ފުރަތަމަ ލެގުގައި ރެއާލުން ލިވަޕޫލް ބަލިކޮށްފި

Apr 7, 2021, 3:48 AM
ރެއާލްގެ ވިނީޝިއުސް (ވ) ލިވަޕޫލްގެ ޓްރެންޓް އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: ގެޓީއިމޭޖަސް

ރެއާލްގެ ވިނީޝިއުސް (ވ) ލިވަޕޫލްގެ ޓްރެންޓް އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: ގެޓީއިމޭޖަސް

މެޑްރިޑް (އޭޕްްރީލް 7) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި 3-1 އިން ލިވަޕޫލް ބަލިކޮށްފި އެވެ.

މިއީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ރެއާލުން ލިވަޕޫލް ބަލިކުރި ނަތީޖާއެވެ. ރޭގެ މޮޅާ އެކު އަންނަ ހަފްތާގައި ލިވަޕޫލް ދަނޑުގައި އެއްވަރުކޮށްލައިގެން ރެއާލަށް ސެމީ ފައިނަލުން ފުރުސަތު ލިބޭނެ އެވެ. ސެމީގެ ޖާގަ ހޯދަން ލިވަޕޫލުން ޖެހޭނީ މަދުވެގެން ދެ ގޯލުގެ ލީޑަކާ އެކު ރެއާލް ބަލިކުރާށެވެ. އެކަމަކު 3-1 އަށް ވުރެ ބޮޑު ނަތީޖާ އަކުން ދެ ގޯލުގެ ފަރަގަކާ އެކު ރެއާލް ބަލިވި ނަމަވެސް ރަށުންބޭރުގައި ޖެހި ގޯލަށް ބަލައި އެ ޓީމަށް ސެމީގެ ފުރުސަތު ލިބޭނެ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ސެމީ ފައިނަލުގެ ޖާގައެއް ހޯދޭނީ އެކަމަށް ހައްގުވާވަރުގެ ކުޅުމެއް ދައްކައިގެން ކަމަށެވެ.

Advertisement

"އަހަރެމެންނަށް އެ ވަރުގެ (ސެމީ ފައިނަލްގެ ޖާގައެއް ހައްގުވާވަރުގެ) ކުޅުމެއް ފުރަތަމަ ހާފުގައި ނުދެއްކޭ. އަހަރެމެންނަށް ފަރުޖައްސާލެވެން އޮތީ މި މެޗުގައި ޖެހުނު ގޯލު. ބާކީ މަސައްކަތް ދެން ކުރަން އޮތީ އެންމެ 90 މިނިޓް. އެކަން ކުރަން ފަސޭހައެއްނުވާނެ," ކްލޮޕް ބުންޏެވެ.

ރެއާލްގެ އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ޑޮމިނޭޓްކުރީ ރެއާލުންނެވެ. އެ ޓީމުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. މެޗުގެ 27 ވަނަ މިނިޓްގައި ރެއާލުން ލީޑުނެގީ ޓޯނީ ކްރޫސް ދިން ހިތްގައިމު ޕާހަކުން ވިނީޝިއުސް ޖޫނިއާ ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުުމުގެ ކުރިން ރެއާލްގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 36 ވަނަ މިނިޓްގައި މާކޯ އަސެންސިއޯ އެވެ. މިއީ ކްރޫސް މަތިން ޖައްސާލި ބޯޅައެއް ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ބޮލުން ފަހަތަށް ދިން ބޯޅަ ހޯދުމަށް ފަހު އަސެންސިއޯ ޖެހި ގޯލެކެވެ. އެ ގޯލު ޖެހުމުގެ ކުރިން ލިވަޕޫލްގެ ސަޑިއޯ މާނޭ އަށް ރެއާލްގެ ލޫކަޒް ވަޒްކޭޒް ފައުލުކުރި ކަމަށް ލިވަޕޫލް ބެންޗުން ވަނީ އެޕީލްކޮށްފަ އެވެ.

އަނިޔާ އާއި ކޮވިޑްގެ ސަބަބުން ރެއާލްގެ ފަހަތަށް ކުޅޭ ރަފައެލް ވަރާން އާއި ސާޖިއޯ ރާމޮސް ރޭގެ މެޗުގައި ނުކުޅެ އެވެ. ރޭގެ މެޗުގެ ދެ ވަނަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލިވަޕޫލުން ލަނޑު ޖަހާނެ ފުރުސަތުތައް ތަނަަވަސްކުރި އެވެ. ލިވަޕޫލަށް ރޭގެ މެޗުގައި ރަނގަޅަށް ކުޅެވެން ފެށީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ނަބީ ކެއިޓާގެ ބަދަލުގައި ތިއާގޯ އަލްކަންޓާރާ ކުޅެން އެރުވިފަހުންނެވެ.

މެޗުގައި ލިވަޕޫލްގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 51 ވަނަަ މިނިޓްގައި މުހައްމަދު ސަލާހު އެވެ. ޑިއޯގޯ ޖޮޓާ ޖެހި ޝޮޓެއް ލޫކަ މޮޑްރިޗް ފައިގައި ޖެހިފައި ސަލާހަށް ލިބުމުން އޭނާ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އެ ގޯލު ބަަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ސަލާހު އޮފްސައިޑްތޯ ޗެކްކުރުމަށް ފަހު އެވެ. ނަތީޖާ ހަމަހަމަކުރަން ލިވަޕޫލަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާތެރެއިން ޖޮޓާ އެ ޓީމުގެ މާނޭ އަށް ދިން ބޯޅަ ފޮނުވާލުމުގެ ކުރިން ރެއާލްގެ ފާލަންޑް މެންޑީ ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ. އެ ބޯޅަ އެހެން ކުޅުންތެރިއަކަށް ނުދީ ޖޮޓާ އަމިއްލަ އަށް ފޮނުވާލުމުގެ ފުރުސަތު ވެސް އޮތެވެ.

ރެއާލުން ތިން ވަނަ ލަނޑު ޖެހީ މެޗުގެ 65 ވަނަ މިނިޓްގަ އެވެ. މޮޑްރިޗް ދިން ބޯޅައެއް އޭރިއާތެރެއިން ވިނީޝިއުސް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަތުގައި ޖެހިފަ އެވެ. ބަދަލުތަކެއް ގެނެސްގެން ލިވަޕޫލުން އިތުރު ލަނޑެއް ޖަހަން މަސައްކަތްކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ.

މެޗާ ބެހޭގޮތުން ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ ރެއާލަށް ރޭގެ މެޗުން މޮޅެއް ހައްގު ކަމަށާއި އެކަމަކު ފުރަތަމަ ލެގުން މޮޅުވިޔަސް ސެމީގެ ޖާގައެއް ކަށަވަރުވީކަމަށް ނުދެކޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox