ހިޔާގައި ކުދިން ހަމައެކަނި "ބަންދު" ވެފައި؟

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ނިއުމަތު އާއި އެޗްއާރުސީއެމްގެ މެމްބަރުން ޖަވާބުދާރީވެވަޑައިގަންނަވަނީ. --ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ނިއުމަތު އާއި އެޗްއާރުސީއެމްގެ މެމްބަރުން ޖަވާބުދާރީވެވަޑައިގަންނަވަނީ. --ފޮޓޯ / މަޖިލިސް

"ކުޑަކުދިންގެ ހިޔާގެ އާއްމު ހާލަތު ވަރަށް ދަށް،"

ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މި ކަންބޮޑުވުންފާޅުކުރެއްވީ މިދިޔަ މަހުގެ ތެރޭގައި ހިޔާއަށް ވަޑައިގެން ކަންކަން ހިނގާ ގޮތް ބެއްލެވުމަށް ފަހު އެވެ. އެތަނުގެ ކުދިންތަކެއްގެ ފަރާތުން ހިނގި ހާދިސާއެއްގެ މައުލޫމާތު އޮޅުންފިލުވަން ވަޑައިގަތުމުން އޭނާއަށް ފެނިވަޑައިގަތީ ހިޔާ އިން ގިނަ އިހުމާލުތަކެވެ.

އެކަންކަން ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއާ ހިއްސާކުރައްވަމުން ނިއުމަތު ވަނީ ގިނަ މައްސަލަތަކެއް ދައްކަވައިފަ އެވެ.

ހިޔާގެ ހާލަތު ނިއުމަތު ސިފަކުރެއްވި ގޮތުން، އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ހިޔާގެ ހަތަރު ފާރުގެ ތެރޭގައި ކުދިން ހަމައެކަނި "ބަންދުކޮށްފައި" ތިބުމެވެ. އަހުލާގީ ގޮތުން ކުދިން ރަނގަޅު ކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރުމާއި އުނގެނުމުގެ ފުރުސަތު ނެތް ކަމަށް ވެސް ކަމަށް ވިދާޅުވި އެވެ.

ބޮޑެތި ކުދިން ކިޔެވުމުގެ އޮންލައިން ކްލާސްތައް ވަނީ ހުއްޓިފަ އެވެ.

ހިޔާގައި ކުދިން ހޭދަކުރާ ތަންތަން ބަލައި ފާސްކުރުމުގެ އެކަށީގެންވާ ނިޒާމެއް ނެތެވެ. އެހެންވެ ކުދިންނަށް ނުރައްކާވެފައި އެބަހުއްޓެވެ. ކުދިން ބަލަހައްޓާ ކެއާވޯކަރުން ޑިއުޓީ ގަޑީގައި އަމަލުކުރާނެ ވަކި އުސޫލްތަކެއް ނެތެވެ. ބައެއް ހާލަތްތަކުގައި މުދަލާއި ތަނަށް ކުދިން ގެއްލުން ދިނުމުން ވެސް އިސްލާހުކުރަން ފިޔަވަޅެއް ނާޅަ އެވެ.

"ހަމައެކަނި ސޮރީ ބުނެލާފައި ދިޔައީމަ ނިމުނީ،" މައްސަލަތައް ކޮމިޓީއާ ހިއްސާކުރައްވައި ނިއުމަތު ވިދާޅުވި އެވެ.

އަހުލާގީ މައްސަލަތަކާ ގުޅިގެން ކުދިންނާ މެދު ފިޔަވަޅެއް ނާޅަ އެވެ. އަދި އެފަދަ ކުދިންނަށް އެކަށީގެންވާ ތެރަޕީ ޕްރޮގްރާމްތަކުގައި ވެސް ބައިވެރިއެއް ނުކުރެ އެވެ. ފޯނުން ރޭގަނޑު ދަންވަރު ވެސް ބައެއް ކުދިން ހިޔާއިން ބޭރުގައި ތިބި މީހުންނާ ގުޅައި ވާހަކަ ދައްކަ އެވެ.

ކުދިން ބަލަހައްޓާނެ އެކަށީގެންވާ މުވައްޒަފުން ނެތެވެ. ހިޔާގައި އެންމެ ރަނގަޅަށް ސަލާމަތީ ކަންކަން ނުބެލެހެއްޓެ އެވެ. އެތަނުގެ މައި ދޮރުގެ ލޮކް ސިސްޓަމް ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ. ކުދިން ތިބޭ ކޮޓަރިތަކުގެ ދޮރުތަކުގެ ތަޅު ވަނީ ހަލާކުވެފަ އެވެ.

މި މައްސަލަތައް ފާހަގަކުރެއްވުމަށް ފަހު، ނިއުމަތު ވަނީ އެތަނުގެ ހާލަތު ރަނގަޅު ކުރަން ޖެންޑާ މިނިސްޓްރީއަށް އޭނާ ހުށަހެޅުއްވި ކަންކަން ވެސް ކޮމިޓީއާ ހިއްސާކުރައްވައިފަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ހިޔާގެ ހާލަތު ވަގުތުން ބަދަލުވާން ޖެހެ އެވެ.

ނިއުމަތުގެ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީމް) އިން ވެސް ވަނީ ހިޔާގައި ކަންކަން ރަނގަޅު ނުވާ ކަމުގެ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.

އެ ކޮމިޝަންގެ މެމްބަރު ޝިފާތު އަބްދުއްރައްޒާގު ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ހައްލުކުރަން އެދެމުން އައި ބައެއް ކަންކަމަށް އެދެވޭ ހައްލުތަކެއް އަދިވެސް ނުހޯދި އެބަހުރި ކަމަށެވެ.

"އޮމްބަޑްސްޕާސަން އެ ފާހަގަކުރެއްވި ގޮތަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ، ދައުލަތަށް ކުދިން މި ނަގަނީ ހަގީގަތުގައި ކުޑަކުދިން ތިބީ ރައްކާތެރި މާހައުލެއްގައި ނޫން ކަމަށް ގަބޫލުކުރެވޭތީ. އެ ރައްކާތެރި މާހައުލު ދައުލަތަށް ވެސް ހޯދައި ނުދެވޭ ކަމަށް ވަންޏާ މަގްސަދު ހާސިލެއް ނުވޭ. -- އެޗްއާރުސީއެމް

ޝިފާތު ވިދާޅުވި ގޮތުގައި މި މަގްސަދު ހާސިލްކުރަން ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހެ އެވެ.

ޖެންޑާ އިން ބުނަނީ ހައްލުކުރަން މަސައްކަތްތަކެއް ކުރާ ކަމަށް

ޖެންޑާ މިނިސްޓްރީން ކޮމިޓީގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ޔުމްނާ ވިދާޅުވީ އޮމްބަޑްޕާސަންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށް ހައްލުތަކެއް ހޯދަން ވަނީ ފަށާފައި ކަމަށެވެ. ހިޔާގައި ތިބި ކުދިންނަށް އޭގެކުރިން ވެސް ރަނގަޅު މާހައުލެއް ހޯދަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަަމަށް ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވި ގޮތުގައި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ތިބި ކުދިންގެ ކަންކަން ރަނގަޅު ކުރަން އެޅި ފިޔަވަޅުގެ ތެރެއިން ވަރަށް ގިނަ ކުދިން ވަނީ "އާއިލީ މާހައުލަށް" ރަށްތަކަށް ބަދަލުކޮށްފަ އެވެ. އެހެންވިޔަސް ހާއްސަ ސަމާލުކަމެއް ދީގެން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކުދިން ތިބި ކަމަށް ވިދާޅުވި އެވެ.

އާއިލާ އިން އަޅާލުން ނުލިބިގެން ހިޔާއަށް ނަގާފައި ތިބި ކުދިންގެ ތެރޭގައި، ވަރަށް ގިނަ ދުވަހު ކުށުގެ ވެށީގައި އުޅުނު ކުދިން ވެސް ހިމެނޭ ކަމަށާއި އެ ކުދިންނަށް ހާއްސަ ކަމެއް ދެމުން އަންނަ ކަމަށް ޔުމްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިޔާގައި މިހާރު ތިބި ކުދިންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ހިންގަން ފުދޭވަރަކަށް މަސައްކަތްތައް ކުރެވިއްޖެ ކަމަށެވެ. އެއާއެކު ކަމާގުޅުން ހުރި މުއައްސަސަތަކާ ގުޅިގެން ކުދިންގެ ކަންކަން ހައްލުކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން ޔުމްނާ ދެއްވި އެވެ.

އެކަމަކު ނިއުމަތު އަދި އެޗްއާރުސީއެމްގެ ކަންބޮޑުވުމަކީ މިހާތަނަށް ހައްލު ނުހޯދި އިހުމާލުތަކެއް ހިޔާގައި ހުރުމެވެ. ޖެންޑާ ކޮމިޓީން ވަދެފައިވާ މި މައްސަލައިގައި މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ކޮމިޓީއަށް ހާޒިރުކުރަން ވެސް އޮތީ ނިންމައިފަ އެވެ.

އާއިލާގެ އަޅާލުމާއި ލޯބި ނުލިބިގެން ދައުލަތަސް ނަގާ ކުދިން ބޭނުންވާނީ ހަތަރު ފާރުގެ ތެރޭގައި ބަންދުވެފައި ބޭއްތިއްބުމެއް ނޫނެވެ. އަމާން، ރައްކާތެރި މާހައުލެކެވެ. އެކަމަކު އެކަމުގައި އިހުމާލުތަކެއް ހުރި ނަމަ އެއީ ބޮޑު މައްސަލައެކެވެ.

އޮމްބަޑްސްޕާސަން އާއި އެޗްއާރުސީއެމްގެ ކަންބޮޑުވުމަކީ އެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox