ފަހު ވަގުތު ފޮޑެން ސިޓީ އަށް މުހިއްމު ލީޑެއް ނަގައިދީފި

Apr 7, 2021, 3:44 AM
ފަހު ވަގުތު ފޮޑެން ސިޓީ އަށް މުހިއްމު ލީޑެއް ނަގައިދީފި

މެންޗެސްޓާ (އޭޕްރީލް 7) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ޒުވާން ތަރި ފިލް ފޮޑެން ޖެހި ގޯލާ އެކު މެންޗެސްޓާ ސިޓީން 2-1 އިން ބޮރޫޝިއާ ޑޯޓްމަންޑް އަތުން މުހިއްމު މޮޅެއް ހޯދައިފި އެވެ.

މި ނަތީޖާއާ އެކު ރޭގެ މެޗު ނިމުމުން އަންނަ ހަފްތާގައި ޑޯޓްމަންޑް ދަނޑުގައި ކުޅޭ މެޗުން އެ ޓީމު ޖެހޭނީ ސެމީގެ ޖާގައެއް ހޯދަަން ބޭނުންނަމަ ސިޓީ ބަލިކުރާށެވެ. ސިޓީ އަށް ޑޯޓްމަންޑް ދަނޑުގައި އެއްވަރުކޮށްލައިގެން ވެސް ސެމީގެ ފުރުސަތު ހޯދޭނެ އެވެ. އެކަމަކު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ވިސްނުން ހުރީ ޑޯޓްމަންޑް ދަނޑުގައި މޮޅެއް ހޯދުމަށެވެ.

"އެއްވަރު ކުރުމަށް ވުރެ އަހަންނަށް ރަނގަޅީ މޮޅެއް ހޯދުން. އެއީ ފުޓްބޯޅައިގައި އެއްވަރަކަށް ނުކުޅެވޭނެ. އަހަރެމެންނަށް މި މެޗުގައި ހެދުނު ގޯސްތައް ރަނގަޅުނުކޮށް ދެން އިން މެޗުން މޮޅެއް ނުވެވޭނެ. އެއީ ޑޯޓްމަންޑަކީ ޗެމްޕިއަންސް ލީގު ދަންނަ ކްލަބެއް," ކުރިން ބާސެލޯނާއާ އެކު މި މުބާރާތް ކާމިޔާބުކުރި ގާޑިއޯލާ ބުންޏެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑުނެގީ 19 ވަނަ މިނިޓްގައި ކެވިން ޑިބްރޭނާ ޖެހި ގޯލުންނެވެ. ޑޯޓްމަންޑް މެދުތެރެއިން ގެއްލުނު ބޯޅައެއް ހޯދައި ސިޓީން އުފެއްދި އެޓޭކެއްގައި ޑިބްރޭނާ މި ގޯލު ޖެހީ ރިޔާދު މާރޭޒް ދިން ބޯޅައަކުންނެވެ.

ފުރަތަމަ ހާފުގައި ޑޯޓްމަންޑަށް ކުޅޭ އިނގިރޭސި ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް ވަނީ ގޯލެއް ޖަހައިފަ އެވެ. ބެލިންހަމް އަށް ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލުމުގެ ކުރިން އޭނާ އަށް ސިޓީގެ ކީޕަރު އެޑަސަން ފައުލުކުރުމުން ރެފްރީ ވަނީ އެ ގޯލު ބަލައިނުގަނެ ފައުލުކަމަށް ނިންމައިފަ އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ބަލަން މަޑުކުރަން ޖެހޭ ހާލަތެއް ކަމަށް ބަލައި އެ އެޓޭކް ކުރިއަށްދާން ފުރުސަތު ދިންނަމަ ބެލިންހަމްގެ ގޯލު ބަލައިގަންނާނެ އެވެ.

ޑޯޓްމަންޑުން އެއްވަރުކުރީ މެޗުގެ 84 ވަނަ މިނިޓްގައި މާކޯ ރެއުސް ޖެހި ގޯލުންނެވެ. މިއީ އާލިން ބްރައުޓް ހާލަންޑް ދިން ބޯޅައަކުން ރެއުސް ޖެހި ގޯލެކެވެ. މިއީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ސިޓީ ކޮޅަށް ވަން ދެ ވަނަ ގޯލެވެ. މެޗު އެއްވަރުވާން ދަނިކޮށް ފޮޑެން ސިޓީ މޮޅުކޮށްދިން ގޯލު ޖެހީ އިތުރު ވަގުތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox