ޗެލްސީ ފަހަތަށް ޖައްސާލައި ވެސްޓް ހޭމް ހަތަރަކަށް

Apr 6, 2021, 3:39 AM
ރޭގެ މެޗުގެ ތެރެއިން ވުލްވްސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ލިންގާޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގެ ތެރެއިން ވުލްވްސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ލިންގާޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ވުލްވަހެމްޓަން (އޭޕްރީލް 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އަތުން 3-2 އިން މޮޅުވެ ވެސްޓް ހޭމް ޔުނައިޓެޑް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗުން ރެލިގޭޝަނުގައި އޮތް ވެސްޓް ބްރޮމް އަތުން އޭރު ހަތަރު ވަނައިގައި އޮތް ޗެލްސީ ބަލިވުމުން ރޭގެ މެޗުން މޮޅުވެގެން ހަތަރަކަށް އެރުމުގެ ފުރުސަތު ވެސްޓް ހޭމް އަށް އޮތީ ލިބިފަ އެވެ. ވެސްޓް ހޭމް ހަތަރު ވަނަ އަށް އެރީ 30 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީ ފަސް ވަނައިގައި އޮތީ 30 މެޗުން 51 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗުގެ ފުރަތަމަ 14 މިނިޓް ތެރޭގައި ވެސްޓް ހޭމް އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ ހަ ވަނަ މިނިޓްގައި ވްލަޑިމީރް ސޫފާލް ދިން ބޯޅައަކުން ވެސްޓް ހޭމް އަށް ލީޑުނަގައިދިނީ ޖެސީ ލިންގާޑް އެވެ. އަދި 14 ވަނަ މިނިޓްގައި އާތޫރް މަސުއާކޫ ދިން ބޯޅައަކުން ޕަބްލޯ ފޯނާލްސް ވަނީ ވެސްޓް ހޭމަށް ދެ ވަނަ ލަނޑެއް ޖަހައިދީފަ އެވެ. އަދި 38 ވަނަ މިނިޓްގައި ލިންގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެރަޑް ބޮވެން ވަނީ ވެސްޓް ހޭމްގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ.

Advertisement

އަމިއްލަ ދަނޑުގައި ކުޅުނު ވުލްވްސް އިން ވަނީ ފަސް ބެލުމެއްނެތި ކުރި މަސައްކަތުން ދެ ގޯލު ޖެހި އެވެ. މެޗުގެ 44 ވަނަ މިނިޓްގައި ވުލްވްސްގެ ފުރަތަމަ ގޯލު ޖެހީ އެޑަމާ ޓްރައޮރޭ ދިން ބޯޅައަކުން ލެއަންޑްރޯ ޑެންޑޮންކާ އެވެ. މެޗުގެ 68 ވަނަ މިނިޓްގައި ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތަކުން ވުލްވްސްގެ ދެ ވަނަ ގޯލު ޖެހީ ޒުވާން ފޯވާޑް ފަބިއޯ ސިލްވާ އެވެ.

ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޮއިސް ބުނީ ބޮޑެތި ޓީމުތައް ފަހަތަށް ޖައްސާލާފައި އޭނާގެ ޓީމުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން މަސައްކަތްކުރާނެ ކަމަށާއި މި ރޭހުގައި އޮތް ޓީމުތަކުގެ ތެރެއިން އެެއްވެސް ޕްރެޝަރެއް ނެތި ކުރިއަށްދެވެން އޮތް އެއް ޓީމަކީ ވެސްޓް ހޭމް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox