އަތޮޅުތަކަށް އަންނަ އަހަރަށް 1.5 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫއު

ހިޔާ މަޝްރޫއުގެ ފްލެޓްތަކެއް: ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް އަންނަ އަހަރަށް ރާވާފައިވާ ކަމަށް އަސްލަމް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ހިޔާ މަޝްރޫއުގެ ފްލެޓްތަކެއް: ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް އަންނަ އަހަރަށް ރާވާފައިވާ ކަމަށް އަސްލަމް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ބޯހިޔާވަހިކަމުގެ ސިޔާސަތުގައި އަތޮޅުތަކަށް ހާއްސަކޮށްގެން އަންނަ އަހަރުގެ ތެރޭގައި 1.5 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ހައުސިން މިނިސްޓަރު އަސްލަމް މިދިޔަ ބުރާސްފަތިދުވަހު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް "އަދަދު" އަށް ވިދާޅުވީ އަތޮޅުތަކުގައި ކުރިއަށް ގެންދަން ރާވާފައިވާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ވިސްނުން ހުރީ ޖާގައިގެ ދަތިކަން ހުރި ރަށްތަކުގައި ރޯ ހައުސް އެޅުން ކަަމަށެވެ.

"އޭގައި އަޅުގަނޑުގެ ޕްރެފަރަންސް އަކީ ޖާގަ، ބިން ހުރި ތަންތަނުގައި ސިންގަލް ސްޓޯރީ ރޯ ހައުސް. ޖާގައިގެ ދަތިކަން ކޮންމެވެސް ވަރަކަށް ހުރި ތަންތަނުގައި ޓޫ ސްޓޯރީ ރޯ ހައުސަސް. ދެން ބިން ވަރަށް ބޮޑަށް ދަތިވެފަ ހުރި ތަންތަނުގަ ފްލެޓްސް," އަސްލަމް ވިދާޅުވި އެވެ.

Advertisement

މިނިސްޓަރު ވިދާޅުވި ގޮތުގައި, ރަށްރަށުގައި ފްލެޓް އަޅާނީ އިމާރާތް ފަސް ބުރިއަށް ވުރެން އުސް ނުވާނެ ގޮތަކަށެވެ.

މާލެ ހިމެނޭ ގޮތަށް މި އަހަރުގެ ތެރޭގައި ވެސް އަވަހަށް ހައުސިން މަޝްރޫއުތަކެއް ފަށަން ވަނީ ނިންމައިފަ އެވެ. އަތޮޅުތަކުގައި ބައެއް މަޝްރޫއުތައް ކުރިއަށްދާއިރު މާލެ ސަރަހައްދުގައި 5,000 ފްލެޓް އަޅަން ވަނީ އެކި ފަރާތްތަކާ އެކު ސޮއިކޮށްފަ އެވެ. އޭގެތެރޭގައި އެންމެ ހާލުގައި އުޅޭ މީހުންނަށް ދޭން ނިންމާފައިވާ ކައުންސިލް ހައުސިންގެ ޔުނިޓްތައް ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox