ޝެޑިއުލް މައްސަލައިގައި ގާޑިއޯލާގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ

Apr 5, 2021, 1:30 PM
މެޗެއްގެ ތެރެއިން ގާޑިއޯލާ ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗެއްގެ ތެރެއިން ގާޑިއޯލާ ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (އޭޕްރީލް 5) - ފީފާ އާއި ޔުއެފާ އިން ކުޅުންތެރިންގެ ސިއްހަތަށް މާ ބޮޑު ބެލުމެއް ނެތި މެޗުތަކުގެ ޝެޑިއުލް އެކުލަވާލާތީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ކޮވިޑް-19ގެ ކޭސްތައް މުޅި ދުނިޔޭގައި ފެތުރި އޭގެ ނުރައްކާ ބޮޑުވެ, މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ތިން މަހެއްހާ ދުވަހު ފުޓްބޯޅަ ލީގުތައް ހުއްޓުނެވެ. އަލުން މެއި އާއި ޖޫން މަހު ލީގުތަކުގެ ކުޅުން ފެށިއިރު, މެޗުތަކުގެ ޝެޑިއުލް އެކުލަވާލީ ތިން ދުވަހުން ކަހަލަ ގޮތަކަށް މެޗު ކުޅެން ޖެހޭ ކަހަލަ ގޮތަކަށެވެ. މި އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާ އަދި އޮލިމްޕިކްސް އޮތުމުން މާ ބޮޑު ބްރޭކެއް ނުދީ ގައުމުތަކުން އާ ސީޒަން ފެށި އެވެ.

ރަނގަޅު ޕްރީ ސީޒަނެއް ވެސް ނުލިބި މި ސީޒަން ފަށަން ޖެހުމުން ކްލަބްތަކުގެ ކޯޗުންގެ އެންމެ ބޮޑު ބޮލުގެ ރިހުމަކަށްވީ ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭ ގޮތަށް ޝެޑިއުލް އޮތްއިރު, ކުޅުންތެރިންގެ ރިކަވަރީ އަށް އެކަށީގެންވާ ވަގުތު ނުލިބޭ މައްސަލަ އެވެ. ސީޒަން ފެށިގެން ގިނަ ކޯޗުން އައީ އެ ޝަކުވާތައް ކުރަމުންނެވެ. ވަކި ހިސާބަކުން އެ ވާހަކަތައް މަޑުޖެހިފައި އޮތުމަށް ފަހު އަނެއްކާ އެ ވާހަކަތައް ދައްކަން ފެށީ މިދިޔަ މަހު ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް ކުޅެން ފަށައި ކުޅުންތެރިންނަށް ލޯޑު ބޮޑުވާން ފެށުމުންނެވެ.

Advertisement

"ޔުއެފާ އާާއި ފީފާ އިން ހަދާފައިމިވާ ޝެޑިއުލާ ހެދި ކުޅުންތެރިން މަރުވުން ކަހަލަ ކަމެއް މި ވަނީ. ފިޒިކަލީ މި ކުޅުންތެރިން ބޭނުންވާ ވަރަށް ނުކުޅެވޭތީ އަމާޒުވާ ފާޑުކިޔުންތަކާ ހެދި މި ކުޅުންތެރިންނަށް މެންޓަލީ ވެސް އަސަރުކުރޭ. މިއީ ކުޅުންތެރިންނާ މެދު ވަރަށް ބޭއިންސާފުން ކުރާ ކަމެއް," ލީގުގައި ހޮނިހިރު ދުވަހުގެރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.

ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗުކޮށްދިން ގާޑިއޯލާ ބުނީ އޭނާ މި ސީޒަނުގެ މެޗުތަކުގައި ހަތަރު ކުޅުންތެރިން ނޫނީ ފަސް ކުޅުންތެރިން މެޗުތަކުގައި ނެރޭ ފުރަތަމަ އެގާރަ އަށް ބަދަލު ގެންނާތީ ގިނަ ބަޔަކު ސުވާލުކުރާކަމަށާއި ހަގީގަތަކީ އެއީ ކުޅުންތެރިންގެ ސިއްހަތަށް ބަލާފައި ކުރާ ކަމެއް ކަމަށެވެ.

"މި ސީޒަން ފެށި ދުވަހުން މިއަދާ ހަމައަށް ވެސް ބައިނަލްއަގުވާމީ މެޗެއް ނެތިއްޔާ އަހަރެމެން މި އަންނަނީ ކޮންމެ ހަފްތާއާ އެކު ތިން މެޗު ނޫނީ ދެ މެޗު ކުޅެމުން. މި ހާލަތުގައި ޓީމު ބަދަލުނުކޮށް އަހަންނަށް ކުޅުންތެރިން ނުރައްކަލުގެ ތެރެއަށް ހުށަނޭޅޭނެ. ކުޅުންތެރިންގެ ހިތްހަމަނުޖެހުން ވެސް ހުންނާނެ ކުޅުމުގެ ފުރުސަތު ގިނައިން ނުލިބޭތީ. އެކަމަކު އެ ހިތްހަމަނުޖެހުމަށް ވުރެ ރަނގަޅުވާނެ ބޮޑު އިންޖަރީއެއް ނުވެ ސީޒަން ނިންމާލައިފިނަމަ," ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ސިޓީ މި ވަގުތު ހަތަރު މުބާރާތުގައި ރަނގަޅު ހިސާބެއްގައި ވާދަކުރަމުން އަންނަ ސަބަބަކީ އޭނާ އަމިއްލަ އަށް އިސްނަގައިގެން ކުޅުންތެރިންގެ ހައްގުގައި ރަނގަޅު ނިންމުންތަކެއް ނިންމާފައިވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox