އަމާޒަކީ 13,000-15,000 ފްލެޓު ފަށައި ބޮޑު ބައެއް ނިންމުން: މިނިސްޓަރު

މިނިސްޓަރު އަސްލަމް "އަދަދު"އަށް ވާހަކަ ދައްކަވަނީ: ދައުރު ނިމޭއިރު ބޯހިޔާވަހިކަމުގެ ވައުދު ފުއްދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި. --ފޮޓޯ:ހުސެއިން ވަހީދު/އަދަދު

މިނިސްޓަރު އަސްލަމް "އަދަދު"އަށް ވާހަކަ ދައްކަވަނީ: ދައުރު ނިމޭއިރު ބޯހިޔާވަހިކަމުގެ ވައުދު ފުއްދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި. --ފޮޓޯ:ހުސެއިން ވަހީދު/އަދަދު

މި ދައުރުގެ ތެރޭގައި ގާތްގަނޑަކަށް 15,000 ފްލެޓުގެ މަސައްކަތް މާލޭގައި ފަށައި އޭގެތެރެއިން ބޮޑު ބައެއް ނިންމަން އަމާޒު ހިފާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިދިޔަ ބުރާސްފަތިދުވަހު ވިދާޅުވެއްޖެ އެވެ.

މާލެ އާއި ރަށްރަށުގެ ބޯހިޔާވަހިކަމަށް މި ސަރުކާރުން ގިނަ ވައުދުތަކެއް ވި ނަމަވެސް އެ މަޝްރޫއުތައް ތަންފީޒުކުރުމުގައި ލަސްކަމުގެ ޝަކުވާ ބޮޑެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ މި ވެރިކަމުގައި މިހާތަނަށް ފްލެޓްތަކުގެ އަމަލީ މަސައްކަތް ފެށިފައި ނުވުމެވެ. އެކަމަކު މިނިސްޓަރު އަސްލަމް އެކަން ދިފާއުކުރެއްވި އެވެ.

މާލޭގައި އެންމެ ބޮޑު މައްސަލަ އަދި އަތޮޅުތަކުގައި ވެސް ދަތިވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުން ދައުރު ދެބައިވި އިރު ނުފޭށޭއިރު, ވައުދުވި އަދަދަށް ފްލެޓްތައް ނިމިދާނެތޯ "އަދަދު" އިން އެހުމުން މިނިސްޓަރު ވިދާޅުވީ ހުރިހާ ސަރުކާރުތަކެއްގައި ވެސް ބޯހިޔާވަހިކަން ތަންފީޒުކުރަން ފެށީ ދެ އަހަރަށް ފަހުގައި އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ވެސް ހައުސިން މަޝްރޫއުތައް ފެއްޓީ ދައުރު ދެބައިވި ފަހުން ކަމަށާއި ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ބޮޑުބައެއް ވެރިކަން ނިމުނުއިރު ފުރިހަމަނުވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަމަ ސަރުކާރާ ހަވަލުވިފަހުން [ހިޔާ މަޝްރޫއުގެ] އެ މަސައްކަތް ކޮންޓިނިއުކުރީ އަސްލު. މީގެއިން އެއްވެސް ޕްރޮޖެކްޓަކީ އަމިއްލައަށް އޭގެ ޒާތުގައި ކަމެއް ދިމާނުވެ ހިނގަހިނގާ ހުންނާނެ އެއްޗިއްސެއް ނޫން ދެއްތޯ. އެހެންވީމަ ދިމާވެފައި ހުރި މައްސަލަތަކަކާ އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ތެރެއިން ލާފައި ގޮސް ވެސް އޭގެ ހިއްސާއެއް މި ސަރުކާރުގައި ވެސް އެބަ އޮތް," އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް މާލެ ސަރަހައްދުގައި އެކަނި ވެސް 5,000 ފްލެޓް އަޅަން ހަވާލުކޮށްފައިވާ ކަމަށާއި ރަށްރަށުގައި އަންނަ އަހަރު 1.5 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫއު ކުރިއަށް ގެންދަން ޕްލޭންކޮށްފައިވާ ކަމަށެވެ.

"އަމާޒު މިހިފަނީ އަޅުގަނޑުމެން 13،000-15،000 ދޭތެރޭގައި ހައުސިން އަޅުގަނޑުމެން ފައްޓައިގެން ބޮޑު މިންވަރެއް ނިންމަން," އަސްލަމް ވިދާޅުވި އެވެ.

އަޅުގަނޑުމެން އެންމެ ބޮޑަށް އެދެނީ އެކީގައި ނިންމުން. ފަހަރެއްގައި އެކަމަކު ހުރިހާ ފްލެޓެއް ނުނިމިދާނެ ދައުރު ނިމޭއިރު. އެހެން ނަމަވެސް ބޮޑު މިންވަރެއް ނިމިފައި އޮންނާނީ އަސްލުގައި.

މި ސަރުކާރުގެ ވިސްނުމަކީ ކައުންސިލް ހައުސިން އާއި އެފޯޑަބަލް ހައުސިންގެ އިތުރުން މިޑްލް އިންކަމްގެ ކެޓަގަރީއެއް ކުރިއަށް ގެންދިއުމެވެ. މި ތިން ކެޓަގަރީއަށް ކޮންމެ ވަޒީފާއެއް އަދާކުރިއަސް ކުރިމަތިލެވޭނެ ގޮތަށް ހުޅުވާލަން އޮތީ ނިންމައިފަ އެވެ.

އުސޫލް ފައިނަލްވުމުން ހުޅުވާލަނީ

ހައުސިން މިނިސްޓްރީން އާއްމުކޮށްފައިވާ ގޮތުގައި ބޯހިޔާވަހިކަން ބޭނުންވާ 17,000 މީހުން މާލޭގައި އެބަތިއްބެވެ. އޭގެތެރެއިން 5,600 މީހުންނަކީ މާލޭގެ ރަށްވެހިންނެވެ. ދެން ތިބީ އެކި ރަށްރަށުން މާލެއަށް ހިޖުރަކޮށްފައިވާ ގާތްގަނޑަކަށް 11,000 މީހުންނެވެ.

ފުރަތަމަ މަސައްކަތް ކުރަމުން އަންނަނީ މާލޭ ރަށްވެހިންގެ ކެޓަގަރީން ބޯހިޔާވަހިކަމަށް ކުރިމަތިލުމުގައި ގެންގުޅޭނެ އުސޫލާއި ޝަރުތުތައް ކަނޑައެޅުމެވެ. ރައްޔިތުންގެ މަޖިލީހާއި ކެބިނެޓުގެ ކޮމިޓީއަކާއި މާލޭގެ މޭޔަރާ އެކު ޝަރުތުތައް ކަނޑައަޅަން ވަނީ މަޝްވަރާކޮށްފަ އެވެ.

އުސޫލް ނިމުމުން މާލޭގެ ރަށްވެހިން ކެޓަގަރީއާ އެކު ކުރިއަށް އޮތް ހުރި މަޝްރޫއުތަކަށް ހުޅުވާލާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އަޅުގަނޑުމެން އަދި ނުނިންމަން ކޮންމެ އިރަކު ވެސް ކުރިމަތިލެވޭނެ ގޮތަށް ބާއްވާނީތޯ ނޫނީ ވަކި މުއްދަތަކަށް ހުޅުވާލާފައި ބަންދުކޮށްފައި, ދެން ހައުސިން ޔުނިޓް ހަވާލުކޮށްފައި, މުއްދަތެއް ދީފައި އަލުން ހުޅުވާލާނީތޯ. -- މިނިސްޓަރު

މާލޭގެ ރައްޔިތުންގެ ކެޓަގަރީއާ ގުޅޭ ޝަރުތުތައް މިހާރު ވަނީ ކަނޑައަޅައިފަ އެވެ. އެންމެ ބޮޑު ބަދަލަކަށް އޮތީ އެ ކެޓަގަރީން ކުރިމަތިލާ ނަމަ މާލޭގެ ރަށްވެއްސެއްގެ ގޮތުގައި 15 އަހަރު ހޭދަވުމެވެ.

މާލޭ ރަށްވެހިންގެ ކެޓަގަރީގެ ބައެއް ޝަރުތުތައް

- މާލޭގެ ރަށްވެއްސެއްގެ ގޮތުގައި 15 އަހަރު ހޭދަވުން.

- އެ މީހެއްގެ ނަން މަތީގައި ދިރިއުޅޭނެ 600 އަކަ ފޫޓުގެ ތަނެއް ނެތުން.

- ވާރުތަކުރާނެ އެއްވެސް ބިމެއް ނެތުން.

- ދެމަފިރިންގެ ގޮތުގައި އަދި އެކަނި ވެސް ކުރިމަތިލެވޭނެ .

މިނިސްޓަރު ވިދާޅުވި ގޮތުގައި މާލޭގެ ރަށްވެހިންގެ ކެޓަގަރީ އާއި އެހެން ވެސް ކެޓަގަރީތަކުގެ އުސޫލް ފައިނަލްވުމުން އާއްމުކުރާނެ އެވެ.

އާމްދަނީގެ މައުލޫމާތު ހުށަހަޅަން ޖެހޭ

ކުރިން ހިންގާ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކުގައި ލިބޭ އާމްދަނީގެ މައުލޫމާތު ހުށަހަޅާކަށް ނުޖެހެ އެވެ. އެކަމަކު ކުރިއަށް އޮތް މަޝްރޫއުތަކުގައި އެ މައުލޫމާތު ހުށަހަޅަން ޖެހޭނެ އެވެ.

އަސްލަމް ވިދާޅުވީ އެގޮތަށް ނިންމި ސަބަބަކީ ބޯހިޔާވަހިކަމަށް ހުޅުވާލާ ތިން ކެޓަގަރީގެ ތެރެއިން އެ މީހަކު ޝަރުތު ހަމަވާނެ ބޯހިޔާވަހިކަމެއް ކަނޑައެޅުން ކަމަށެވެ.

"އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ 17,000ރ.އަށް ވުރެން މަދުން އާއިލާގެ އާމްދަނީ ހުރެއްޖިއްޔާ ދެން އެފޯޑެއް ނުކުރެވޭނެ, ދެން ޖެހޭނީ ކައުންސިލް ހައުސިން ފޯރުކޮށްދޭށޭ. އާމްދަނީ 17,000-32,000 ދެމެދުގައި ހުރި ނަމަ ދެން ޖެހޭނީ އެފޯޑަބަލް ކެޓަގަރީއަށޭ, އާމްދަނީ 61,000އާ ދެމެދު ނަމަ މިޑް އިންކަމްއޭ," އަސްލަމް ވިދާޅުވި އެވެ.

އެއަށް ވުރެން މަތިން އާމްދަނީ ލިބޭ މީހަކަށް ސަރުކާރުން އަލަށް ހުޅުވާލާ ބޯހިޔާވަހިކަމަށް ކުރިމަތިލުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

"އެހެންވީމަ އިންކަމް އިންފޮމޭޝަން އަޅުގަނޑުމެން ނަގާނަން، ދެން އެ މީހުން ޕްރޮވައިޑް ކޮށްދޭން ދޭން ޖެހޭނެ އެ މީހެއްގެ ބޭންކް ޑީޓެއިލްސް ބޭންކް ސްޓޭޓްމަންޓާ އެކީގައި."

ހިޔާ މަޝްރޫއުގައި ފްލެޓް ނުލިބުނު މީހުންނަށް ގޮތެއް ހޯދަނީ

ކުރީގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއަށް ގާތްގަނޑަކަށް 23,000 ފޯމު ހުށަހެޅި އެވެ. މީގެތެރޭގައި އެއް ހާލެއްގައި އުޅޭ ގިނަ ބަޔަކު ތިބި ކަން ފްލެޓް ކޮމިޓީން އާއްމުކުރި ދާއިމީ ލިސްޓުތަކުން ފެންނަން އޮވެ އެވެ.

ދެން އޮންނަ ހައުސިން މަޝްރޫއަކުން އެ މީހުންނަށް ފުރުސަތު ދެވިދާނެ ކަމުގެ އިޝާރާތެއް ސަރުކާރުން ވަނީ ކޮށްފަ އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި ހިޔާ މަޝްރޫއަށް ކުރިމަތިލައި 50 ޕޮއިންޓަށް ވުރެން މަތިން ލިބުނު އެންމެންނަކީ ބޯހިޔާވަހިކަމަށް ދެން ހުޅުވާލާ މަޝްރޫއަކަށް ޝަރުތު ހަމަވާ ބައެއް ކަމަށް ކަނޑައެޅިދާނެ އެވެ. އެކަމަކު އަދި ގޮތެއް ނުނިންމަ އެވެ.

"އެ މަޝްރޫއުގައި 50 ޕޮއިންޓުން މަތި ލިބުނު އެންމެން ސިސްޓަމްގައި ރަޖިސްޓްރީކުރެވިދާނެއޭ. އެއީ އެ މީހުންގެ ބައިވަރު މައުލޫމާތު އެބަހުރި. ދެން އަޅުގަނޑުމެން މި އެކުލަވަލާ ފޯމުގައި ހުށަހަޅަން ޖެހޭ މައުލޫމާތު ނެތް ނަމަ ހުށަހަޅަން ފުރުސަތެއް ދެވިދާނެ," އަސްލަމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox