ތާރީހީ މެޗަށް އީގަލްސް އޮތީ ތައްޔާރަށް: ކުރޯ

Apr 7, 2021, 5:26 AM
އީގަލްސް މެޗެއްގެ ތެރެއިން ކުރޯ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އީގަލްސް މެޗެއްގެ ތެރެއިން ކުރޯ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ކްލަބް އީގަލްސްގެ 31 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ މެޗަކަށް އެ ޓީމު މިއަދު ނުކުންނައިރު, އެ މެޗުގައި ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅެން ކްލަބް އީގަލްސް ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށް އެ ޓީމުގެ ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ބުނެފި އެވެ.

ތިމްޕޫއާ ދެކޮޅަށް އީގަލްސް ކުޅޭ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކުރޯ ބުނީ މި މެޗު ވާނީ އީގަލްސް އަށް ހާއްސަ މެޗަކަށް ކަމަށެވެ.

"ދެން އީގަލްސް އަށް އެންމެ ހާއްސަ އެއް ދުވަހަށް ވާނެ ދޯ މާދަން (މިއަދު). އެއީ އަލަށް އީގަލްސް އޭއެފްސީ ކަޕް މެޗަކަށް ނުކުންނައިރުގައި ވަރަށް ހާއްސަ ދުވަހަކަށް ވާނީ އީގަލްސް ތާރީހުގައި. ހުރިހާ ކުޅުންތެރިން ވެސް މި މެޗު ނަގަން ފޯކަސް ކޮށްފައި ހުރީ. ދެން އެ މީހުން ކޮންމެ ގޮތަކަށް ދެކުނު ކަމުގައި ވިިޔަސް އީގަލްސް އިން ސީދާ މެޗު ނަގަން ފޯކަސް ކުރާނީ," ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ކުރޯ ބުންޏެވެ.

Advertisement

ލ. ކުނަހަންދު އަށް އުފަން ކުރޯ އީގަލްސްއާ ގުޅުނީ 2013 ވަނަ އަހަރު އެވެ. ކުރޯ އަށް އީގަލްސްގައި އެންމެ ރަނގަޅަށް ފުރުސަތު ލިބެން ފެށީ 2014 ވަނަ އަހަރު އެވެ. އެ ފަހަރު އޭނާ ވަނީ އީގަލްސްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ގިނަ މެޗުތަކެއް ކުޅެފަ އެވެ. އޭގެ ފަހުން އޭނާ އަކީ ގަވާއިދުން އީގަލްސްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެމުން އައި ކުޅުންތެރިޔެކެވެ. އަދި އީގަލްސް އިން 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ޓީމުގައި ވެސް ތަފާތު ދެއްކި އެވެ.

ކުރޯ އަށް އީގަލްސް ކެޕްޓަންކަން ދިނީ މިދިޔަ އަހަރު އެވެ. އީގަލްސް އިން މި ފަަހަރުގެ އޭއެފްސީ ކަޕްގައި ކުޅެނީ މިދިޔަ ސީޒަނުގައި ރާއްޖޭގެ ލީގުގެ ރަނަރަޕްގެ ހައިސިއްޔަތުންނެވެ. އާންމު ގޮތެއްގައި ލީގު ޗެމްޕިއަންގެ އިތުރުން ދެން އޭއެފްސީ ކަޕްގެ ޖާގަ ލިބެނީ އެފްއޭ ކަޕް ޗެމްޕިއަނަށެވެ. އެކަމަކު ކޮވިޑާ ހެދި މިދިޔަ އަހަރުގެ އެފްއޭ ކަޕް ކެންސަލްކުރަން ޖެހުމުން ލީގުގެ ރަނަރަޕަށް މި ފަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ދިނީ އެވެ.

ކޮވިޑް-19ގެ ސަބަބުން މި ފަހަރުގެ ލީގު ފެށިފަހުން ދެ މަހެއްހާ ދުވަަހަށް ލީގު މެދުކަނޑާލުމަށް ފަހު އަލުން ފެށީ މިދިޔަ މަަހު 26 ވަަނަ ދުވަހު އެވެ. އީގަލްސް އެންމެ ބޭނުން ވަރަށް އޭއެފްސީ ކަޕަށް ތައްޔާރުވާން މެޗު ނުލިބުނު ކަމުގައި ވިޔަސް އެ ޓީމުގެ ތައްޔާރީތަކާ މެދު ހިތްހަމަޖެހޭ ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ވަނީ ބުނެފަ އެވެ. ކުރޯ ވެސް ބުނީ ހާލަތުގެ ގޮތަށް ބަލާއިރު ތައްޔާރީތަށް ދިޔައީ ރަނގަޅަށް ކަމަށެވެ.

"ބްރޭކަށް (ލީގު މެދުކަނޑާލި މުއްދަތް) ފަހު އައީ ޓީމު ވަރަށް ބޮޑަށް އޭއެފްސީ ކަޕް މެޗަށް ތައްޔާރުވެފައި މި އޮތީ. ވެވޭނެ އެންމެ ރަނގަޅަށް ތައްޔާރުވެފައި ޕްލޭޔަރުން ވެސް ވަރަށް ކިކްގައި ތިބީ. އެހެންވީމަ ވަރަށް ރަނގަޅަށް ތައްޔާރުވެވިފައި ކަމަށް މި ބަލަނީ," އީގަލްސްއާ އެކު ޔޫތު ގިނަ މުބާރާތްތަކެއް ކާމިޔާބުކުރި ކުރޯ ބުންޏެވެ.

އޭއެފްސީ ކަޕާ ދިމާކޮށް އީގަލްސް އިން ވަނީ މިދިޔަ މަހުގެ ޓްރާންސްފާ މާކެޓްގައި ޓީމު ވަރުގަދަކޮށްފަ އެވެ. އެ ގޮތުން ބިދޭސީ ތިން ކުޅުންތެރިން އެ ޓީމާ ގުޅުނެވެ. ގްރީން ސްޓްރީޓްސް އަށް ކުޅެމުން އައި މިސްރުގެ ޑިފެންޑަރު އެލްސައީދު އާއި ލެބަނަންގެ ކީޕަރު މުހައްމަދު ތޯހާ އަދި ރަޝިއާގެ ފޯވާޑް ކޮރްމިޝިން ވްލަޑިސްލާވް ވަނީ އެ ޓީމަށް ގެނެސްފަ އެވެ. ކުރޯ ބުނީ މި ކުޅުންތެރިންނާ އެކު ޓީމު އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ.

"އަލަށް ގުޅުނު ފޮރިން ޕްލޭޔަރުން ވަރަށް ރަނގަޅޭ ބުނެވޭނީ. ވަރަށް ބޮޑަށް ޓީމު ވެގެން އުޅެނީ. ދެން އެހެންވީމަ ވަރަށް ރަނގަޅު ޕާފޯމަންސެއް ލީގުގެ ދެ މެޗުގައި ވެސް ދައްކާފައި އިނީ," ކުރޯ ބުންޏެވެ.

އޭއެފްސީ ކަޕް މެޗުތަކުގައި މީގެ ކުރިން ރާއްޖޭގެ ކްލަބްތަކަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އާންމު ގޮތެއްގައި ލީގު މެޗެއްގައި ވަންނަ ވަރަށް ވުރެ ގިނަ ސަޕޯޓަރުން މެޗު ބަލަން ދަނޑަށް ވަނުމެވެ. އެކަމަކު ކޮވިޑް-19 ޕްރޮޓޮކޯލްގެ ތެރެއިން މި މެޗުތައް ކުޅޭއިރު ދަނޑަށް ސަޕޯޓަރުން ވަންނަން ހުއްދައެއް ނެތެވެ. އެހެން ނަަމަވެސް އީގަލްސް ކުޅުންތެރިންގެ އެދުމަކީ ޓީމަށް ސަޕޯޓް ދެވެން އޮތްގޮތަކަށް ދިނުމަށެވެ.

އީގަލްސް އާއި ތިމްޕޫ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮމްޕެނީ އަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ބަޔާން މިއުނިކްގެ ދެވަނަ ޓީމުގެ ފަރިތަކުރުންތަކުގައި ހުއްޓާ ހާލު ދެރަވެގެން އެ ކްލަބުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި. ވައިރަލް ރޯގާއެއްގެ ސަބަބުން ކޮމްޕެނީގެ ހާލަތު ގޯސްވުމާ ގުޅިގެން، ކުރިއަށް އޮތް މެޗުތަކުގައި ޓީމަށް އިރުޝާދުދޭނީ އޭނާގެ އެސިސްޓަންޓް ކޯޗުން ކަމަށް ބަޔާނުން ވަނީ ބުނެފައި

ޔުނައިޓެޑް އުޅެނީ މާ ބޮޑަށް މާޒީގައި: ފެނާންޑޭސް

މެންޗެސްޓާ ޔުނައިޓެޑުން މުސްތަގުބަލަށް ވިސްނުމުގެ ބަދަލުގައި މާ ބޮޑަށް މާޒީގެ ކާމިޔާބީތަކަށް ފޯކަސްކުރާ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި. އޭނާ މިހެން ބުނީ ކޯމޯ އަތުން ބަލިވި މެޗަށްފަހު، ކްލަބުގެ މިހާރުގެ ހާލަތު ބަދަލުކޮށް މެޗުތަކުން މޮޅުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރަމުން.

ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރަން އެދެފި

ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރުމަށް ފުލުހުން ވަނީ އެދިފައި. ތަކެތީގެ އަގުބޮޑުވުމާއި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ސަބަބުން، ލީގުގެ ބައެއް އެހެން މެޗުތައް ވެސް ފަސްކޮށްފައިވޭ.

ގްރީސް މުބާރާތުގެ ކުއާޓާގައި ނަބާ އާއި ނަބީގެ އަށް ނާކާމިޔާބު

ގްރީސްގައި ބޭއްވި ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ޑެންމާކްގެ ޕެއާ އަތުން ބަލިވެ، ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ މުބާރާތުން ކަޓައިފި. މީގެ އިތުރުން، މި މުބާރާތުގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓްތަކުގައި ވާދަކުރި ރިވައިވަލްގެ ކުޅުންތެރިން ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކުރި.

މިލާން ބަލިކޮށް ބޯންމައުތަށް ތާރީހީ ނަތީޖާއެއް

ޔުއެފާ ޔޫރޮޕާ ލީގުގައި އޭސީ މިލާން އަތުން 3-0 އިން މޮޅުވެ، ބޯންމައުތުން އެ ކްލަބުގެ ތާރީހުގައި ފާހަގަކޮށްލެވޭ މޮޅެއް ހޯދައިފި. މިލާންގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި، ބޯންމައުތުން ވަނީ ޔޫރޮޕާ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފައި

އޮކްޓޫބަރަކީ ތަށި ލިބޭ މަހެއް ނޫން: ފްލިކް

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވި ނަމަވެސް، އޮކްޓޫބަރު މަހަކީ ތަށި ހޯދާ މަސް ނޫން ކަމަށާއި މިއީ ސީޒަންގެ ކުރީކޮޅު ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި. ފްލިކް ފާހަގަކުރި ގޮތުގައި މި މެޗުގައި ހެދުނު ގޯސްތަކުން ދަސްކޮށް، ކުރިއަށް އޮތް މެޗުތަކުގައި ކަންކަން ރަނގަޅު ކުރުމަށް ބާސެލޯނާ އިން މަސައްކަތް ކުރާނެ.

ފުޓްބޯޅައިގެ ފުރަތަަމަ މަލްޓި ބިލިއަނަރަކީ ރޮނާލްޑޯ

މިދިޔަ ސީޒަނުގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެން، ފުޓްބޯޅަ ކެރިއަރުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. ފޯބްސްގެ ލިސްޓުގެ އެއްވަނަ ރޮނާލްޑޯ ހޯދިއިރު، 145 މިލިއަން ޑޮލަރާއެކު ދެވަނަ ލިބުނީ ލިއޮނަލް މެސީ އަށެވެ. ރޮނާލްޑޯގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސައުދީގެ އަލް ނަސްރުން ލިބޭ މުސާރަ އާއި އިސްތިހާރުތަކުން ލިބޭ ފައިސާއެވެ.

Newsletter

Get the latest news delivered straight to your inbox