ޝާހިދުގެ ސިޔާސީ ކުރިމަގާ ގުޅުވި ތަފާތު މިސާލު!

މިނިސްޓަރު ޝާހިދު ސިޔާސީ ކުރިމަގާ ގުޅޭ ސުވާލު އަބަދު ކުރެވޭ: އޭނާ ދެއްވީ ތަފާތު ޖަވާބެއް - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މިނިސްޓަރު ޝާހިދު ސިޔާސީ ކުރިމަގާ ގުޅޭ ސުވާލު އަބަދު ކުރެވޭ: އޭނާ ދެއްވީ ތަފާތު ޖަވާބެއް - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

"އެ ދުވަހު ހިތަކަށް ވެސް ނާރާ މިއަދު މިހެން ވާނެއެކޭ،"

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ ރާއްޖޭގެ ސިޔާސީ މައިދާނުން ފެނިގެންދާ ހޮވާގުނާލެވޭ ވަރުގަދަ ޝަހުސިއްޔަތުންގެ ތެރެއަށް ވަންނަ ބޭފުޅެކެވެ. އެ ޝަހުސިއްޔަތާ ހެދި ޝާހިދުގެ ސިޔާސީ ހަޔާތުގެ އަމާޒުތަކާއި އުއްމީދުތަކުގެ ވާހަކަ އަބަދުވެސް މަތިކޮށް ދެކެވެ އެވެ.

ޅަ އުމުރުގައި ފޮރިން މިނިސްޓްރީގެ އާދައިގެ މުވައްޒަފަކުން މަސައްކަތް ފެއްޓެވި، ޝާހިދު ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އެވެ. އެއް ބާރުގެ ވެރިކަން ކުރެއްވުމަށް ދެން ވަޑައިގެންނެވީ ހާރިޖިއްޔާ ހިންގެވުމަށެވެ.

އެކަމަކު، އޭގެ ކުރިން ވެސް ފަހުން ވެސް އެންމެ ބާރުގަދަ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޝާހިދުގެ ޝައުގުވެރިކަން އޮތް ކަމުގެ ވާހަކަ ރަށު ތެރޭގައި ފެތުރެ އެވެ. އެމްޑީޕީން ތެރެއިން އެ ފުރުސަތު ހޯއްދެވުމަށް މަސައްކަތް ކުރެއްވި ކަމާއި މަސައްކަތް ކުރައްވާ ކަމެވެ.

އަބަދުވެސް ޝާހިދުގެ ކުރިމަތީ އޮންނަ މި ސުވާލާ އޭނާ މިފަހަރު ގުޅުވީ ތަފާތު މިސާލެކެވެ؛

"އަޅުގަނޑު ފޮރިން މިނިސްޓްރީއަށް ވަތްއިރު އަޅުގަނޑުގެ ބޮލުގައި ވަރަށް ގިނަ އިސްތަށި ހުރި، އޭރު އަޅުގަނޑު އެއްވެސް ވަރަކަށް އުއްމީދެއް ނުކުރަން އަޅުގަނޑުގެ ބޯ މިހާރު މިހުރި ހާލަތަށް އަތުވެދާނެ ކަމަކަށް،" ޝާހިދު މިސާލު ދެއްވި އެވެ.

"އެހެންވީމަ ދެން އަޅުގަނޑަށް ކުރިމަގުގައި ވާނެ ގޮތެއް މިހެން އިނދެފާ ދަންނަވާކަށް ނޭނގޭ."

ޝާހިދު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކުރުމަށް، އެފަހަރަކު އެ ދިމާވި ކޮންމެ ދާއިރާއަކުން ވެސް ހިދުމަތް ކުރުމުގައި ދެމި ހުންނާނެ ކަމެވެ.

"ރައްޔިތުންނަށް ހިދުމަތް ކުރުން ކަމުގައިވަނީނަމަ، އެކަމުގައި އަޅުގަނޑު ދެމިހުންނާނަން،"

އެމްޑީޕީގައި ހިޔާލު ތަފާތުވުންތަކެއް، މައްސަލައެއްތަ؟

އެމްޑީޕީގެ އެތެރޭ ކޮއިލު ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އެބަ ފެނެ އެވެ. އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ ދެމެދު އޮތް ނުތަނަވަސްކަން އާންމުންގެ ލޮލާ ހަމައަށް މިހާރު ވަނީ ތިލަވެފަ އެވެ.

މިއީ އެމްޑީޕީ ބައިބައިވެ ބަލިކަށިވެދާނެ ކަމެއް ކަމަށް ބަޔަކު ދުށް ކަމުގައިވީ ނަމަވެސް، އެ ޕާޓީގައި މިހާރު ނުފޫޒުގަދަ ޝާހިދުގެ ހިޔާލު ތަފާތެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، އެމްޑީޕީ އެމްޑީޕީއަކަށް ވަނީ ހިޔާލު ތަފާތުވާންތަކަށް ފުރުސަތު ލިބޭތީ އެވެ. އެއް ވިސްނުމަކަށް، އެއް ހިޔާލަކަށް، އެއް ފިކުރަކަށް ޖާގަދޭ ޕާޓީއަކަށް އެމްޑީޕީ ވާނަމަ ޑިމޮކްރަޓިކް ޕާޓީއަކަށް ނުވާނެ ކަމަށެވެ.

"އޭރަށް ވަނީ ހުދުމުތާރު ޕާޓީއަކަށް، ކޮމިއުނިސްޓް ޕާޓީއަކަށް،" ޝާހިދު ވިދާޅުވި އެވެ. "އެހެންވީމަ އެމްޑީޕީ އެމްޑީޕީއަކަށް މި ވަނީ ތަފާތު ހިޔާލުތަކާއި ފިކުރުތަކަށް ޖާގަ ދޭތީ،"

އެމްޑީޕީގައި ހިޔާލު ތަފާތުވުމަށް ޖާގަ ލިބޭނަމަ ޝާހިދު ވިދާޅުވި ގޮތުގައި، ޕާޓީގެ ވިސްނުންތަކަށް އަބަދުވެސް އުޖާލާކަމާއި އާރޯކަން ލިބިގެންދާނެ ކަމަށެވެ.

މިހާރު އެމްޑީޕީގެ ހިޔާލު ތަފާތުވުންތަކުގެ އަސްލު ކަމުގައިވެފައިވާ، މިނިސްޓަރު ފައްޔާޒާ ގުޅޭ ގޮތުން ވެސް ޝާހިދުގެ ވާހަކަަތައް އޮމާނެވެ.

"އެއީ، ގާތުން ދަންނަ ހީވާގި ވަޒީރެއް،"

ކޮރަޕްޝަނަށް ނޫނެކޭ، ވެންޓިލޭޓަރު މައްސަލާގައި ބުނާނެ އެއްޗެއް ނެތް

ފައްޔާޒާ ގުޅޭ ހިޔާލު ތަފާތުވުންތައް އުފެދިގެން އައީ އޭނާގެ މައްޗަށް ނަޝީދު ކޮރަޕްޝަންގެ ތުހުމަތު ކުރެއްވި ހިސާބުންނެވެ. ކޮރަޕްޝަންގެ ވާހަކައިން މިހާރު އެންމެ ކުރިއަށް އަންނަ މައްސަލައަކީ ކޮވިޑާ ގުޅިގެން ރާއްޖެއަށް ހޯދަން އުޅުނު ވެންޓިލޭޓަރުގެ މައްސަލަ އެވެ.

ދައުލަތަށް އެ މައްސަލައިގެ ތެރެއިން 31 މިލިއަން ރުފިޔާ ގެއްލިގެން ގޮސްފައިވާ އޭގައި، މިހާތަނަށް ވެސް ދައުވާ ނުކުރެވި އޮތުމަކީ އެމްޑީޕީ ސަރުކާރާއެކު އޮންނަން ބޭނުން ނުވާނެ ކަމެއްގެ ގޮތުގައި ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވާ ގޮތުން އެ މުއާމަލާތުގައި އުޅުނު ދައުލަތުގެ މީހުން ކުށްވެރިވެ އެވެ.

އެކަމަކު، ޝާހިދުގެ ވާހަކަފުޅު ހުރީ އެގޮތަކަށް ނޫނެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި މިހާރުގެ ނިޒާމް އޮތީ އެފަދަ ކަންކަން ސަރުކާރުން ބަލާ ގޮތަކަށް ނޫނެވެ. އެކަމަށް މިނިވަން ވަކި ބާރެއް ހަދާފައިވާ ކަމެވެ. ވަކި މީހަކު ކުށްވެރިކަމެއް ނޫން ކަމެއް ކަނޑައެޅުމުގެ ބާރު އޮތީ ކޯޓުތަކަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ކަނޑައެއް ނޭޅޭނެ ވަކި ބަޔަކު ކުށްވެރިވާ ކަމަކަށް އަދި ވަކި ބަޔަކު ކުށްވެރި ނުވާ ކަމަކަށް، އެކަމަށް މިއޮތީ ޝަރުއީ ނިޒާމެއް ކަނޑައެޅިފައި، އެހެންވީމަ އެ ނިޒާމްގެ ތެރެއިން އެކަން ކުރިއަށް ގެންދާނީ،" ޝާހިދު ވިދާޅުވި އެވެ.

އެހެންވެ އެކަމުގައި އިސްވެ އެއްޗެއް ބުނުމަކީ ކޯޓުން ނިންމަން ޖެހޭ ނުވަތަ ޕްރޮސިކިއުޓާ ޖެނަރަލްގެ ނިންމަން ޖެހޭ ނިންމުމަކަށް ގޮތް ކިޔުން ކަމުގައި ޝާހިދު ދެކެވަޑައިގަންނަވަ އެވެ. އެކަން ކުރުމަކީ ސަރުކާރުގެ ތެރޭގައި ހުރެގެން އޭނާއަށް ކުރެއްވާނެ ކަމެއް ނޫން ކަމެވެ.

"ގާނޫނު އަސާސީއިން އަޅުގަނޑަށް އެ ފުރުސަތު ނުވެސް ދޭ."

ޝާހިދު ވިދާޅުވި ގޮތުގައި މި ސަރުކާރުން އެއް އިރެއްގައި ވެސް ކޮރަޕްޝަން ގަބޫލެއް ނުކުރާނެ އެވެ. ވެންޓިލޭޓަރު މައްސަލާގައި ވެސް އޮޑިޓް ރިޕޯޓް އައުމާއެކު ސަރުކާރަށް އެކަމުގައި އެޅޭނެ ފިޔަޅުތައް އެޅި ކަމަށެވެ.

"ތުހުމަތު ކުރެވޭ ބޭފުޅުން ގޭގައި ބޭތިއްބި، އިސްތިއުފާ ދޭން ޖެހޭ ބޭފުޅުން އެކަން ކުރެއްވި،" ޝާހިދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox