ސިޓީ ލީގާ ގާތަށް, ލިވަޕޫލުން އާސެނަލް ބަލިކޮށްފި

Apr 4, 2021, 5:20 AM
ލަނޑު ޖެހުމަށް ފަހު ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ

ލަނޑު ޖެހުމަށް ފަހު ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ

ލަންޑަން (އޭޕްރީލް 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ 2-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީ ލީގު ހޯދުމާ ގާތަށް ޖެހިލިއިރު, އާސެނަލް ދަނޑުގައި ދެ ވަނަ ހާފުގެ ގޯލުތަކާ އެކު 3-0 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.

ސިޓީ އެއް ވަނައިގައި އޮތީ 31 މެޗުން 74 ޕޮއިންޓާ އެކު އެވެ. ލީގު ކަށަވަރުކުރަން އެ ޓީމަށް ބާކީ އޮތް ހަތް މެޗުން ބޭނުންވަނީ ހަތަރު މޮޅެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 29 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ލެސްޓާ އަށް 30 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު, ރޭ އަމިއްލަ ދަނޑުގައި 5-2 އިން ވެސްޓް ބްރޮމް އަތުން ބަލިވި ޗެލްސީ ހަތަރު ވަނައިގައި އޮތީ 30 މެޗުން 51 ޕޮއިންޓާ އެކު އެވެ. ރޭގެ މޮޅާ އެކު ލިވަޕޫލް ފަސް ވަަނައިގައި އޮތީ 30 މެޗުން 49 ޕޮއިންޓް ހަމަކޮށްގެންނެވެ.

ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ސިޓީން ދެ ގޯލު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 58 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ފްރާންސްގެ ފުލްބެކް ބެންޖަމިން މެންޑީ އެވެ. މެޗު ނިމެން 15 މިނިޓަށް ވެފައި ހުއްޓައި ސިޓީގެ ދެ ވަނަ ގޯލު ޖެހީ ގަބްރިއެލް ޖޭސޫސް އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ 17 ޕޮއިންޓުގެ ލީޑެއް މި ވަގުތު އޮތްކަމުގައި ވިޔަސް އަދި ހުރިހާ ކަމެއް ނިމުނު ކަމަށް ބެލެވެން ނެތް ކަމަށާއި އަދިވެސް ޗެމްޕިއަނުންނަކީ ލިވަޕޫލް ކަމަށެވެ. ރަށުންބޭރުގައި ސިޓީ ވަނީ އެންމެ ފަހުން ކުޅުނު 15 މެޗުން ވެސް މޮޅުވެފަ އެވެ.

އަނިޔާގެ މައްސަލަތަކުގެ ސަބަބުން އާސެނަލްގެ ބައެއް މުހިއްމު ކުޅުންތެރިން ނުލައި ކުޅުނު ރޭގެ މެޗުގައި ލިވަޕޫލް ކޮޅަށް ނަތީޖާ އަނބުރާލުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ދެ ވަަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑިއޯގޯ ޖޮޓާ އެވެ. ކުޅެން އެރިތާ ތިން މިނިޓް ތެރޭ ޖޮޓާ ވަނީ ލިވަޕޫލަށް ލީޑުނަގައިދީފަ އެވެ. މިއީ ޓްރެންޓް އަލެކްސަންޑާ އާނޯލްޑް ނެގި ހުރަހަކުން މެޗުގެ 64 ވަަނަ މިނިޓްގައި ޖޮޓާ ބޮލުން ޖެހި ގޯލެކެވެ.

އޭގެ ހަތަރު މިނިޓް ފަހުން މުހައްމަދު ސަލާހު ވަނީ ލިވަޕޫލްގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި ލިވަޕޫލަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިން ފަހު ގޯލު ޖޮޓާ ކާމިޔާބުކުރީ މެޗު ނިމެން އަށް މިނިޓަށް ވެފައި ހުއްޓަ އެވެ. ހަތަރު ވަނަ ލަނޑެއް ޖަހަން ސަލާހާއި ސަޑިއޯ މާނޭ އަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ހުރިހާ ގޮތަކުން ބެލިކަމުގައި ވިޔަސް އޭނާގެ ޓީމަށް މި މޮޅު ހައްގު ކަމަށާއި ދެއްކި ކުޅުމަށް ކުޅުންތެރިންނަށް ތައުރީފްކުރާ ކަމަށެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މި ބަލީގެ ޒިންމާ އޭނާ ނަގާނެ ކަމަށާއި ލިވަޕޫލުން ހޯދީ ހައްގު މޮޅެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox