އޭއެފްސީ ކަޕްގެ މެޑިކަލް ޕާޓްނަރަކަށް އޭޑީކޭ ހަމަޖައްސައިފި

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒް (ވ) އާއި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އައްފާލް.-- ފޮޓޯ; އެފްއޭއެމް

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒް (ވ) އާއި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އައްފާލް.-- ފޮޓޯ; އެފްއޭއެމް

އަންނަ މަހު ރާއްޖޭގައި ބާއްވަން ނިންމާފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތަކާއި ރާއްޖޭގެ ލޯކަލް ފުޓްބޯޅަ ސީޒަނުގައި އެހީތެރިވުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލާ އެކު އެފްއޭއެމުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެފްއޭއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް އެވެ. އޭޑީކޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް އެވެ.

އެއްބަސްވުމާ ބެހޭގޮތުން އެފްއޭއެމުން ބުނީ ރާއްޖޭގައި ކުޅޭ އޭއެފްސީ ކަޕްގެ މެޗުތަކުގައި ސިއްހީ ގޮތުން ދޭންޖެހޭ އެހީތެރިކަން އޭޑީކޭ އިން ފޯރުކޮށްދޭނެ ކަމަށާއި ލޯކަލް ފުޓްބޯޅަ ސީޒަނުގެ ބާކީ ބައިގައި ވެސް އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމަށެވެ.

މީގެ ކުރިން ވެސް ފުޓްބޯޅައިގެ އިތުރުން ކުޅިވަރުގެ އެކި ކަންކަމުގައި އޭޑީކޭގެ ފަރާތުން އެހީތެރިކަން ވަނީ ލިބިފަ އެވެ.

އަންނަ މަހު 14 އިން 21 އަށް މާލޭގައި ކުރިއަށްދާ އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި ވާދަކުރުމުގެ ފުރުސަތު މި ވަގުތު ލިބިފައިވާ ރާއްޖޭގެ ހަމައެކަނި ޓީމަކީ މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާ އެވެ. ދެން މި ގްރޫޕްގައި އޮތީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ.

ކޮލިފައިން ފުރަތަމަ ބުރުގައި އޮތް ޓީމުތަކަކީ ރާއްޖޭގެ އީގަލްސް, ބޫޓާންގެ ތިމްޕޫ ސިޓީ, ނޭޕާލްގެ އާމީ ކްލަބް އަދި ސްރީލަންކާގެ ޕޮލިހެވެ. ކޮލިފައިން ފުރަތަމަ ބުރުން މޮޅުވާ ޓީމުތައް ކޮލިފައިންގެ ދެ ވަނަ ބުރުގައި އިންޑިއާގެ ބެންގަލޫރާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅޭނެ އެވެ. ކޮލިފައިން ކާމިޔާބުކޮށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނީ ޕްލޭއޮފުން މޮޅުވާ ޓީމަކަށެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިންގައި މާދަމާ ހަވީރު ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީއާ ދެކޮޅަށް އީގަލްސް ކުޅޭނެ އެވެ. މެޗުގެ ކުރިން އޭއެފްސީ ޕްރޮޓޮކޯލްގެ ތެރެއިން އީގަލްސް އާއި ތިމްޕޫގެ ކުޅުންތެރިން ވަނީ ކޮވިޑް އަށް އިއްޔެ ޓެސްޓްކޮށްފަ އެވެ.

ތިމްޕޫ އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox