދުމަތްތައް ދިނުމާއި ތަހުލީލުކުރުމުގެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އިމަޖެންސީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އިތުރު 26 ރަށަކަށް އެމްބިއުލަންސް ފޯރުކޮށް ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި އަވަސްފަރުވާ ދޭން ބޭނުންވާ ވަސީލަތްތައް ގާއިމު ކޮށް ފަންނީ ހިދުމަތްތެރިން ތަމްރީން ކުރަން ވަނީ ނިންމައިފަ އެވެ.

ކެންސަރަށް ފަރުވާދޭނެ ފުރިހަމަ ގައުމީ މަރުކަޒެއް ފުރަތަމަ ފަހަރަށް ގާއިމް ކުރާނެ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރައްޔިތުންނާ ގާތުން ސިއްހީ ހިދުމަތްދީ ރައްކާތެރިކަން ކަށަވަރު ކުރަން ޕްރައިމަރީ ހެލްތް ކެއާގެ އާ މަޝްރޫއުތަކެއް ވެސް ފަށާނެ އެވެ.

ހެލްތުކެއާ ވޯކަރުން ކުރީ ސަފުގައި ތިބެ، އެހެނިހެން ހެލްތު ޕްރޮފެޝަނަލުންގެ ވެސް ދައުރުފުޅާކޮށް ޓީމެއްގެ ގޮތުގައި ރައްޔިތުންނާ ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމަކީ ޕްރައިމަރީ ހެލްތުކެއާގެ ވިސްނުން ކަމަށް ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް 19 އިން ލިބުނު ފިލާވަޅުންނާއި ކޮވިޑް ވެކްސިން ޕްރޮގްރާމުގެ ތެރެއިން އެއްކުރެވުނު ޒާތީ ސިއްހީ މައުލޫމާތާއި އެހެނިހެން ޕްލެޓްފޯމްތަކުގައި އަލީގައި ރައްޔިތުންނަށް ދޭ ސިއްހީ ހިދުމަތްތަށް އިތުރަށް ތަރައްގީ ކުރެވޭނެ ކަމަށެވެ.

އެގޮތުން ކޮންމެ ރައްޔިތެއްގެ ފުރިހަމަ ސިއްހީ މައުލޫމާތުގެ ރެކޯޑެއް ގަވައިދުން އަދާހަމަ ކުރެވޭނެ ނިޒާމެއްގެ ތެރެއިން ބަލަހައްޓާނެ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

ނަސީމް ވަނީ ކޮވިޑްގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވާ އަދި މިހާރު ވެސް ހަރަކާތްތެރިވަމުންދާ ސިއްހީ ހިދުމަތްތެރިންނާއި ވޮލަންޓިއަރުން އަދި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox