ލީގުގައި ޓީސީގެ މިސްރާބު ބަދަލުކުރަން ނިޒާމްބެ ތައްޔާރު

ލީގުގެ މެޗެއްގެ ތެރެއިން ނިޒާމްބެ.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

ލީގުގެ މެޗެއްގެ ތެރެއިން ނިޒާމްބެ.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާ ދެކޮޅަށް ކުޅޭ މެޗުން ތިން ޕޮއިންޓް ހޯދައި ލީގުގައި ޓީސީ ސްޕޯޓްސް ކްލަބްގެ މިސްރާބު ބަދަލުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށް އެ ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

އަށް ޓީމު ވާދަކުރާ ލީގުގެ ހަތް ވަނައިގައި ޓީސީ އޮތީ 10 މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް ވިކްޓްރީ އެންމެ ފުލުގައި އޮތީ 10 މެޗުން ތިން ޕޮއިންޓާ އެކު އެވެ. ލީގުގައި މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ޔުނައިޓެޑް ވިކްޓްރީ އެވެ.

ޓީސީގެ ކޯޗުކަމާ ނިޒާމްބެ ހަވާލުވި ފަހުން އެ ޓީމު ވަނީ ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން ބަލިވެފަ އެވެ. ދިވެހި ލީގު 2015 ވަނަ އަހަރު ޕްރިމިއާ ލީގަށް ރިބްރޭންޑް ކުރި ފަހުން ލީގުގައި މޮޅެއް ނުލިބި ނިޒާމްބެ ހުރި ޓީމެއް ތިން މެޗު ފުރިހަމަނުކުރެ އެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޓީސީ ގޮވައިގެން ނިޒާމްބެ ވަނީ ދެ މެޗު މޮޅެއް ނުލިބި ފުރިހަމަކޮށްފަ އެވެ.

ނިޒާމްބެ ބުނީ އެ ފަދަ ރެކޯޑެއް ނޫސްވެރިން ހަނދާނުގައި ހުރުމަކީ ވެސް ހިތްހަމަޖެހުމެއް ކަމަށާއި ބޭނުންވަނީ މިއަދުގެ މެޗަކީ ޓީސީ އަށް ފެށުމަކަށް ހެދުމަށް ކަމަށެވެ.

"ވަރަށް އުއްމީދު އެބައޮތް. ޓީސީގެ ފެށުމަކަށް ހަދަން މި މެޗަށް ނުކުންނާނީ. ބޭނުމެއް ނޫން ތިން މެޗުގެ ޑިފީޓަކަށް ދާން. ސީޒަންގެ މި ހިސާބުން މިއީ ޓީސީގެ މިސްރާބު ބަދަލުކުރާ ހިސާބު ކަމަށް ހަދަން މަސައްކަތްކުރާނީ," ޓީސީ އަށް 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަންކަން ހޯދައިދިން ނިޒާމްބެ ބުންޏެވެ.

އެންމެ ފަހުން ސަސްއާ ދެކޮޅަށް މިދިޔަ އަންގާރަ ދުވަހުގެރޭ ކުޅުނު މެޗަކީ ވެސް ހަގީގަތުގައި ޓީސީ މޮޅުވުން މުހިއްމު މެޗެއް ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ. އެކަމަކު އެ މެޗުން ބަލިވެ މިހާރު ހާލަތު އިތުރަށް ގޯސްވެދާނެތީވެ މިއަދުގެ މެޗުގެ ތިން ޕޮއިންޓް ޓީސީ އަށް ވަރަށް މުހިއްމެވެ.

"ކުރިއަށް އޮތް މެޗަކީ ޓީސީ އަށް އެންމެ މުހިއްމު މެޗު. އެއީ މި ތިން ޕޮއިންޓާ އެއްކޮށް ޓީސީ ޓޭބަލްގެ މި އޮތް ހިސާބުން އަރައިގަންނަން ކޮންމެހެން ވެސް މަޖުބޫރު. އެހެންވީމަ މި މެޗުން ޓީސީ އަށް މި ތިން ޕޮއިންޓް ލިބިއްޖިއްޔާ މިއީ އެންމެ މުހިއްމު ތިން ޕޮއިންޓަށް ވެގެންދާނެ. ވެވުނު އެންމެ ރަނގަޅަށް މެޗަށް ތައްޔާރުވެގެން ނުކުންނާނީ," ނިޒާމްބެ ބުންޏެވެ.

ހާލަތުގެ ގޮތުން މި މެޗު ޔުނައިޓެޑް ވިކްޓްރީ އަށް ވެސް މުހިއްމުވުމުން އެ ޓީމުން ވެސް ޓީސީ އެކޭ އެއްވަރަށް މި މެޗަށް ތައްޔާރުވާނެ ނޫންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ނިޒާމްބެ ބުނީ އިދިކޮޅު ޓީމަށް ވުރެން ބޮޑަށް އޭނާ ވިސްނާނީ އަމިއްލަ ތައްޔާރީތަކަށް ކަމަށެވެ.

"މި ތިން ޕޮއިންޓާ އެކީ ސްޓާޓް ވެސް ރަނގަޅުކުރެވޭނީ. ޕޮއިންޓް ޓޭބަލްގައި މި އޮތް ހިސާބުންފަހަތުން އަރައިގަނެ ތަންކޮޅެއް ރަނގަޅު ހިސާބަކަށް ޓީމު ދަތުރުކުރަން އެންމެ މުހިއްމު ތިން ޕޮއިންޓް," ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ ދިގު ބްރޭކަކަށް ފަހު ފަށައި އެހެން ހުރިހާ ޓީމެކޭ އެއްގޮތަށް ޓީސީ އަށް ވެސް ފުރަތަމަ މެޗުގައި ފިޓްނަސް އާއި އެހެނިހެން މައްސަލަތައް ކުރިމަތިވި ކަމަށެވެ. މުޅި ސީޒަނަށް ބަލާއިރު ވެސް ޓީސީ އަށް ތަކުރާރުވަމުން އަންނަ އެއް މައްސަލަ އަކީ ލަނޑު ޖަހާނެ ފުރުސަތުތައް ލިބި އޭގެ ބޭނުން ނުކުރެވުން ކަމަށް ނިޒާމްބެ ބުންޏެވެ.

"ބަދަލަށް ގެންނަން ބޭނުންވާ ކުޅުންތެރިޔާ. ގޭމް ޗޭންޖިން ސަބްސްޓިޓިއުޓް ނެތިގެން ޓީސީ އަށް މި ދަނީ. ޓީސީ އަށް މި ސީޒަނުގައި އެންމެ ދަށްކޮށް ފެނިގެންދިޔައީ ސްކޯރިން ރޭޓް. އެއީ ހަމަ މައްސަލައެއް ގޮތުގައި އެ ފެނިގެންދަނީ. ވެލެންސިއާ މެޗުގައި ވެސް ސަަސް މެޗުގައި ވެސް އެ ކަން ފެނުނު. ދެން ޕްރެޝަރުގައި ކުޅުވަން ޖެހުނީމަ ބައެއް ޒުވާން ކުޅުންތެރިންގެ އަސްލު ކުޅުން ނުފެނިގެން މިއުޅެނީ," ނިޒާމްބެ ބުންޏެވެ.

ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު ޓީސީގައި މި ވަގުތު ތިބީ ސްރީލަންކާގެ ޑިފެންޑަރު ޑަކްސަން އާއި އަޒަރުބައިޖާންގެ ގޯލްކީޕަރު އާޒާދާއި ސެއިން ވިންސެންޓް ފޯވާޑް މެލްކަމް ކެސިއަސް ސްޓެވާޓް (ބޮބީ)ގެ އިތުރުން ދާދި ފަހުން ޓްރާންސްފާ މާކެޓްގައި ޓީސީން ސޮއިކުރި ޓްރިންޑާޑް އެންޑް ޓޮބޭގޯގެ ފޯވާޑް ސެމިއުލް ކޯޑެލް އެވެ.

ނިޒާމްބެ ބުނީ ކޯޗަކަށް އޮންނާނެ މަސައްކަތަކީ އޭރަކު އެ އޮންނަ ސްކޮޑަކާ އެކީ ވީ އެންމެ ރަނގަޅަށް މަސައްކަތްކުރުން ކަމަށާއި މިހާރު ޓީސީގައި މި ތިބި ކުޅުންތެރިންގެ ފަރާތުން އެންމެ ރަނގަޅު ނަތީޖާއެއް ނެރެވޭނީ ކިހިނެއްތޯ ކުރެވެން ހުރި ހުރިހާ ގޮތަކުން މަސައްކަތްކުރާނެ ކަމަށެވެ.

"މިދިޔަ މެޗުން ފެނިގެންދިޔަ ފޮރިން ދެ ކުޅުންތެރިން ނޫނީ ތިން ކުޅުންތެރިން ވަރަށް ބޮޑު ބަދަލެއް ފެނިގެންދިޔަ. ހާއްސަކޮށް ކުޅުންތެރިންގެ އެޓިޓިއުޑަށް އައިބަދަލު ވެސް ރަނގަޅު. ވަރަށް ޕޮޒިޓިވް ކަންތައްތަކެއް ފެނުނު," ނިޒާމްބެ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީ އަށް 2017 ވަނަ އަހަރު ކުޅުނު ސެމިއުލް އަށް ޓީސީގައި ރަނގަޅު ކުޅުމެއް ދައްކަން ވަގުުތު ބޭނުންވާނެ ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.

"ސެމިއުލް އަށް ޗެލެންޖް ގިނަ ގިނަ ދުވަސްތަކެއް ވަންދެން މެޗު ނުކުޅެ ހުރުން. މި ޓީމުގައި މި ތިބި ޒުވާން ކުޅުންތެރިންނަކީ ސެމިއުލް ބޭނުންވާ ތަނަށް ބޭނުންވާ ވަގުތުގައި ބޯޅަ ލެވޭ ވަރުގެ އެހާ އެކްސްޕީރިއަންސް ޕްލޭޔަރުންނެއް ނޫން. އެއީ ވެސް އެއް ޗެލެންޖް މިހާރު ސެމިއުލް އަށް މި ޖެހެނީ އެ ކުޅުންތެރިންނާ އެކު އެއް ޓިމަށް ހޭނެން. އެއީ މީގެ އަށް ޓައިމް (ވަގުތު) ވެސް ބޭނުންވާނެ," ނިޒާމްބެ ބުންޏެވެ.

ޓީސީ އާއި ޔުނައިޓެޑް ވިކްޓްރީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox