ޔުވެންޓަސް އާއި މިލާން މޮޅުނުވުމުގެ ފައިދާ އިންޓަ އިން ނަގައިފި

Apr 4, 2021, 4:42 AM
ޔުވެންޓަސް އާއި މިލާން މޮޅުނުވުމުގެ ފައިދާ އިންޓަ އިން ނަގައިފި

މިލާން (އޭޕްރީލް 4) - އިޓާލިއަން ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އާއި ލީގުގެ ދެ ވަނައިގައި އޮތް އޭސީ މިލާން ކުޅުނު މެޗުތަކުން އެއްވަރުވިއިރު, އިންޓަ ކުޅުނު މެޗުން މޮޅުވެ ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ބޮލޯނިއާ އަތުން 1-0 އިން މޮޅުވެ އިންޓަ އެއް ވަނައިގައި އޮތީ 28 މެޗުން 68 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް މިލާން ރޭ އަމިއްލަ ދަނޑުގައި ސަމްޑޯރިއާއާ 1-1 އިން އެއްވަރުވިއިރު, މިލާނަށް 29 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ އުދިނޭޒީ އަތުން 3-2 އިން މޮޅުވި އެޓަލަންޓާ އެވެ. އެ ޓީމަށް 29 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު, ޔުވެންޓަސް ހަތަރު ވަނައިގައި އޮތީ 28 މެޗުން 56 ޕޮއިންޓާ އެކު އެވެ. ރޭ ޔުވެންޓަސް ކުޅުނު މެޗުން ވަނީ ޓޮރިނޯއާ 2-2 އިން އެއްވަރުވެފަ އެވެ. ރޭގެ ނަތީޖާއާ އެކު ޔުވެންޓަސް އަށް ޖެހިޖެހިގެން 10 ފަހަރު ލީގު ކާމިޔާބުކުރަން ކުރާ މަސައްކަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ އެވެ.

ސަމްޕޯރިއާ އިން ވަނީ ރޭ މިލާން ދަނޑުގައި މެޗުގެ 57 ވަނަ މިނިޓްގައި ތަޖުރިބާކާރު ފޯވާޑް ފަބިއޯ ކުއަގްލިއަރެއްލާގެ ލަނޑުން ލީޑުނަގައިފަ އެވެ. މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް މިލާނަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޔެންސް ޕީޓާ ހޯގް އެވެ.

ޓޮރީނޯ ދަނޑުގައި ރޭ ކުޅުނު މެޗުގެ 13 ވަނަ މިނިޓްގައި ޔުވެންޓަސް އަށް ލީޑުނަގައިދިނީ ފެޑެރީކޯ ޗިއޭސާ އެވެ. ޓޮރީނޯ އިން ނަތީޖާ އަނބުރާލީ 27 ވަނަ މިނިޓާއި 46 ވަނަ މިނިޓްގައި އެންޓޯނިއޯ ސަނަބްރިއާ ޖެހި ގޯލުތަކުންނެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް އެއްވަރުކޮށްދިނީ މެޗުގެ 77 ވަނަ މިނިޓްގަ އެވެ. އެ ގޯލު ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ ގޯލު ބަަލައިގަންނާށެވެ.

އިންޓަ އިން ބޮލޯނިއާ ކޮޅަށް ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ޖެހުނީ އެންމެ ގޯލެކެވެ. މެޗުގެ ފުރަތަމަ ހާފުގައި އެ ލަނޑު ކާމިޔާބުކުރީ 31 ވަނަ މިނިޓްގައި ރޮމެލޫ ލުކާކޫ އެވެ.

ރޭގެ މޮޅާ އެކު އިންޓަ އިން އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނެގި ނަމަވެސް މެޗު ހަމަކުރާއިރު އެ ލީޑު 11 ޕޮއިންޓަށް ފުޅާކުރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ބާކީ ގިނަ މެޗުތަކެއް ހުރުމުން އަދި އެއްވެސް ކަމެއް ޔަގީންކުރަން ބޭނުމެއް ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox