ޗެލްސީގައި ޓުޗެލްގެ ރެކޯޑަށް ނިމުން ގެނައީ ވެސްޓް ބްރޮމް

Apr 3, 2021, 2:09 PM
މިއަދުގެ މެޗުގެ ތެރެއިން ޗެލްސީގެ ތިއާގޯ ސިލްވާ އަށް ރަތް ކާޑު ދައްކަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް

މިއަދުގެ މެޗުގެ ތެރެއިން ޗެލްސީގެ ތިއާގޯ ސިލްވާ އަށް ރަތް ކާޑު ދައްކަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް

ލަންޑަން (އޭޕްރީލް 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމްވިޗް އެލްބިއަން އަތުން 5-2 އިން ބަލިވެ, ޗެލްސީގެ ކޯޗުކަމާ ހަވާލުވެ ތޯމަސް ޓުޗެލް ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑަށް ނިމުން އައިސްފި އެވެ.

ފުރަތަމަ ހާފުގައި ތިއާގޯ ސިލްވާ އަށް ރަތް ކާޑު ދެއްކުމުން ޗެލްސީން މެޗުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މިދިޔަ ޖެނުއަރީ މަހު ފަހުކޮޅު ފްރޭންކް ލަމްޕާޑް ޗެލްސީގެ ކޯޗުކަމުން ވަކިކޮށް ޑިސެމްބަރު މަހު ޕީއެސްޖީން ދޫކޮށްލި ޓުޗެލްއާ ޗެލްސީ ހަވާލުކުރީ 18 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޗެލްސީއާ ހަވާލުވެ ޓުޗެލް އެންމެ ފުރަތަމަ ނުކުތް 14 މެޗުން ބަލިވެފައިނުވެ އެވެ.

މިއަދުގެ ނަތީޖާއާ އެކު ޗެލްސީ ލީގުގެ ހަތަރު ވަނައިގައި އޮތީ 30 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ. އެކަމަކު މި ހަފްތާގައި މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ޗެލްސީ އަށް ހަތަރު ވަނަ ގެއްލުމުގެ ފުރުސަތު ބޮޑެވެ. ޗެލްސީގެ ކޯޗު ޓުޗެލް ބުނީ މެޗުން ބަލިވުމުގެ އެންމެ ބޮޑު ސަބަބަކީ ރަތް ކާޑު ކަމަށެވެ.

"ރަތް ކާޑާ އެކު މެޗު ބަދަލުވެއްޖެ. ވަރަށް ފަސޭހަ ގޯލުތަކެއް އަހަރެމެން ކޮޅަށް ވަނީ ވެސް. މި ކަހަލަ ކަންތައްތައް އަހަރެމެންގެ ދެކޮޅަށް ހުރީމަ ދެން ނަތީޖާ އަނބުރާލަން އުނދަގޫވާނެކަން އެނގުނު. އެކަމަކު މިއީ އަހަރެން އެއްވެސް ވަރަކަށް ހީކުރި ނަތީޖާއެއް ނޫން," ޓުޗެލް ބުންޏެވެ.

މިރޭގެ މެޗުގައި ޗެލްސީން ލީޑުނެގީ މެޗުގެ 27 ވަނަ މިނިޓްގައި ކްރިސްޓިއަން ޕުލިސިޗް ޖެހި ގޯލުންނެވެ. އެކަމަކު ޗެލްސީ އަށް މައްސަލަ ދިމާވީ އޭގެ ދެ މިނިޓް ފަހުން އެ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

ލީގުގެ 19 ވަނައިގައި އޮތް ވެސްޓް ބްރޮމް އިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދެ ގޯލު ޖަހައި މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ. ދެ ގޯލު ވެސް ޖެހީ މަތައިސް ޕެރޭރާ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 63 ވަނަ މިނިޓްގައި ކަލުމް ރޮބިންސަންގެ ގޯލުން ވެސްޓް ބްރޮމް ތިން ގޯލުގެ ލީޑެއް ނެގި އެވެ. އެ ހިސާބުން ވެސް ފަސް ޖެހުމެއްނެތި އޭގެ ފަސް މިނިޓް ފަހުން ވެސްޓް ބްރޮމް ވަނީ ހަތަރު ވަނަ ގޯލެއް ޖަހައިފަ އެވެ. މި ގޯލު ޖެހީ އެމްބާއޭ ޑިއާގްނޭ އެވެ.

ޗެލްސީގެ މޭސަން މައުންޓް ވަނީ ގޯލެއް ޖަހައި ޗެލްސީ އަށް އުއްމީދެއް ހޯދައިދީފަ އެވެ. އެކަމަކު އެ ހިސާބުން ވެސް އިތުރު ހިތްވަރެއްލައިގެން ޗެލްސީ އަށް ކުރިއަށް ނުދެވުމުގެ ނަތީޖާއަކަށްވީ މެޗުގެ އިތުރު ވަގުތުގައި ރޮބިންސަން ވެސްޓް ބްރޮމް އަށް އިތުރު ގޯލެއް ޖަހައިދިނުމެވެ.

މިއީ 2011 ވަނަ އަހަރު ޗެލްސީ ދަނޑުގައި 5-3 އިން އާސެނަލް މޮޅުވި ފަހުން ލީގުގެ މެޗެއްގައި ޗެލްސީ ކޮޅަށް އިދިކޮޅު ޓީމުން ފަސް ގޯލު ޖެހި ފުރަތަމަ ފަހަރެވެ. ވެސްޓް ބްރޮމްގެ ކޯޗު ސޭމް އަލަޑައިސް ބުނީ އޭނާގެ ޓީމުން ދެއްކީ ތަފާތު ހިތްވަރެއް ކަމަށާއި ޖެހި ގޯލުތަކުގެ ފެންވަރު ވެސް ރަނގަޅު ކަމަށެވެ.

މި މޮޅާ އެކު ވެސްޓް ބްރޮމް ލީގުގެ 19 ވަނައިގައި އޮތީ 30 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox