ލާމަރުކަޒީ ނިޒާމާ ދެކޮޅޭ ބުނުން ބޭއިންސާފު، ކުރީ ހަވާލުކުރި މަސައްކަތް: މުއިއްޒު

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުއިއްޒު ކެމްޕޭނު ހަރަކާތެއްގައި ވާހަކަ ދައްކަވަނީ. --

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުއިއްޒު ކެމްޕޭނު ހަރަކާތެއްގައި ވާހަކަ ދައްކަވަނީ. --

ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރު ކުރެއްވީ އޭރު އޮތް ސިޔާސަތުގެ ދަށުން ހަވާލުކުރި މަސައްކަތްތައް ކަމަށާއި އެއްވެސް އިރެއްގައި ލާމަރުކަޒީ ނިޒާމާ ދެކޮޅު ނޫން ކަމަށް މާލޭގެ މޭޔަރަކަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓް, ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަރުކަޒީ ސިޔާސަތެއްގެ ދަށުން އޭރުގެ ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، މައި ސަރުކާރުގެ ދަށަށް ގެންނަން ކުރި މަސައްކަތްތަކުގެ ހިޔަނި އެންމެ ބޮޑަށް އެޅިފައިވާ ބޭފުޅަކީ މުއިއްޒު އެވެ.

އޭނާ އެންމެ ފަހުން ތަމްސީލު ކުރެއްވި ސަރުކާރާ ބީރަށްޓެހި، އަދި ފާޅުގައި ދެކޮޅު ހެދި ލާމަރުކަޒީ ނިޒާމެއްގެ އެންމެ އިސް ސަފުން، އާބާދީ އެންމެ ބޮޑު ސިޓީ ހިންގުމުގެ ލަގަނު ހަވާލުކުރަން، ވާދަވެރި ފަރާތްތަކުން އަމާޒުކުރާ ފާޑުކިޔުންތަކުގެ އިތުރުން މާލޭ ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުން ބޮޑެވެ.

Advertisement

އެކަން ހަތިޔާރެއްގެ ގޮތުގައި ވާދަވެރި ފަރާތްތަކުން މުއިއްޒުއާ ދެކޮޅަށް ބޭނުންކުރެ އެވެ.

އެ ވާހަކަތަކަށް ޖަވާބު ދެއްވަމުން، "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާ ތަމްސީލު ކުރެއްވި ސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ދަށުން އޭނާ އަދާކުރެއްވީ ހަވާލުކުރެވުނު ޒިންމާތަކެވެ.

ކުރެއްވުނު އެންމެ ފުރިހަމައަކަށް އެ މަސައްކަތްތައް ކުރެއްވުމުން، ލާމަރުކަޒީ ނިޒާމާ ދެކޮޅު މީހެއްގެ ގޮތުގައި ސިފަކުރުމަކީ، މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި، ބޭއިންސާފެކެވެ.

"އަޅުގަނޑުގެ އަމިއްލަ ކަމެއް، އަޅުގަނޑު މިވެނި ގޮތަކަށް ކަން ކުރަން ބޭނުންވެގެން ކޮށްފައި ހުރި މަސައްކަތެއް ނުހުންނާނެ. އަޅުގަނޑާ ހަވާލުކުރާ މަސައްކަތެއް ކުރުން، އެއީ އަޅުގަނޑުގެ ޒިންމާއަކަށް ވާނީ،" މުއިއްޒު ވިދާޅުވި އެވެ.

އޭރުގެ ސަރުކާރުން ސިޓީ ކައުންސިލްތަކުގެ ބާރުތައް ނަގަން ޖެހުނު ސަބަބުތަކަށް ވެސް ރިއާޔަތްކުރަން މުއިއްޒު އެދިވަޑައިގަންނަވަ އެވެ.

އޭނާ ތުހުމަތުކުރައްވާ ގޮތުގައި، އެކަން ކުރަން އޭރުގެ ސަރުކާރަށް މަޖުބޫރުވީ، ތަކުރާރުކޮށް އެދިގެން ވެސް ސިޓީ ކައުންސިލުގެ ޒިންމާތައް އަދާ ނުކުރެވި، މާލޭގެ ކަންކަން ބޮއްސުންލައިގެން ދިޔުމުންނެވެ.

އަޅުގަނޑު އެއްވެސް މީހެއްގެ ބޮލުގައި މި ޒިންމާ އަޅުވާކަށް ނޫން. ކަންކަން ނުހިނގާ ވާހަކަ. އެއީ ދެން ފެންނަން އޮތް ކަމެއް. ދެން އެ ހިސާބުން، އޭރުގެ ސަރުކާރުން ނިންމަވާފައި، އަޅުގަނޑާ ހަވާލުކުރީ މަސައްކަތެއް ވިއްޔާ އަޅުގަނޑު ކުރީ،" ލާމަރުކަޒު ނިޒާމާ ދެކޮޅު ނޫން ކަން ތަކުރާރުކުރައްވަމުން މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން، މާލޭގެ ރައްޔިތުންނަށް ތަރައްގީ ނުގެނެވި، މާލޭގެ މަގުތައް ނުބެލެހެއްޓި، ވީރާނާވާން ދޫކޮށްލާފައި ނުބޭއްވޭނެކަމަށް ނިންމައި، ސިޓީ ކައުންސިލް ޒިންމާތައް އެކި މިނިސްޓްރީތަކަށް ބަހައިލީ، އޭރު ކަނޑައެޅުނު ސިޔާސަތުގެ ދަށުން ކަމަށް މުއިއްޒު އިތުރަށް ވިދާޅުވި އެވެ.

އެކަމުގައި އަމިއްލައަށް ބޭނުންވެގެން ނޫނީ ލާމަރުކަޒީ ނިޒާމާ ދެކޮޅުވެގެން ކުރި އެއްވެސް ކަމެއް ނޯންނާނެކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ.

"އަޅުގަނޑު ބޭނުންވެގެން، ލާމަރުކަޒީ ނިޒާމު ފުނޑާލާކަށް ނޫނީ އެހެން ކަމެއް ކުރާކަށް ކުރި އެއްވެސް ކަމެއް ނޯންނާނެ. އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ، ރައްޔިތުންނާ ހިސާބުންކަން ބާރު އަންނަނީ. ރައްޔިތުންނާ ގުޅިގެންކަން މަސައްކަތް ކުރަންވާނީ. ރައްޔިތުންގެ އަޑު އަހައިގެންކަން މަސައްކަތް ކުރަންޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox