ރައީސް ސޯލިހު ކޮވިޑު ވެކްސިން ފުރިހަމަ ކުރައްވައިފި

Apr 5, 2021, 3:35 PM
ރައީސް ސޯލިހު ކޮވިޑު ވެކްސިންގެ ދެ ވަނަ ޑޯޒް ޖައްސަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ކޮވިޑު ވެކްސިންގެ ދެ ވަނަ ޑޯޒް ޖައްސަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ރާއްޖޭގައި ކޮވިޑު ވެކްސިންގެ ޕްރޮގްރާމް ފެށި ދުވަހު ރައީސް ވަނީ ވެކްސިންގެ ފުރަތަމަ ޖައްސަވައިފަ އެވެ.

ފެބްރުއަރީ ނުވަ ވަނަ ދުވަހުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް މިހާރު ވަނީ ދޭން ފަށައިފަ އެވެ.

Advertisement

އެންމެ ފުރަތަމަ ކޮވިޝީލްޑް ވެކްސިން ދިންއިރު، ފަހުން ވަނީ ޗައިނާގެ ސިނޮފާމް ވެކްސިން ވެސް ދޭން ފަށައިފަ އެވެ.

ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށް އަށް ހަފްތާ ފަހުން ދެ ވަނަ ޑޯޒް ޖަހައި ދޭއިރު ސިނޮފާމް ޖެހި މީހުންނަށް 2-4 ހަފްތާގެ ތެރޭގައި ދެވަނަ ޑޯޒް ޖަހައިދެ އެވެ.

ވެކްސިން ފުރިހަމަ ކުރެއްވުމަށްފަހު ރައީސް ސޯލިހު ވަނީ ފުރަތަމަ ޑޯޒް ޖެހިފަހުން އަށް ހަފްތާ ވެފައިވާނަމަ ލަސްނުކޮށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

އަދި ފުރަތަމަ ނުޖަހާ ތިބި މީހުން ވެސް އަވަހަށް ވެކްސިން ޖެހުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ކަރަންޓީން ނުވެ އަތޮޅުތެރެއަށް ދިއުމުގެ ހުއްދަ ދިނުންފަދަ ލުއިތަކެއް ދޭން ވަނީ ނިންމާފަ އެވެ.

ކޮވިޑް ވެކްސިނަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ ރާއްޖޭން ވެކްސިން ޖަހައިފަ އެވެ. މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ވަނީ ވެކްސިން ދީފަ އެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެ ވަނަ ޑޯޒާ ދެމެދު މާ ގިނަ މުއްދަތެއް ނަގައިފި ނަމަ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވާތީ ލަސްނުކޮށް ވެކްސިން ފުރިހަމަކުރަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox