ފޯމު ދަށް ވިޔަސް ލިވަޕޫލް ފެންނަނީ ވަރުގަދަކޮށް: އާޓެޓާ

Apr 3, 2021, 9:45 AM
ލީގުގެ މެޗެއްގެ ތެރެއިން އާޓެޓާ (ކ) އާއި ކްލޮޕް.-- ފޮޓޯ: އޭއެފްޕީ

ލީގުގެ މެޗެއްގެ ތެރެއިން އާޓެޓާ (ކ) އާއި ކްލޮޕް.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު މި ވަގުތު އެ ޓީމު އޮތީ ކުރީގެ ފޯމުގައި ނޫން ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލް ވަނީ މި ސީޒަނުގައި އަނިޔާ އާއި އެ ނޫން ވެސް މައްސަލަތަކާ ހެދި ވަރަށް ބޮޑަށް ފޯމު ގެއްލިފަ އެވެ. މި ވަގުތު ގަދަ ހަތަރެއްގެ ތެރެއަށް ވަންނަން މަސައްކަތްކުރަމުން އަންނަ ލިވަޕޫލް ލީގުގެ ހަތް ވަނައިގައި އޮތްއިރު އާސެނަލް އޮތީ ނުވަ ވަނައިގަ އެވެ. ލިވަޕޫލަށް 29 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު, އާސެނަލަށް ވަނީ 29 މެޗުން 42 ޕޮއިންޓް ލިބިފަ އެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސެނަލްގެ ކޯޗު އާޓެޓާ ބުނީ ޓީމުތަކުގެ ފެންވަރަށް ބަލާއިރު ލިވަޕޫލަކީ ގަދަ ދެ ޓީމުގެ ތެރޭގައި އޮންނާނެ ޓީމެއް ކަމަށެވެ. އެކަމަކު ހާލަތު ބަދަލުވަމުން އައި ގޮތުން ލިވަޕޫލްގެ ފޯމު ގެއްލުމުން މި ވަގުތު ނަތީޖާތަކަށް ބަލާއިރު, އެ ޓީމު އޮތީ ކުރީގެ ފެންވަރުގައި ނޫން ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް އާޓެޓާ ބުންޏެވެ.

Advertisement

"މިދިޔަ އަހަރުތަކުގައި ލިވަޕޫލުން ދެއްކި ކުޅުމަށް ބަލާއިރު އެ ކޮލިޓީ އަދިވެސް އެ ޓީމުގައި އެބައޮތް. އެކަމަކު މި ވަގުތަށް ބަލާނަމަ އެ އޮތީ އެ ލެވަލްގައެއް ނޫން ނަތީޖާ ނެރުމުގެ ކަންތައްތައް. އެހެންވީމަ މީގެ އެބަހުރި ތަފާތުތަކެއް. އަހަރެމެން ބަލަން ޖެހޭނީ މީގެއިން އަހަރެމެންނަށް އޮތް ފުރުސަތަކަށް. މަސައްކަތްކުރަންވީ އޭގެ އަށް," އާޓެޓާ ބުންޏެވެ.

ބައިނަލްއަގުވާމީ މެޗުތަކަށް ދެ ހަފްތާ އަށް ކްލަބްތަކުގެ ފުޓްބޯޅަ މެދުކަނޑާލުމަށް ފަހު މިއަދު އަލުން ފަށާއިރު, އާސެނަލަށް ވަނީ އަނިޔާގެ މައްސަލަތައް ކުރިމަތިވެފަ އެވެ. އެކާވީސް އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ދާދި ފަހުން ކުޅުނު އާސެނަލްގެ ދެ ކުޅުންތެރިން ކަމަށްވާ ބުކާޔޯ ސަކާ އާއި އެމީލް ސްމިތު ރޯވް އަށް ފިޓްނަސް މައްސަލަތަކެއް ކުރިމަތިވެފައިވާއިރު, ޑޭވިޑް ލުއިޒާއި ގްރޭނިޓް ޝާކާ ވެސް ހުރީ އަނިޔާގަ އެވެ.

"ނަތީޖާ ނެރެވޭވަރުގެ ޓީމެއް ނެރެވޭނެ ކަމަށް މި ބަލަނީ. އިންޓަނޭޝަނަލް ބްރޭކަށް ދިޔައިރު ޓީމު އޮތީ ރަނގަޅު ހިސާބެއްގައި. އަލުން ހުއްޓާލި ހިސާބުން ފެށުން ވާނީ އުނދަގޫ ކަމަކަށް. އެހެން ނަމަވެސް މަސައްކަތްކޮށްފިއްޔާ ރަނގަޅަށް ކުޅެވޭނެ," ލިވަޕޫލް އަތުން އާސެނަލް ދެ މެޗުން މޮޅުކޮށްދީފައިވާ އާޓެޓާ ބުންޏެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ގަދަ ހަތަރެއްގެ ތެރެއަށް ވަންނަން ބޭނުންނަމަ ލީގުގައި ބާކީ ހުރި މެޗުތަކުން ޕޮއިންޓް ގެއްލުން ވީހާ ވެސް މަދުކުރަން ޖެހޭ ކަމަށެވެ. އަދި ފަރުވާކުޑަކޮށްލައިގެން ދެން ލީގުގައި ހާސިލްކުރެވޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ކްލޮޕް ބުންޏެވެ.

"ދެން ފަސޭހަކޮށްލައިގެން ތިބެގެން އިތުރު ޕޮއިންޓްތަކެއް ގެއްލުވާލަން ނެތިން. އަހަރެމެން އެބަޖެހޭ ދެން ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގައި ކޮންމެ މެޗަކުން ވެސް މޮޅުވެވޭތޯ ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން," ކްލޮޕް ބުންޏެވެ.

ލިވަޕޫލް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކުގައި އަނިޔާގެ ސަބަބުން ބައިވެރިނުވެވުނު ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ ވަނީ މިރޭގެ މެޗަށް ފިޓްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox