ރެއާލް އަތުން 2018ގެ ބަދަލުހިފުމުގެ ވިސްނުމެއް ކްލޮޕްގެ ނެތް

Apr 6, 2021, 3:47 AM
ލިވަޕޫލްގެ ކޯޗު ކްލޮޕް ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ ކޯޗު ކްލޮޕް ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (އޭޕްރިލް 6) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނައިރު, އެ ޓީމުގެ އަތުން މި މުބާރާތުގެ ފައިނަލުގައި 2018 ވަނަ އަހަރުވީ ބަލީގެ ބަދަލުހިފުމުގެ ވިސްނުމެއް ނެތް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލާއި ރެއާލް ވަނީ 2018 ވަނަ އަހަރު ޔޫކްރޭނުގެ ކިއޭވްގައި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބައްދަލުކޮށްފަ އެވެ. އެ ފަހަރު ރެއާލުން ވަނީ 3-1 އިން ލިވަޕޫލް ބަލިކޮށްފަ އެވެ. އެ މެޗުގައި ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހަށް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ކުރި ފައުލުގެ ވާހަކަ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މީޑިއާ އާއި ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ މެދުގައި ދެކެވުނެވެ. އެ މެޗުގައި ރެއާލުން ޖެހި ދެ ގޯލުގައި ލިވަޕޫލްގެ ކީޕަރު ލޮރިސް ކާރިއަސް ހެދި ގޯސްތަކާ މެދު ވެސް ގިނަ ވާހަކަތަކެއް ދެކެވުނެވެ.

މިރޭ ރެއާލް ދަނޑުގައި ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕެއިނުގެ ނޫސްވެރިއަކު ކްލޮޕް ގާތުގައި އެހީ 2018 ވަނަ އަހަރުގެ ފައިނަލުން ބަލިވުމުގެ ބަދަލުހިފަން މިއީ ލިވަޕޫލަށް ރަނގަޅު ފުރުސަތެއް ކަމަށާއި އެގޮތަށް މެޗަށް ތައްޔާރުވުމުގެ ވިސްނުން ނުގެންގުޅެންތޯ އެވެ. ކްލޮޕް ބުނީ އެއްވެސް ވަރަކަށް އެ ކަަހަލަ ގޮތަކަށް ނުވިސްނާ ކަމަށެވެ.

Advertisement

"މިއީ ރިވެންޖް (ބަދަލުހިފުމުގެ) ޓުއާއެއް ނޫން. އަހަރެންގެ ދިރިއުޅުމަކީ މިއީ މި ކަހަލަ ކަމެއް. ބަދަލުހިފާ ވާހަކަ ދައްކަން ބޭނުމެއް ނޫން. އެކަމަކު އަނެއް ބުރަށް ދިއުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމެއް," ކްލޮޕް ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ކޮންމެ ޓީމަކާ ދެކޮޅަށް ނުކުތްކަމުގައި ވިޔަސް ގިނަ ބަޔެއްގެ ނަޒަރުގައި ފޭވަރިޓުންނަށް ވާނީ ރެއާލް ކަމަށާއި މުބާރާތުގައި އެ ޓީމުގެ ތާރީހަށް ބެލިޔަސް އެކަން ޔަގީންވާނެ ކަމަށް ކްލޮޕް ބުންޏެވެ. އެހެން ނަމަވެސް މި ވަގުތު ލިވަޕޫލް އޮތް ފޯމަށް ބަލާއިރު ހިތްހަމަޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން މިއީ ރެއާލަށް ފަސޭހަވާނެ މެޗެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ތާރީހުގައި ރެއާލާއި ލިވަޕޫލް ވަނީ ހަ ފަހަރު ބައްދަލުކޮށްފަ އެވެ. އެ މެޗުތަކުގައި ކޮންމެ ޓީމެއް ވަނީ ތިން މެޗުން މޮޅުވެފަ އެވެ. ލިވަޕޫލާއި ރެއާލް ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ކުޅުނު ހަމައެކަނި މެޗަކީ 2009 ވަނަ އަހަރުގެ ގަދަ 16 ޓީމުގެ ބުރުގަ އެވެ. އެ ފަހަރު ލިވަޕޫލް ވަނީ 5-0 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ރަށުންބޭރުގައި އާސެނަލް އަތުން މޮޅުވި މެޗު ބަދަލުކޮށްލީ ދެ ވަނަ ހާފްގައި ކުޅެން އެރި ޕޯޗުގީސް ވިންގް ޑިއޯގޯ ޖޮޓާ އެވެ. މިރޭ ރެއާލާ ދެކޮޅަށް މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އަދި ރޮބާޓޯ ފިރްމީނޯގެ އިތުރުން ޖޮޓާ ވެސް ލިވަޕޫލްގެ ފުރަތަމަ އެގާރައިގައި ހިމެނިދާނެތޯ ސުވާލުކުރުމުން ކްލޮޕް ދިނީ ތަފާތު ޖަވާބެކެވެ.

"ތި މީހުން ޖެހޭނީ ތީގެ ޖަވާބު ހޯދަން މަޑުކޮށްލަން. ޒިދާން ދިންތަ ޓީމުގެ ފުރަތަމަ އެގާރައިގެ މައުލޫމާތު؟ އެހެންވީމަ އެބަޖެހޭ މަޑުކޮށްލަން. އާސެނަލާ ދެކޮޅަށް އަހަރެމެންގެ ޓީމު ރަނގަޅު. ހަމަ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޓީމު ރަނގަޅު," ކްލޮޕް ބުންޏެވެ.

ސްޕެއިނުގެ ކްލަބަކާ ހަވާލުވާނަމަ ކްލޮޕް އިހުތިޔާރުކުރާނީ ކޮން ކްލަބެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނީ ސްޕެއިނުގައި އޭނާ ޝައުގުވެރިވާ ތިން ކްލަބް ހިމެނޭ ކަމަށާއި އެކަމަކު އޭނާ ސްޕެއިން ބަހަށް ފަރިތަނުވާތީ އެއީ އެހެން މީހުން އެހާ ގަޔާވާނެ ކަމެއް ނޫން ކަމަށެވެ.

އަނިޔާގެ މައްސަލަތަކުގެ ސަބަބުން މުހިއްމު ކުޅުންތެރިންތަކެއް ނުލައި ރެއާލާއި ލިވަޕޫލުން ވެސް ކުޅޭއިރު, މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox