ފޯވާޑުންނަށް ބަލައިގެން ލިވަަޕޫލާ މެދު ގޮތެއް ނުނިންމޭނެ: ޒިދާން

Apr 6, 2021, 3:42 AM
2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ތެރެއިން ކްލޮޕް (ކ) އާއި ޒިދާން ވާހަކަދައްކަނީ.-- ފޮޓޯ: އޭއެފްޕީ

2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ތެރެއިން ކްލޮޕް (ކ) އާއި ޒިދާން ވާހަކަދައްކަނީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (އޭޕްރީލް 6) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭއިރު, އެ ޓީމާ މެދު ގޮތެއް ނިންމަންޖެހެނީ ހަމައެކަނި ފޯވާޑުންނަށް ބަަލައިގެން ނޫން ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

"ލިވަޕޫލަކީ ފުރިހަމަ ޓީމެއް. ތެދެއް. އެ ޓީމުގެ ފޯވާޑުން ވަރަށް މޮޅު ވަރަށް ރަނގަޅު. އެކަމަކު ޓީމެއްގެ ގޮތުގައި ލިވަޕޫލަށް ބަލާއިރު ފެންނަނީ ހަމައެކަނި ފޯވާޑުންނެއް ނޫން. ސެޓެއްގެ ގޮތުގައި އެ މުޅި ޓީމު ކުޅޭ ގޮތް ވެސް ރަނގަޅު. އެހެންވީމަ ހަމައެކަނި ފޯވާޑުންނަށް ބަލައިގެން މީގެ ގޮތެއް ނުނިންމޭނެ," މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން ބުންޏެވެ.

މީގެ ކުރިން ކްލޮޕާއި ޒިދާން ވަނީ ޗެމްޕިއަންސް ލީގުގައި ބައްދަލުކޮށްފަ އެވެ. އެއީ 2018 ވަނަ އަހަރު ޔޫކްރޭނުގެ ކިއޭވްގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލުގަ އެވެ. އެ މެޗުން ރެއާލް ވަނީ 3-1 އިން މޮޅުވެފަ އެވެ. ޒިދާން ބުނީ އެ މެޗުގެ ބަދަލުހިފަން ލިވަޕޫލުން ވިސްނަފާނެ ކަމަށް ނުބެލެވޭ ކަމަށާއި އެ މެޗަކީ މާޒީ ކަމަށެވެ.

ޒިދާން ބުނީ ކްލޮޕަކީ ކޯޗިން ކެރިއަރުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކޯޗެއް ކަމަށާއި އެހެން ނަމަވެސް އޭނާގެ މަސައްކަތްތައް ކޮޕީކުރަން ބޭނުމެއް ނޫން ކަމަށެވެ. ހަމައެގޮތަށް ކްލޮޕް ވެސް އޭނާގެ މަސައްކަތްތައް ކޮޕީ ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ޒިދާން ބުންޏެވެ.

"އެއްވެސް ކޯޗެއް ކޮޕީއެއް ނުކުރާނެ. މީގެ އަމިއްލަ މަސައްކަތުގެ ތެރެއިން ދިރާސާ ކުރުމަކީ ނެތް ކަމެއް ނޫން," ޒިދާން ބުންޏެވެ.

ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ރެއާލަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެ, ސްޕެއިނާއި މިސްރުގެ ބައެއް މިޑިއާ ރިޕޯޓްކޮށްފައިވާއިރު, އެކަމާ ބެހޭގޮތުން ޒިދާން ވާހަކަ ދައްކަން ދެކޮޅު ހެދި އެވެ. ޒިދާން ބުނީ ސަލާހަކީ ލިވަޕޫލް ކުޅުންތެރިއެއް ކަމަށާއި އެހެންކަމުން އެހެން ކްލަބެއްގެ ކުޅުންތެރިއެއްގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.

މިރޭގެ މެޗަށް ނުކުންނައިރު ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ އެވެ. އެކަމަކު ޒިދާނަށް އޮތް ހިތްހަމަޖެހުމަކީ އަނިޔާއިން ރަނގަޅުވެ އެޑެން ހަޒާޑް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށުމެވެ. ޒިދާން ބުނީ ހަޒާޑް ބޭނުންކުރާނީ ވަރަށް ވިސްނުންތެރިކަމާ އެކު 100 ޕަސެންޓް އޭނާގެ ފިޓްނަސް ކަށަވަރުކުރުމަށް ފަހު ކަމަށެވެ.

ރެއާލުން މި ސީޒަނުގައި ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ހޯދަން މަސައްކަތްކުރާއިރު, އެކަން އެ ޓީމަަށް ހާސިލްކުރެވިދާނެ ކަމަށް ޒިދާން ގަބޫލުކުރެ އެވެ. އަދި ސީޒަންގެ ކުރީކޮޅުގައި ނަތީޖާ ނުނެރެވުމުން ކޮންމެ ވެސް ވަރެއްގެ މާުޔޫސްކަމެއް ކުރިމަތިވި ކަމަށާއި އެކަމަކު މެޗުތަކުން މޮޅުވާން ފެށުމުން އެ ހާލަތު ބަދަލުވެފައިވާ ކަމަށެވެ. ލިވަޕޫލާއި ރެއާލް މެޗު ފަށާނީ މިރޭ 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox